Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާގެ މުއާމަލާތް

ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައި: ރައީސް ޔާމީން

26 ސެޕްޓެމްބަރު 2017 | އަންގާރަ 08:41

ގިނަ އަދަދެއްގެ ދިވެހިން ދަނީ ބޭރު ގައުމުތަކުގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ސެޕްޓެމްބަރު 2017 | އަންގާރަ 08:41
މަރކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަރކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ކޫއްޑޫގައި "މަރކިއޯ ހޮޓެލް ކޫއްޑޫ މޯލްޑިވްސް" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލިގެން ދާތީ ރާއްޖެ ނެތި ދިއުމުގެ ވާހަކަތަކެއް މީގެ ކުރީގެ ސަރުކާރުން ދެއްކި ކަމަށާއި އެކަމާއި ގުޅިގެން ރާއްޖެއިން ބޭރުން ބިން ހޯދުމުގެ ވާހަކަތަކެއް ވެސް ފެތުރިގެން ދިޔަކަމަށެވެ. އަދި މިހާރު ދަނީ ހަރުކަށި ވިސްނުމާއި ހަރުކަށި ވިސްނުމަށް ތާއީދުކުރާ މީހުން ތަމްރީން ކުރާ ތަނެއްގެ ގޮތުގައި ރާއްޖެ ސިފަކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

"މިހާރު މިދެކެވޭ ވާހަކައަކީ ހަރުކަށި ވިސްނުމާއި އަދި ހަރުކަށި ވިސްނުމަށް ތާއީދު ކުރާ މީހުން ތަމްރީން ކުރާތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާދިއުން."

ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށްބޮޑެތި އުނދަގޫތައް އިހުސާސް ކުރަން ޖެހޭ ކަމަށެވެ. ދަތުރު ކުރާ ދިވެހިންނަށް އެކި ގައުމުތަކުގެ އެއާރޕޯޓްތަކުގައި ދިވެހިން ހިފެހެއްޓުމާއި ދިވެހިންނާމެދު ބަލަންޖެހޭ ބެލުންތައް ގިނަކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް ކުރިން ލިބިފައިވާ ފަސޭހަތައް ބީވެގެން ހިނގައްޖެ ކަމަށެވެ.

"ރާއްޖެއިން ބޭރުން ފައިސާ އެތެރެ ކުރާ ކަމަށްވާނަމަ ކިހާ ހިފެހެއްޓުންތަކެއް ހިފަހައްޓާތޯ، އެކީއްވެގެންތޯ، އެއީ މިދެންނެވި ކަހަލަ ވިޔާނުދާ ހަރުކަށި ވިސްނުމުގެ ހަރަކާތްތައް ހިންގާ ބަޔަކަށް ފައިސާ އަތަށް އަރާފާނެތީ. އެހެންވީމާ އަޅުގަނޑުމެންނަކަށް ހިޔާލަކަށްނާދޭ އިނގޭތޯ، އަދި އަޅުގަނޑުމެންގެ ދަރިން ބޭރުގައި ކިޔަވަން ތިބޭއިރު ލާރި ފޮނުވަންވިޔަސް މިކުރާ މަސައްކަތުގެ ތެރޭގައި ހާދަވަރަކަށް ބަލަންޖެހޭ ކަންތައްތަކެއް ހުރޭ. ރާއްޖެއިން ބޭރުން ރާއްޖެއަށް ފައިސާ އެތެރެކުރާ ކަމަށްވަންޏާ މިއީ ހަމަ ނުކުރެވޭވަރުގެ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހަރުކަށި ވިސްނުމުގެ މިފަދަ ވާހަކަތައް ރާއްޖޭއާއި ގުޅުވައިގެން ދެއްކުމަކީ ރާއްޖޭގެ އިގްތިޞާދަށް ވެސް އޭގެން ވަރަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، ގިނަ އަދަދެއްގެ ދިވެހިން ދަނީ ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންނެވެ. އަދި ބައެއް ގައުމުތަކުގައި ހިންގާ ޓެރެރިސްޓް ހަމަލާތަކުގައި ވެސް ދިވެހިން ދަނީ ބައިވެރިވަމުންނެވެ.

މީގެއިތުރުން، ރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހްމަތުގައި 37 އަހަރުގެ ދިވެއްސެއް ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 14 ވަނަ ދުވަހު މާލެއިން ނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ މަތިން ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގަ އެވެ.

ހަރުކަށި ވިސްނުމުގެ ވާހަކަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ރާއްޖެއަށް ފައިސާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މަނީ ލޯންޑްރިންގ ފަދަ ބޮޑެތި ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެފަދަ ގައުމުތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް