Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

ބުދަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން 3 މީހެއްގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފަ. އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން ބައިވެރިވި މި އިހުތިޖާޖު ފުލުހުން ހުއްޓުވުމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވެފައިވާއިރު، މުޒާހަރާގައި ބޭނުންކުރި ބައެއް ތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. މި މުޒާހަރާގައި އިދިކޮޅު ސިޔާސީ އިސް ބޭފުޅުންނާއި ޖަލަށްލާފައިވާ ނޫސްވެރިންގެ އާއިލާތަކުން ބައިވެރިވެފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 11:47
ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ބުދަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން

ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ބުދަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން | އެމްޑީޕީ ސެކްރިޓޭރިއެޓް

ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހެއްގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.

އެމްޑީޕީ އިން ބުނި ގޮތުގައި މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން 7 މީހަކު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. 

Advertisement - newsAdvertisement

އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދިން ގޮތުގައި، ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، އަލީ ޖުމާން 5 ދުވަހަށް އަދި އަބްދުﷲ ޝަރީފް 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މީގެ އިތުރުން ޝަމްއޫން ޖަލީލް (ލޫކަސް) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ. 

ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ މި މުޒާހަރާ ފެށީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. މި އިހުތިޖާޖުގައި އެމްޑީޕީގެ އިސް ފަރާތްތަކުގެ އިތުރުން، ޖަލަށްލާފައިވާ ދެ ނޫސްވެރިން ކަމުގައިވާ ޝަހުޒާނާއި، ލީވާނުގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗަށް މަޑުކުރުމުން، އެ ސަރަހައްދުން ޕީއެންއެފްއަށް ތާއިދުކުރާ ފަރާތްތަކުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ގޮސް އަލިކިލޭގެފާނު މަގަށް މިސްރާބު ޖެހި ނަމަވެސް، ފުލުހުން ވަނީ އެ މަގުގެ މެދުން މުޒާހަރާ ހުއްޓުވާފައެވެ. އެ ސަރަހައްދުން ވެސް މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު ބައިވެރިން އަނބުރާ ޗާންދަނީ މަގަށް ގޮސް އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވެ އެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުން ބައިވެރިން ދުރަށްލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ އިތުރުން، މުޒާހަރާގެ ބައިވެރިން ބޭނުންކުރި ސޯފާ އެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ފަހުން ވަނީ ހަވާލުކޮށްފަ އެވެ.

އެމްޑީޕީމާލެޕީއެންއެފްމިނިވަން ނޫސްވެރިކަންމުޒާހަރާ-އިހުތިޖާޖުބަންދުގައި ތިބި މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

13 މެއި 2026
2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

13 މެއި 2026
ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު