Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުދީ ނިޔާވުން

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

ވ. އަލިމަތާ ކައިރިން ގެއްލުނު އިޓަލީގެ ޑައިވަރު ހޯދުމުގެ އޮޕަރޭޝަންގައި ފުލުހުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި. މި ބައްދަލުވުމުގައި ވަޒީރު ވަނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ދެއްކި ސާބިތުކަމަށް ސާބަސް ދެއްވައި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ބާރުއަޅުއްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2026 | ހޯމަ 06:46
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި | ޕޮލިސް

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ އިހުސާން އަދި ސީޕީ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އަގުވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވިއެވެ. އަދި އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.

މަހުދީގެ ހަށިގަނޑު ފެނިފައިވަނީ މެރިން ޕޮލިހުންނަށެވެ. އެމީހުންނަށް ހަށިގަނޑު ފެނުނުއިރުވެސް މަހުދީ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސިފައިން އޭރު ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ މަހުދީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ ހާލު ދެރަވެގެން ކަމަށެވެ.

މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވ. އަލިމަތާއިޓަލީއަލީ އަހުސަން އަޙްމަދު މުޙައްމަދުފަރުހާދު ފިކުރީމަހުދީ

އިތުރަށް ކިޔާލަން

22 މެއި 2026

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި
22 މެއި 2026

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

22 މެއި 2026
މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި
22 މެއި 2026

އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

22 މެއި 2026
އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން
20 މެއި 2026

ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!

20 މެއި 2026
ސައުދީން ރާއްޖެއަށް އިތުރަށް ދިން 30 ކޯޓާ، ޝަހީމް، އަހުސަން އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމްގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދިން ކަމުގެ ތުހުމަތު!
19 މެއި 2026

ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

19 މެއި 2026
ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު