Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުނަދޫ ބިމުގެ މައްސަލަ

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެކި ތާރީހުތައް ދިން ނަމަވެސް އަމަލީ މަސައްކަތް ނުފެށޭ، ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލަށް ވަނީ އަންގާފައި

ކައުންސިލުގެ ބާރުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓާލުމުގެ ވިސްނުމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2025 | ބުރާސްފަތި 07:58
ށ.ފުނަދޫ ކައުންސިލް އިދާރާ

ށ.ފުނަދޫ ކައުންސިލް އިދާރާ

ށ.ފުނަދޫގެ ބިމާ ގުޅޭ އެއްވެސް މަސައްކަތެއް ކައުންސިލުން ނުކުރުމަށް ސަރުކާރުން އަންގައިފިއެވެ.

ރާއްޖެއެމްވީއަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ބިމުގެ މައްސަލަ ބޮޑު ކަމަށާއި، އެ މައްސަލައަށް ވަކި ހައްލެއް ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ކައުންސިލުގެ ބާރުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓާލުމުގެ ވިސްނުން ނެތް ކަމަށެވެ. އެގޮތުން ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން ގާނޫނީ ލަފައާއި މަޝްވަރާ ހޯދައިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު އަޅުގަނޑުމެންނަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައި ބިމާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރަން. ދެން އެއީ އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ސަރަހައްދެއް ކަމުގައިވާ އެއަރޕޯޓު ސަރަހައްދުގައި ހޮޓާ ރެސްޓައުރެންޓް އެޅުމަށް ދޫކޮށްފައި އޮތް ބިމާ ގުޅޭގޮތުން އަމިއްލަ ފަރާތުން ހުށަހަޅާފައިވާ ޝަކުވާއެއް ބަލަމުންދާތީއާއި އެ ޝަކުވާ ލިބުމާ ހަމައަށް ބެލިބެލުމުގައި ލޭންޑް ޔޫސް ޕްލޭން ފާސްނުވާ ކަމަށް ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް އަންގާފައި އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނު ހަމަތަކުގެ މަތިން ލޭންޑް ޔޫސް ޕްލޭން ވަނީ ފާސްކުރެވިފައި. އެހެންނަމަވެސް މިއަދު ބިމާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައިވާތީ އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް މަޑު ޖައްސާލަފައި މިތިބީ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

އަހުމަދު ވިދާޅުވީ އެރަށުގައި 13 އަހަރު ބަންޑާރަ ގޯތި ދޫކޮށްފައިނުވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގެ އެ އެންގުމުގެ ސަބަބުން މި މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި 90 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، މިއީ ގޯތި ލިބޭ އާއިލާތަކަށް ލިބޭ ދެރައެއް ކަމަށް އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ބިންތަކާއި، އެހެނިހެން ވިޔަފާރިތަކަށް ދޫކުރާ ބިންތައް ވެސް އޮތީ ދޫނުކުރެވި ހުއްޓުމަކަށް އައިސްފައި ކަމަށެވެ. މިކަމުގެ ސަބަބުން ރަށަށް ލިބިގެންދާ އާމްދަނީއާއި ވިޔަފާރިއަށް ހުރި ފުރުސަތުތައް ބަންދުވެ، މިކަމަށް ކުރިމަތިލައި މަސައްކަތް ފަށަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތްކުރައްވައި އަހުމަދު ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އެކި ތަރީހުތައް ދީފައިވާ ކަމަށާއި، މިމަހުގެ ފަހުކޮޅު ވެސް ފަށާނެ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އެއްވެސް އުންމީދީ ކުލަވަރެއް ފެންނަން ނެތް ކަމަށް އަހުމަދު ވިދާޅުވިއެވެ.

ފުނަދޫބިންސަރުކާރުކައުންސިލްއަހުމަދު އިބްރާހިމްފުޅު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު