Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ފެނަކަ އާއި އެހެނިހެން ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް ސަފީރުން މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދެއްވަން ވަނީ ފައްޓަވާފަ. މީގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުން ހިމެނޭހެން، ސަރުކާރަށް ތާއީދު ނުކުރުމަށް ބާރުއެޅި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވެސް ހިމެނޭ. ސަރުކާރުގެ އިސް މަގާމުތަކަށް މި ބަދަލުތައް ގެންނަމުންދާއިރު، ބައެއް ބޭފުޅުން ވަކިކުރި ސަބަބު ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ.

މަޚްތޫމް
މަޚްތޫމް | 7 އެޕްރީލު 2026 | އަންގާރަ 14:05
ފެނަކައިގެ ޑީއެމްޑީ އާރިފް (ވ) އަދި ސީއެފްއޯ ސަނޫން (ކ).

ފެނަކައިގެ ޑީއެމްޑީ އާރިފް (ވ) އަދި ސީއެފްއޯ ސަނޫން (ކ). | ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އާރިފް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެކި ފަރާތްތައް މަގާމުން ވަކިކޮށް ނުވަތަ އަމިއްލައަށް އިސްތިއުފަ ދެއްވަމުން ދާ ދަނޑިވަޅެއްގަ އެވެ. 

އާރިފް އިސްތިއުފާ ދެެއްވި އިރު، ފެނަކައިގެ އިސް ދެ ވެރިއަކު ބުދަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މަގާމުން ވަކިކުރީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި، ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫނެވެ. މީގެ ކުރިން ވެސް ސިޔާސީ އިސް ފަރާތްތައް މަގާމުން ވަކިކުރި އިރު ސަރުކާރުން ސަބަބެއް ހާމަކޮށްފައި ނުވާ އިރު، ފެނަކައިގެ އިސް ވެރިން ވަކިކުރި ސަބަބެއް އެ ކުންފުނިން ވެސް އަދި ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ. 

މީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ހޯމަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މީގެ އިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބަދަލުތަކުގެ ތެރެއިން އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް ހޯމަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މީގެ އިތުރުން ޔޫއޭއީގައި ރާއްޖެ ތަމްސީލްކުރައްވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މުހައްމަދު ހުސެއިން ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޯފުޅެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ހިތްވަރުދީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.  

ފެނަކަ ކޯޕަރޭޝަންޕީއެންސީޑރ. މުއިއްޒު

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
07 އެޕްރީލު 2026

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
06 އެޕްރީލު 2026

އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

06 އެޕްރީލު 2026
އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި
04 އެޕްރީލު 2026

ވޯޓުލާ ދުވަހު ކެމްޕެއިން ނުކުރުމަށް އެދިފައި އޮއްވައިވެސް, ޕީއެންސީ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓަކު ކެމްޕެއިން ކުރި މައްސަލައެއް ފެންމަތިވެއްޖެ

04 އެޕްރީލު 2026
ވޯޓުލާ ދުވަހު ކެމްޕެއިން ނުކުރުމަށް އެދިފައި އޮއްވައިވެސް, ޕީއެންސީ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓަކު ކެމްޕެއިން ކުރި މައްސަލައެއް ފެންމަތިވެއްޖެ
02 އެޕްރީލު 2026

އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.

02 އެޕްރީލު 2026
އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.
02 އެޕްރީލު 2026

ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް: ދޮންބިލެތް

02 އެޕްރީލު 2026
ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް:  ދޮންބިލެތް
02 އެޕްރީލު 2026

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު