Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޓޭޓް ޑިޕާޓްމަންޓް

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ހެދިގެން އޭއައި ބޭނުން ކޮށްގެން ބޭރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މީހަކު މުއާމަލާތް ކޮށްފި

9 ޖުލައި 2025 | ބުދަ 09:00

ޖޫން މަހުގެ މެދުތެރޭގައި، އެ ފަރާތުން މިނިސްޓަރުންނާއި، އެމެރިކާގެ ގަވަރނަރަކަށާއި، ކޮންގްރެސްގެ މެންބަރަކާ ސިގްނަލް މެސެޖިންގ އެޕް މެދުވެރިކޮށް ގުޅާފައިވާކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ ޑޮކިއުމެންޓެއްގައި ބުނެފައިވޭ

ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 09:00
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފެއްދި އަޑެއް ބޭނުން ކޮށްގެން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯގެ ގޮތުގައި ހެދިގެން، ބޭރުގެ ތިން ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ އެމެރިކާގެ ދެ ސިޔާސީ ފަރާތަކާ މީހަކު ފޯނުން މުއާމަލާތް ކޮށްފިއެވެ.

ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖޫން މަހުގެ މެދުތެރޭގައި، އެ ފަރާތުން މިނިސްޓަރުންނާއި، އެމެރިކާގެ ގަވަރނަރަކަށާއި، ކޮންގްރެސްގެ މެންބަރަކާ ސިގްނަލް މެސެޖިންގ އެޕް މެދުވެރިކޮށް ގުޅާފައިވާކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ ޑޮކިއުމެންޓެއްގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މީހާ ދެ ހާލަތެއްގައި ވޮއިސް މެއިލް ބޭނުން ކޮށްފައިވާ އިރު، ތިންވަނަ ކޭސް ގައި ސިގްނަލް މެދުވެރިކޮށް މުއާމަލާތް ކުރުމަށް އެދި ޓެކްސްޓް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ.

"އެ ފަރާތުގެ މަޤްޞަދަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް އިން އުފައްދާފައިވާ ޓެކްސްޓާއި ވޮއިސް މެސެޖުތައް ބޭނުންކޮށްގެން އަމާޒު ކުރެވުނު ފަރާތްތަކަށް ނުފޫޒު ފޯރުވުމެވެ. މިކަމުގެ ބޭނުމަކީ މަޢުލޫމާތު ނުވަތަ އެކައުންޓްތަކަށް ވަނުމެވެ،" ސްޓޭޓް ޑިޕާޓްމަންޓުން ޑިޕްލޮމެޓިކް މިޝަން ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

މި މިހާގެ މި އަމަލާ ބެހޭ ގޮތުން ފުރަތަމަ ރިޕޯޓު ކުރީ ވޮޝިންގްޓަން ޕޯސްޓުން ނެވެ.

ޖުލައި 3 ވަނަ ދުވަހު ފޮނުވާފައިވާ ސްޓޭޓް ޑިޕާޓްމަންޓުގެ މެސެޖް ހުރިހާ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ ޕޯސްޓުތަކަށް ފޮނުވާފައިވެއެވެ. އަދި މުވައްޒަފުންނަށް ވަގު އެކައުންޓްތަކާއި މީހުންގެ ގޮތުގައި ހެދިގެން އުޅޭ މީހުންނާ ބެހޭ ގޮތުން ބޭރުގެ ބައިވެރިން ހޭލުންތެރި ކުރުމަށް ބުނެފައިވެއެވެ.

"މި އަމަލުން ޑިޕާޓްމަންޓަށް ސީދާ ސައިބަރ ނުރައްކަލެއް ނެތް ނަމަވެސް، އަމާޒު ކުރެވުނު ފަރާތްތަކަށް ނުފޫޒު ފޯރުވިއްޖެނަމަ، ތިންވަނަ ފަރާތަކާ ހިއްސާ ކޮށްފައިވާ މަޢުލޫމާތު ހާމަވެދާނެއެވެ،" މެސެޖުގައި ބުނެފައިވެއެވެ.

ކޭބަލްގައި އޭޕްރީލް މަހު ހިންގާފައިވާ މި ބާވަތުގެ އެހެން ކަމަކަށް ވެސް އިޝާރާތް ކޮށްފައިވެއެވެ. އެ މަސައްކަތް ނިސްބަތް ކޮށްފައި ވަނީ ރަޝިއާއާ ގުޅުންހުރި ހެކަރަކަށެވެ. އޭނާގެ މަސައްކަތް އަމާޒު ކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ހިމެނެއެވެ.

އެ ފަރާތުން ބޭނުން ކޮށްފައިވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ފޭކް އީމެއިލް އެޑްރެސް އެއް ކަމަށް މި ޚަބަރުގައި ވެއެވެ.

އެ ކެމްޕޭނުގައި، އެ ފަރާތުން ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލެއްގެ ގޮތުގައި ހެދިގެން ޕްރައިވެޓް ޖީމެއިލް އެކައުންޓްތަކަށް މެސެޖު ފޮނުވާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އާޓިފިޝިއަލް އިންޓެލިޖެންސްމާކޯ ރޫބިއޯ ސްޓޭޓް ޑިޕާޓްމަންޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

11 ޑިސެމްބަރު 2025
ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
13 ނޮވެމްބަރު 2025

ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ

13 ނޮވެމްބަރު 2025
ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ
01 ނޮވެމްބަރު 2025

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން

01 ނޮވެމްބަރު 2025
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން
26 އޮކްޓޯބަރު 2025

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
25 އޮކްޓޯބަރު 2025

ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ

25 އޮކްޓޯބަރު 2025
ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ
11 އޮކްޓޯބަރު 2025

ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!

11 އޮކްޓޯބަރު 2025
ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!
19 ސެޕްޓެމްބަރު 2025

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި
16 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި އިސްރާއީލް އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

16 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި އިސްރާއީލް އަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް