Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކ.މާފުށީ ޖަލު

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

3 މެއި 2026 | އާދީއްތަ 06:59

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެނިހެން އާލަތްތައް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައި. މި މައްސަލައިގައި ހައްޔަރުކުރި ޝަހީރުގެ އަތުން 17 ސްމާޓް ފޯނާއި، ޗާޖަރުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ 29 ޖޮއިންޓް ފެނިފައިވާ ކަމަށް ފުލުހުން ބުނޭ. ޖަލަށް މަނާތަކެތި ވެއްދުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިކަމުގައި ޖަލު އޮފިސަރުންގެ އެހީތެރިކަން ލިބޭ ކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 3 މެއި 2026 | އާދީއްތަ 06:59
މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. | މޯލްޑިވްސް ޕޮލިސް ސާރވިސް

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، 28 އަހަރުގެ މުޙައްމަދު ޝަހީރު ކަމަށެވެ. 

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން މާފުށީ ޖަލަށް މަނާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް، ޖަލުގެ ގޮޅިތަކުން ވެސް ގިނަ އަދަދެއްގެ އާލަތްތައް އަތުލައިގަނެ އެވެ. އަދި ޖަލަށް މިފަދަ ތަކެތި ވައްދަނީ ވެސް ޖަލުގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންގެ އެހީތެރިކަމާއެކު ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. 

ކ.މާފުށީ ޖަލުމުޙައްމަދު ޝަހީރުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

02 މެއި 2026

އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން

02 މެއި 2026
އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން
27 އެޕްރީލު 2026

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

27 އެޕްރީލު 2026
ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
26 އެޕްރީލު 2026

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި
25 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް
25 އެޕްރީލު 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު

25 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު
23 އެޕްރީލު 2026

މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟

23 އެޕްރީލު 2026
މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟
20 އެޕްރީލު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
19 އެޕްރީލު 2026

ބިދޭސީއެއްގެ ކަރަށް ހަމަލާދިން މިހާ 7 ދުވަހަށް ބަންދު ކޮށްފި

19 އެޕްރީލު 2026
ބިދޭސީއެއްގެ ކަރަށް ހަމަލާދިން މިހާ 7 ދުވަހަށް ބަންދު ކޮށްފި
19 އެޕްރީލު 2026

ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި

19 އެޕްރީލު 2026
ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް