Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްބިއުލާންސް

އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް އެއް މެނޭޖްމަންޓެއްގެ ދަށަށް ބަދަލުކުރި ނަމަވެސް، އެމްބިއުލާންސްގެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ވަނީ ޖެހިފައި. ވަކިން ޚާއްސަކޮށް، ބަލިމީހާ ހުންނަ ސަރަހައްދަކަށް ބަލައި ވަކި ހޮސްޕިޓަލަކަށް އެމްބިއުލާންސް ހަނިކޮށްފައިވާ އުސޫލުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި ފަރުވާ ހޯދުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި. އެހެންކަމުން، ސިއްހީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި މިފަދަ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން މުހިންމު.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 09:01
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލާންސްތަކެއް. މިސަރުކާރުން ވެސް ގިނަ އެމްބިއުލާންސްތަކެއް މިހާތަނަށް ގެނެސްފައިވޭ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލާންސްތަކެއް. މިސަރުކާރުން ވެސް ގިނަ އެމްބިއުލާންސްތަކެއް މިހާތަނަށް ގެނެސްފައިވޭ. | ހެލްތު މިނިސްޓްރީ

ސިއްހީ ނިޒާމަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ އެންމެ މުހިންމު އެއް ޚިދުމަތެވެ. ވަކިން ޚާއްސަކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ބޭނުންކުރާ އެމްބިއުލާންސްގެ ޚިދުމަތަކީ އެއްވެސް މެދުކެނޑުމެއް ނެތި، ލުއިފަސޭހަކަމާއެކު ލިބެންޖެހޭނެ ޚިދުމަތެކެވެ. ނަމަވެސް، މިއަދު ރާއްޖޭގެ، ޚާއްސަކޮށް މާލެ ސަރަހައްދުގެ ހާލަތަށް ބަލާއިރު، މި އަސާސީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ވަނީ އިންތިހާއަށް އިތުރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. 

ނަމަވެސް ސަރުކާރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް، ވަށާޖެހޭ ގޮތެއްގައި ހިންގުމަށްޓަކައި މާލެ ސަރަހައްދުގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކެއް ވަނީ 'މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް' ގެ ދަށަށް ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެ އެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެއް ފުރާޅެއްގެ ދަށުން، ވަސީލަތްތައް ހަމަހަމަކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ނަމަވެސް، އަމަލީ ގޮތުން ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ފަސޭހަކަމެއް ނުލިބޭކަން ފާހަގަކުރެވެ އެވެ.

އެގޮތުން އެމްބިއުލާންސް ހޯދުމުގެ ދަތިތަކާއި ހުރަސްތައް ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވެ އެވެ. އެމްބިއުލާންސްގެ ޚިދުމަތް ހޯދުމުގައި ވަރަށް ހަމަނުޖެހޭ އުސޫލެއް ގާއިމްކޮށްފައިވާ ކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. 

މިކަން ދިމާވި މީހަކު ރާއްޖެއެމްވީއަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބަލިވެގެން އައިޖީއެމްއެޗަށް ގެންދަން ބޭނުންވި ނަމަވެސް، އެ ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވައިނުދޭ މައްސަލަ އޭނާ ފާހަގަކުރި އެވެ. އައިޖީއެމްއެޗުން އަންގަނީ ހުޅުމާލޭގައި އުޅޭނަމަ ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމަށް ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުގެ އެމްބިއުލާންސްގައި ބަލިމީހާ ގެންދެވެނީ ހަމައެކަނި އެ ހޮސްޕިޓަލަށް ކަމަށް ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިއީ އެމްބިއުލާންސްގެ ޚިދުމަތް ދޭ ގޮތްތޯ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އައިޖީއެމްއެެޗްގައި ސުވާލުކުރި ނަމަވެސް ޖަވާބެއް ނުލިބިފައިނުވެ އެވެ. 

މިއީ ހިނގި ހާދިސާއަކަަށްވާއިރު، މިގޮތަށް މިކަން ހިނގާ ކަމަށްވާނަމަ މިއީ ރައްޔިތުންނަށް ލިބޭ އިތުރު ތަކުލީފެއްނުންތޯ އެވެ.

އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަކަށް ވާއިރު، ބަލިމީހާގެ ހާލަތަށް ބަލައި އޭނާ ދާން ބޭނުންވާ ނުވަތަ ފަރުވާ ލިބެން ހުރި ހޮސްޕިޓަލަކަށް ގެންގޮސްނުދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެމްބިއުލާންސް ނުލިބިގެން، ބޮޑު އަގުދައްކައިގެން އަމިއްލަ ވަސީލަތްތަކުގައި ބަލިމީހުން އުފުލަން ޖެހުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.

ފަހަކަށް އައިސް ސިއްހީ ދާއިރާގައި ހިނގަމުންދާ އިހުމާލުގެ މައްސަލަތަކާއި، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެމްބިއުލާންސް ލަސްވުމުގެ ސަބަބުންނާއި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފުރާނަ ގެއްލިފައިވާ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އަދި މި ސަރުކާރުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ އެމްބިއުލާންސްތައް ރާއްޖެ ގެނައިކަން އިއުލާން ކުރި ނަމަވެސް، އޭގެ ހަގީގީ މަންފާ ރައްޔިތުންނަށް ނުލިބޭކަމީ ދެރަކަމެއްނުންތޯ އެވެ. ސިއްހީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ކުރަންޖެހޭނުންތޯ އެވެ. އެމްބިއުލާންސްގެ ޚިދުމަތަކީ ބަލިމީހާ ހުންނަ ތަނަކަށް ނުވަތަ ދާން ބޭނުންވާ ހޮސްޕިޓަލަކަށް ބަލައި ހަނި ކުރަންޖެހޭނެ ޚިދުމަތެއް ނޫނެވެ. ސަރުކާރުން މިކަމުގައި ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ލުއިފަސޭހަ އަދި އަވަސް ޚިދުމަތެއް ކަށަވަރުކޮށްދޭން ޖެހެ އެވެ. ސިއްހީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނީ، މިފަދަ އަސާސީ ކަންކަން ހަރުދަނާކޮށް، އިހުމާލުތަކަށް ޒިންމާދާރުވެގެންނުންތޯ އެވެ. 

އެމްބިއުލާންސްމާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއައިޖީއެމްއެޗްހުޅުމާލެ ހޮސްޕިޓަލްދަރުމަވަންތަ ހޮސްޕިޓަލްވިލިމާލޭ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

28 މެއި 2026
އައިޖީއެމްއެޗްގައި ފަރުވާއަށް ގެންދިޔަ ބައިޕޯލަރ ހުންނަ ބަލި މީހަކު ހޮސްޕިޓަލުގެ އިހުމާލުން ފިލައިފި

އައިޖީއެމްއެޗްގައި ފަރުވާއަށް ގެންދިޔަ ބައިޕޯލަރ ހުންނަ ބަލި މީހަކު ހޮސްޕިޓަލުގެ އިހުމާލުން ފިލައިފި

20 މެއި 2026
42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަނީ!

42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަނީ!

18 މެއި 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

07 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު