Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

3 ޖޫން 2026 | ބުދަ 05:15

އަންގާރަ ދުވަހު ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، މުޖުތަބާ ޚާމަނާއީ އެކި ފެންވަރުގައި ދައުލަތުގެ ކަންކަމުގައި ބައިވެރި ވަމުންދާ ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2026 | ބުދަ 05:15
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އަދި އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އަދި އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކުގައި ޒަޚަމްވި ފަހުން އާންމުންގެ ތެރެއިން ފެނިފައި ނުވާ އީރާންގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ދިރިހުރި ކަމަށާއި، އޭނާގެ ހަރަކާތްތެރިކަން އިތުރު ވަމުންދާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، މުޖުތަބާ ޚާމަނާއީ އެކި ފެންވަރުގައި ދައުލަތުގެ ކަންކަމުގައި ބައިވެރި ވަމުންދާ ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށެވެ.

އުމުރުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީ އީރާންގެ ރޫހީ ލީޑަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ، މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ދިން ފުރަތަމަ ހަމަލާ ތަކުގައި އޭނާގެ ބައްޕަ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަށް ތިން މަސް ދުވަސް ވެފައިވާ އިރު، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައި އެވެ. ސެނެޓުގައި ވާހަކަ ދައްކަވަމުން ރޫބިއޯ މައުލޫމާތު ދެއްވާފައި މި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާން އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ސެނެޓުގައި ރޫބިއޯ ވިދާޅުވި އެވެ. ނަމަވެސް، އީރާން އަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލެވޭނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ވަރަށް ބޮޑަށް ހަނި ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން މަޝްވަރާ ކުރަން އީރާން އިން ދެކޮޅު ހެދި ނިއުކްލިއާ ޕްރޮގްރާމްގެ ބައެއް ކަންކަމާ މެދު ވާހަކަ ދެއްކުމަށް، މިހާރު އީރާން އިން އެއްބަސްވެފައިވާ ކަމަށް ވެސް ރޫބިއޯ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އެއްބަސްވުމެއް މިއަދު ނުވަތަ މާދަމާ ނުވަތަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް ގާއިމު ވުމުގެ ފުރުސަތު އެބަ އޮތެވެ.

މީގެ އިތުރުން، މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމޫޒް އަލުން ހުޅުވާލުމަށް އީރާން އިން އެއްބަސްވާން ޖެހޭނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ. އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުގެ އަތުން ފީ ނެގުން ހުއްޓާލައި، އެ މަގު ހުޅުވާލާފައިވާކަން އީރާން އިން ސާފުކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާން އިން އެ ސަރަހައްދުގައި ވަޅުލާފައިވާ މައިންތައް ނެގުމަށް އެމެރިކާ އިން އެހީތެރިވާނެ ކަމަށާއި، އުޅަނދު ފަހަރަށް ހަމަލާ ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ދާއިމީކޮށް ހުއްޓާލުމަށް، ނުވަތަ ވަރަށް ބޮޑަށް މަދު ކުރުމަށް އީރާން އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ. އީރާން އަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ގައުމުން މަތީ މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކޮށް، ނިއުކްލިއާ ހަރަކާތްތައް ކުރިއަށް ގެންދާތީ ކަމަށާއި، އެ ކަންކަން ހުއްޓާލުމަށް އެއްބަސްވެއްޖެ ނަމަ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުއި ދެވޭނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 ޖޫން 2026

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

03 ޖޫން 2026
މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް
02 ޖޫން 2026

ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ

02 ޖޫން 2026
ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ
02 ޖޫން 2026

ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް

02 ޖޫން 2026
ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް
02 ޖޫން 2026

އީރާން އާއެކު މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 ޖޫން 2026
އީރާން އާއެކު މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
01 ޖޫން 2026

އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

01 ޖޫން 2026
އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
01 ޖޫން 2026

އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި

01 ޖޫން 2026
އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި
01 ޖޫން 2026

އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި

01 ޖޫން 2026
އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި
01 ޖޫން 2026

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

01 ޖޫން 2026
ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް
01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް