Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުށުގެވެށި

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވޭ: ފުލުހުން

ސައިބަރ ކްރައިމްގެ ނުރައްކާ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 06:54
ހުޅުމާލެ ފޭސް-2ގައި ހުންނަ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ

ހުޅުމާލެ ފޭސް-2ގައި ހުންނަ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ

ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ އަހަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ބައިނަލްއަގުވާމީ، ފުލުހުންގެ އެއްބާރުލުންދިނުމުގެ ދުވަހާއި ގުޅިގެން ފުލުހުން ބުނީ، އަދުގެ ދުނިޔޭގައި ކުށްކުރުމުގެ ވައްޓަފާޅި ހަލުވި މިނެއްގައި ބަދަލުވަމުން ގޮސް، ސައިބަރ ކްރައިމްގެ ނުރައްކާ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ކުރިމަތިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އިންޓަނެޓްގެ ފަރުދާގެ ފުރަގަހުގައި ތިބެ، ކާކުކަން ނޭނގޭ ގޮތަށް ހިންގާ ރޭންސަމްވެއަރ އެޓޭކްތަކާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާ އާއި، އިންސާނީ ވަގުފާރީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ނިގުޅައިގަތުމުގެ އަމަލުތަކުގެ ސަބަބުން ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިއީ ދުނިޔޭގެ އެކި ޖިއޮގްރަފިކަލް ހިސާބުތަކާ ގުޅިފައި ހުންނަ، ރޭވިގެން ހިންގާ ބޮޑެތި ކުށްތައްކަން ފާހަގަކޮށް ފުލުހުން ބުނީ، މިފަދަ ކުށްތަކަކީ އެއް ގައުމުން އެކަނި މަސައްކަތް ކޮށްގެން ހުއްޓުވުން މުސްތަހީލު ކުށްތަކެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އިންޓަރޕޯލް އިން މިފަދަ ކުށްތައް ހިންގާ އުކުޅުތައް ދެނެގަނެ، މެންބަރު ގައުމުތައް މި ކަންކަމަށް އަހުލުވެރިކުރުވައި، ތަމްރީނާއި އުނގަންނައިދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ހިންގުނު އޮޕަރޭޝަން ހައިޗީއަށް އެކަނި ބެލި ކަމުގައިވިޔަސް، މިފަދަ ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވި، 400 މިލިޔަން ޔޫއެސް ޑޮލަރުގެ އަގުހުރި ފައިސާއާ މުދާ ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއީ ކާމިޔާބީއެއްކަން ފާހަގަކޮށް ފުލުހުން ބުނީ، ނަމަވެސް ކުރަންޖެހިފައިވާ މަސައްކަތްތައް އިންތިހާއަށް ބޮޑު ކަމަށާއި، ކުށްވެރިން ޓެކްނޮލޮޖީގެ ބޭނުންހިފައި، ކުށުގެ ވައްޓަފާޅި އިންތިހާއަށް ނުރައްކާތެރި މާހައުލަކަށް ބަދަލުކުރަމުން ދާއިރު، ތަންފީޒީ އިދާރާތަކުން ޓެކްނޮލޮޖީއާއި މުވާސަލާތީ ގުޅުމުގެ ތެރެއިން އިދާރާތަކުގެ ގުޅުން ވަރުގަދަކޮށް، އާޓިފިޝަލް އިންޓެލިޖެންސް އިން ލިބެންހުރި ފަސޭހަތައް މަސައްކަތުގައި ބޭނުންކުރަންޖެހޭ ކަމަށެވެ.

ފުލުހުން ބުނީ، އިންޓަރޕޯލްގެ ޚިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީން ކުރިއަށް ގެންދިއުމަށް ހުއްޓުމެއްނެތި ކުރެވެމުންދާ މަސައްކަތްތަކުގައި އެ އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންދޭ ކަމަށާއި، އެއީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މިމަގުން ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފުލުހުންގެ އެއްބާރުލުންދިނުމުގެ ދުވަސް ފާހަގަކުރަން ފެށީ އިންޓަރޕޯލް އުފެއްދި ތާރީހު ކަމަށްވާ 07 ސެޕްޓެންބަރު 1923 ގެ މުނާސަބަތުގަ 2023 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2025 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފުލުހުންގެ މަސައްކަތުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް" އެވެ.

އިންޓަރޕޯލްސައިބަރ ކްރައިމްއާޓިފިޝިއަލް އިންޓެލިޖެންސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

ޓައިމް މެގެޒިން އިން 2025 "ޕާސަން އޮފް ދަ އިޔަރ" އަށް ހޮވީ އޭއައި ގެ ފަރުމާވެރިން

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު