Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޓަލީ

ރިފަރެންޑަމްގައި އިޓަލީގެ ބޮޑު ވަޒީރު މެލޯނީ އަށް ރައްޔިތުން ނޫނެކޭ ބުނެފި

އިންތިޚާބުގެ ނަތީޖާތައް ދައްކާ ގޮތުން، ބޮޑު ވަޒީރު މެލޯނީ ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް 53.74 އިންސައްތަ ރައްޔިތުން ވަނީ ވޯޓު ދީފައި. އިސްލާހު ތަކަަށް ތާއީދު ކޮށްފައި ވަނީ 42.26 އިންސައްތަ ރައްޔިތުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 07:29
އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ، އެކަމަނާގެ ހުށަހެޅުމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި

އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ، އެކަމަނާގެ ހުށަހެޅުމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި | ރޮއިޓާސް

އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ ހުށަހެޅުއްވި އަދުލު އިންސާފު ނިޒާމު އިސްލާޙު ކުރުމުގެ ރިފަރަންޑަމް ގައި އެކަމަނާ ބަލިވެއްޖެ އެވެ.

ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ބޮޑު ވަޒީރު މެލޯނީ ހުށަހެޅުއްވި އިސްލާހު ތަކަަށް އިޓަލީގެ ރައްޔިތުން ވަނީ ނޫނެކޭ ބުނެ ވޯޓު ދީފަ އެވެ.

އިންތިޚާބުގެ ނަތީޖާތައް ދައްކާ ގޮތުން، ބޮޑު ވަޒީރު މެލޯނީ ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް 53.74 އިންސައްތަ ރައްޔިތުން ވަނީ ވޯޓު ދީފަ އެވެ. އިސްލާހު ތަކަަށް ތާއީދު ކޮށްފައި ވަނީ 42.26 އިންސައްތަ ރައްޔިތުންނެވެ.

ރިފަރެންޑަމްގައި ރައްޔިތުން ނޫނެކޭ ބުނުމުން، ބޮޑު ވަޒީރު ވަނީ ބަލި ޤަބޫލު ކުރައްވައިފަ އެވެ. މެލޯނީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޓަލީ ރައްޔިތުން ގޮތެއް ނިންމަވައިފި ކަމަށާއު، އެ ނިންމުމަށް އިޙުތިރާމް ކުރައްވާނެ ކަމަށެވެ. އެއާ އެކު މެލޯނީ ވިދާޅުވީ މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ގޮތަށް، އަބަދު ވެސް މަސައްކަތް ކުރައްވާނީ އިޓަލީގެ ރައްޔިތުންނަށް އިޙުތިރާމް ކޮށްގެން ކަމަށެވެ. 

ރިފަރެންޑަމްގައި ބަލިވުމާ އެކު، ކަނާއަތު ފިޔައިގެ ލީޑަރު މެލޯނީގެ ސިޔާސީ ބާރުވެރިކަން ދަށް ވާނެ ކަމަށް ލަފާ ކުރެވެ އެވެ. ޚާއްސަކޮށް އަންނަ އަހަރު ނިމުމުގެ ކުރިން އޮންނާނެ ކަމަށް ލަފާ ކުރެވޭ އާންމު އިންތިޚާބުގެ ކުރިން މިއީ ބޮޑު ވަޒީރު މެލޯނީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބެކެވެ. 

އިޓަލީގެ ކަނާއަތު ފިޔައިގެ ސިޔާސީ ލީޑަރުން އަބަދު ވެސް ބުނަމުން އައިސްފައި ވަނީ، އެ ޤައުމުގެ އަދުލު އިންސާފުގެ ނިޒާމަކީ ސިޔާސީ ނުފޫޒު އޮތް ނިޒާމެއް ކަމަށެވެ. އަދި އެއީ ކަނާއަތު ފިޔައިގެ ފަރާތްތަކާ ދެކޮޅަށް އޮތް ނިޒާމެއް ކަމަށް ބުނެ އެވެ.

ރިފަރެންޑަމްގައި ވޯޓު ލުމަށް އެދިފައި ވަނީ ގާޒީންނާއި، ޕްރޮސެކިއުޓަރުންގެ މަސައްކަތް ބެލެހެއްޓުމާއި، އިސްތިއުނާފު ކުރުމުގެ ނިޒާމަށް ގެނައުމަށް ހުށަހެޅި ބަދަލު ތަކެވެ. އެގޮތުން ދެ ފަރާތުގެ ވަޒީފާގެ މަގުތައް ވަކި ކުރުމާއި، ބެލެހެއްޓުމުގެ އިދާރާ ތައް އައު ކުރުން ހިމެނެ އެވެ.

މަސްދަރު: ބީބީސީ

އިޓަލީއިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
11 ފެބުރުއަރީ 2026

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި

11 ފެބުރުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ޕޮލެންޑާއި އިޓަލީން ބައިވެރިނުވާނެކަން އެ ދެ ގައުމުން ބުނެފި
07 ފެބުރުއަރީ 2026

މިލާން އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސްއާ ދިމާ ކޮށްލައިފި

07 ފެބުރުއަރީ 2026
މިލާން އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ވޭންސްއާ ދިމާ ކޮށްލައިފި
27 ޖެނުއަރީ 2026

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ
04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު