Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރޮކް

އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

ގްރޮކް ބޭނުންކޮށްގެން ގާނޫނާ ޚިލާފު އެއްޗެއް އުފައްދާ ކޮންމެ މީހަކަށް ވެސް، ގާނޫނާ ޚިލާފު އެއްޗެއް އާންމު ކުރުމުން ލިބޭ އަދަބު ލިބޭނެ ކަމަށް އީލޮން މަސްކް ބުނެފައިވޭ.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 14:19
ފޯނު ސްކްރީނެއްގައި ގްރޮކް ލޯގޯ ޑިސްޕްލޭ ކޮށްފައި

ފޯނު ސްކްރީނެއްގައި ގްރޮކް ލޯގޯ ޑިސްޕްލޭ ކޮށްފައި | ގެޓީ އިމޭޖަސް

އީލޮން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް" ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯތައް އުފައްދަމުންދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، ހިލޭ މި ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި އެވެ.

މި މައްސަލައިގައި މަސްކަށް ބޮޑެތި ޖޫރިމަނާތަކެއްގެ އިންޒާރު ލިބިފައިވާއިރު، ބައެއް ގައުމުތަކުން ވަނީ މި ވަސީލަތް ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް އުފައްދާތީ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބައެއް މީހުން ވަނީ ގްރޮކް ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި، އަދި ބަދުއަޚުލާގީ އަމަލުތައް ދައްކުވައިދޭ ފޮޓޯތައް އުފައްދާފަ އެވެ.

މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ހުކުރު ދުވަހު ގްރޮކް އިން ބުނެފައިވަނީ، ފޮޓޯ އުފެއްދުމާއި ފޮޓޯ އަށް ބަދަލު ގެނައުމުގެ ފުރުސަތު މިހާރު އޮތީ ހަމައެކަނި ފައިސާ ދައްކައިގެން ޚިދުމަތް ހޯދާ "ސަބްސްކްރައިބަރުންނަށް" އެކަނި ކަމަށެވެ. މި ބަދަލާއެކު، މި ވަސީލަތް ބޭނުންކުރާ ގިނަ ބަޔަކަށް ދެން އޭއައި ބޭނުންކޮށްގެން ފޮޓޯއެއް ނުހެދޭނެ އެވެ. ފައިސާ ދައްކާ ކަސްޓަމަރުން އެމީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތާއި އަމިއްލަ ތަފްސީލުތައް އެކްސް އާ ހިއްސާކުރަން ޖެހެ އެވެ.

ޔޫރަޕިއަން ކޮމިޝަނުން މި ހަފުތާގައި ބުނެފައި ވަނީ އަންހެނުންނާއި ކުޑަކުދިންގެ މިފަދަ ފޮޓޯތައް އުފެއްދުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ގްރޮކްއާ ގުޅޭ ހުރިހާ  ޑޮކިއުމެންޓް ތަކާއި މައުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެކްސް އަށް އަމުރުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ އެކްސް އިން މިކަން ކޮންޓްރޯލް ކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ފޮޓޯތަކަކީ ގާނޫނާ ޚިލާފު އެއްޗެއް ކަމަށާއި، އިނގިރޭސިވިލާތުން މިފަދަ ކަންކަމަށް ކެތްނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފަރަންސޭސިވިލާތާއި، މެލޭޝިއާ އަދި އިންޑިއާ އިން ވެސް ވަނީ މި މައްސަލައިގައި މަސްކުގެ ޕްލެޓްފޯމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"ގްރޮކް ބޭނުންކޮށްގެން ގާނޫނާ ޚިލާފު އެއްޗެއް އުފައްދާ ކޮންމެ މީހަކަށް ވެސް، ގާނޫނާ ޚިލާފު އެއްޗެއް އާންމުކުރުމުން ލިބޭ އަދަބު ލިބޭނެ،" ބަދުއަޚުލާގީ ފޮޓޯތަކާ ގުޅޭގޮތުން ކުރި ޕޯސްޓަކަށް ޖަވާބު ދެމުން މަސްކު މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.

އެކްސްގެ ރަސްމީ "ސޭފްޓީ" އެކައުންޓުން ފަހުން ބުނެފައި ވަނީ، އެ ޕްލެޓްފޯމުގައި ހުންނަ ގާނޫނާ ޚިލާފު ތަކެތި ފޮހެލުމާއި، އެކައުންޓްތައް ދާއިމީކޮށް ބަންދުކުރުމުގެ އިތުރުން، ބޭނުންވާ ހާލަތްތަކުގައި ސަރުކާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީލޮން މަސްކްގްރޮކްއާޓިފިޝިއަލް އިންޓެލިޖެންސް

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

'ގްރޮކް' އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯތަކުން ހެދުން ވަކިކޮށް، ބަރަހަނާކުރާ މައްސަލަ ބޮޑުވެއްޖެ

02 ޖެނުއަރީ 2026
'ގްރޮކް' އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯތަކުން ހެދުން ވަކިކޮށް، ބަރަހަނާކުރާ މައްސަލަ ބޮޑުވެއްޖެ
11 ޑިސެމްބަރު 2025

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

11 ޑިސެމްބަރު 2025
ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން
22 ސެޕްޓެމްބަރު 2025

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

22 ސެޕްޓެމްބަރު 2025
ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން
19 ސެޕްޓެމްބަރު 2025

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި
08 ސެޕްޓެމްބަރު 2025

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

08 ސެޕްޓެމްބަރު 2025
ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން
09 ޖުލައި 2025

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި

09 ޖުލައި 2025
އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި
06 ޖޫން 2025

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

06 ޖޫން 2025
ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ
04 ޖޫން 2025

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

04 ޖޫން 2025
ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ
16 މެއި 2025

10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

16 މެއި 2025
 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
03 މެއި 2025

ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ނަމަވެސް މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

03 މެއި 2025
ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ނަމަވެސް މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު