Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން 2026

މާލޭގެ އަތޮޅު ފިހާރަތަކުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް އެ ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލަނީ

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޗައިނާގެ އެހީގައި 50 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢުގެ ފީޒިބިލިޓީ ދިރާސާ މިހާރު ވަނީ ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ކައުންސިލް އިދާރާ އަޅާނެ ބިން ހޯދުމާއި އެނޫން ވެސް އިދާރީ މަސައްކަތްތައް ކަމަށް މުއިއްޒު ވިދާޅުވި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 15:27
ރައީސް މުއިއްޒު ރިޔާސީ ބަޔާން 2026 އިއްވަވަނީ - މާލޭގެ އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލައްވާނެ ކަމަށް ވިދާޅުވި.

ރައީސް މުއިއްޒު ރިޔާސީ ބަޔާން 2026 އިއްވަވަނީ - މާލޭގެ އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލައްވާނެ ކަމަށް ވިދާޅުވި. | ރައީސް އޮފީސް

މާލޭގެ އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލައްވާނެ ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އަތޮޅު ފިހާރަބަރި އަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި އެތައް ޒަމާނެއްވީ ތަރިކައެއް ކަމަށާއި އަތޮޅު ފިހާރައިގެ ޢިމާރާތުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް ހުންނާނޭގޮތަށް އަލުން ތަރައްޤީކުރެވޭއިރު ކުރިޔަށް ގެންދިއުމަށް ގަސްދުކުރައްވާކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް މާލީ ތަނަވަސްކަން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި 27 ފަޅުރަށެއް ޚާއްޞަކޮށްފައިވާކަމަށާއި އޭގެތެރެއިން މިހާތަނަށް 6 ކައުންސިލަކަށް 7 ރަށް ދޫކުރެވިފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުޅިން އަލަށް 7 ރަށެއްގައި ޑޮލަރު އޭޓީއެމް ހުޅުވި، އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މި އޭޓީއެމްތަކުން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ކަމަށް ވެސް މުއިއްޒު ހާމަކުރެއްވި އެވެ.

ރައީސް މުއިއްޒު ގެ ވާހަކަފުޅުގައި އަލަށް އުފެދިގެންދާ 2 ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެކަން ފާހަގަކުރެއްވިއެވެ. އަދި 2 ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކުރާ 50 ކައުންސިލް އިދާރާ ޕްރޮޖެކްޓްގެ ފީޒިބިލިޓީ ދިރާސާ ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ކައުންސިލް އިދާރާ އަޅާނެ ބިން ހޯދުމާއި އެނޫން ވެސް އިދާރީ މަސައްކަތްތައް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަތޮޅު ފިހާރައައްޑޫ ހުޅުދޫއައްޑޫ މީދޫރިޔާސީ ބަޔާން 2026ލާމަރުކަޒީ އުސޫލުން ހިންގުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

05 ފެބުރުއަރީ 2026
އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

05 ފެބުރުއަރީ 2026
މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު