Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ހަމަލާ އާ ގުޅިގެން ކުވެއިތާއި ބަހްރައިންގެ ދިފާއީ ނިޒާމްތައް ހަރަކާތްތެރިވަނީ

އީރާނުން ކުވެއިތާއި ބަހްރެއިނަށް އަމާޒުކޮށް ފޮނުވާލި ހަތް ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ ޑްރޯންތައް އެމެރިކާގެ އެހީތެރިކަމާއެކު އެ ގައުމުތަކުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ ހުއްޓުވާފައި. މި ހަމަލާތަކާ ގުޅިގެން އެމެރިކާ ސިފައިން ވަނީ އީރާނުގެ ރާޑަރު ސައިޓްތަކަށް ރައްދު ހަމަލާދީ، އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި. އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، މީގެ ސަބަބުން އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ.

ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 11:06
ކުވައިތުގެ ކުވައިތު ސިޓީގައި ހުންނަ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯނެއް ކައިރިވަމުންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްގެ ސްކްރީން އިމޭޖެއް. މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު.

ކުވައިތުގެ ކުވައިތު ސިޓީގައި ހުންނަ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯނެއް ކައިރިވަމުންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްގެ ސްކްރީން އިމޭޖެއް. މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު. | ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހަފުތާއެއް ނުވަނީސް އީރާނުން ދިން ދެވަނަ ހަމަލާއާ ގުޅިގެން، ވައިގެ މަގުން ކުރިމަތިވެދާނެ ނުރައްކާތަކަކުން ދިފާއުވުމަށް ކުވެއިތާއި ބަހްރައިންގެ އެއާ ޑިފެންސް ސިސްޓަމްތައް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން މިހާރު ދަނީ ދީފައިވާ މިސައިލް އަދި ޑްރޯން ހަމަލާތަކަށް ރައްދު ދެމުން ކަމަށެވެ. އަދި މުޅި ގައުމަށް އިވުނު ގޮވުންތަކުގެ އަޑަކީ، ދިން ހަމަލާތައް ވައިގެ ތެރޭގައި ހުއްޓުވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށް ފަހުން އެ ގައުމުން ވަނީ ސާފުކޮށްދީފައެވެ.

މި ހަމަލާތަކާ ގުޅިގެން ބަހްރައިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވައިގެ މަގުން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ނެރެ، ރައްކާތެރިކަން ހޯދުމަށް އެ ގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުކުރު ދުވަހު ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފް ސަރަހައްދަށް އަމާޒުކޮށް އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯންތައް އެމެރިކާގެ ސިފައިން ހުއްޓުވާފައިވާ ކަމަށެވެ.

ސެންޓްކޮމްގެ ބަޔާނުގައިވާ ގޮތުން، ހޮރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަތަރު ޑްރޯން އެމެރިކާ ސިފައިން ވައްޓާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އީރާނުން ވަނީ ކުވެއިތާއި ބަހްރެއިނަށް އަމާޒުކޮށް ހަތް ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އަދި އީރާނުން ފޮނުވާލި މި ޑްރޯންތަކަކީ އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކަނޑުގެ މަގުން ދީފާނެ އިތުރު ހަމަލާތަކަކުން ދިފާއުވުމުގެ ގޮތުން، އެމެރިކާ ސިފައިން ވަނީ އީރާނުގެ ގޯރޫކް އަދި ގޭޝްމް އައިލެންޑްގައި ހުރި އެ ގައުމުގެ ކޯސްޓަލް ސަވައިލަންސް ރާޑަރު ސައިޓްތަކަށް ހަމަލާދީފައެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި އީރާނުން ފޮނުވާލި ހަތް މިސައިލްގެ ތެރެއިން ހަ މިސައިލް ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ. އަދި ހަތްވަނަ މިސައިލް އަމާޒުކުރި ތަނަށް ފޯރާފައެއް ނުވެއެވެ.

އެމެރިކާ-އީރާންކުވައިތުބަޙްރައިންހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

06 ޖޫން 2026
ކުވެއިތު ޓީވީ ޕްރެޒެންޓަރު އީރާނަށް ތާއީދުކުރުމުން ޖަލަށް

ކުވެއިތު ޓީވީ ޕްރެޒެންޓަރު އީރާނަށް ތާއީދުކުރުމުން ޖަލަށް

06 ޖޫން 2026
ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

04 ޖޫން 2026
އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

03 ޖޫން 2026
މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

03 ޖޫން 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު