Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއައި

އާރްޓީއައިތަކަށް ޖަވާބު ނުދެވޭކަން އެންމެ ފަހުން ރައީސް މުއިއްޒުވެސް ޤަބޫލު ކުރައްވައިފި، ވިދާޅުވީ މިއަދު އެންގުމެއް އަންގާނެކަމަށް!

11 މެއި 2026 | ހޯމަ 05:52

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2026 | ހޯމަ 05:52
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބު ނުދޭތީ ހުށަހަޅާ ކަންބޮޑުވުންތައް އެތައް ދުވަހަކު ދިފާއު ކުރުމަށް ފަހު، އެންމެ ފަހުން އާރްޓީއައިތަކަށް ޖަވާބު ނުދެވޭކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ވެސް ޤަބޫލު ކުރައްވައިފިއެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އާރްޓީއައިތަކުގެ މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ސާފު ކުރައްވާފައިވާނެ ކަމަށާއި، މައުލޫމާތު ނުދެވޭ އާރްޓީއައިތައް ހުރިކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިއުން އަވަސް ކުރުމަށް މިހާރު ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ޤައުމީ ސަލާމަތާ ގުޅޭ ކަންކަން ނޫން އެހެން އާރްޓީއައިތައް ނިންމަވައިދެއްވާނެ ކަމަށާއި، ސަރުކާރުގެ އިދާރާތަކަށްވެސް އެކަންކަމުގެ އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. އަދި މިއަދުވެސް އެކަމުގެ އިތުރު އެންގުމެއް ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކަށް އަންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

މިއަދު ހެނދުނު ނެގި އަޕްޑޭޓުގައި އެބަހުރި މައުލޫމާތު، ޖަވާބު ނުދޭވޭ އެއްޗެހި، އަޅުގަނޑު ދަންނަވާފައިވާނެ އަވަސްކުރަން، އިރާދުކުރެއްވިއްޔާ ވަރަށް އިސްކަންދީގެން މި އޮފީހަށް ހުށަހަޅާފައިވާ އާރްޓީއައިތަކަށް ޖަވާބުދީ ނިންމާނަން، ޤައުމީ ސަލާމަތާ ގުޅޭ އެއްޗެއްވިއްޔާ ކޭސް ބައި ކޭސް ބަލަންޖެހޭ ކަންކަން ބަލާނަން، އެ ނޫން ހުރިހާ އާރްޓީއައިތައް ވަރަށް އަވަހަށް ނިންމައިދޭނަން، އަދި އެހެން މިނިސްޓްރީތަކާ ސަރުކާރުގެ މުއައްސަސާތަކަށްވެސް އަންގާފައިވާނެ އަދި މިއަދު އެންގުމެއްވެސް އަންގާނަން. 
ރައީސް ޑރ މުޙައްމަދު މުއިއްޒު

އާރްޓީއައިތަކަށް ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުދޭތީ މީގެ ކުރިންވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން އެކި ފަހަރުމަތިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުގެ ވެރިންނާ އެކަމާ ގުޅިގެން ސުވާލު ކުރުމުން އޭރު ބުނަމުން ދިޔައި "ރޫހާ އެއްގޮތަށް" އަންނަ އާރްޓީއައިއަކަށް ޖަވާބު ދޭނެ ކަމަށާއި، ހުށަހަޅާ ހުރިހާ އާރްޓީއައިއަކީ ސައްޙަ އާރްޓީއައިއެއް ނޫން ކަމަށެވެ. އަދި އާރްޓީއައި ހުށަހަޅާ ފަރާތްތައް ކުށްވެރިކޮށް، އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށްވެސް ބުނެފައިވެއެވެ.

 

 

މުއިއްޒުގެ ވައުދުމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫއައިކޮމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މެއި 2026

ޚާރިޖީ ބަހުރުވަ އަޅުގަނޑަކަށް ނޭނގޭ: އެކަމަކު ތިޔަ ބަޔާން ރައްދުވަނީ ފުރަތަމަ މި ސަރުކާރަށްކަން އަޅުގަނޑަށް އެނގޭ...

10 މެއި 2026
ޚާރިޖީ ބަހުރުވަ އަޅުގަނޑަކަށް ނޭނގޭ: އެކަމަކު ތިޔަ ބަޔާން ރައްދުވަނީ ފުރަތަމަ މި ސަރުކާރަށްކަން އަޅުގަނޑަށް އެނގޭ...
10 މެއި 2026

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓައި ރައީސްގެ އިތުރު ވައުދެއް: "މުޅި ބަނޑޭރިކޮށި ސަރަޙައްދު ޒަމާނީކުރުމަށް ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ހިންގާނަން"

10 މެއި 2026
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓައި ރައީސްގެ އިތުރު ވައުދެއް: "މުޅި ބަނޑޭރިކޮށި ސަރަޙައްދު ޒަމާނީކުރުމަށް ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ހިންގާނަން"
08 މެއި 2026

އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ

08 މެއި 2026
އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ
07 މެއި 2026

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

07 މެއި 2026
އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި
07 މެއި 2026

ކުންފުންޏަށް އަލަށް ނެގި އަދި ވަކިކުރި މުވައްޒަފުންގެ ތަފްސީލު ހާމަކުރަން ނުޖެހޭކަމަށް ކަނޑައަޅަން ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު

07 މެއި 2026
ކުންފުންޏަށް އަލަށް ނެގި އަދި ވަކިކުރި މުވައްޒަފުންގެ ތަފްސީލު ހާމަކުރަން ނުޖެހޭކަމަށް ކަނޑައަޅަން ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު
06 މެއި 2026

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

06 މެއި 2026
ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!
30 އެޕްރީލު 2026

ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ

30 އެޕްރީލު 2026
ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
26 އެޕްރީލު 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!

26 އެޕްރީލު 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން އަމިއްލައަށް އެއްބަސްވެއްޖެ!
26 އެޕްރީލު 2026

ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!

26 އެޕްރީލު 2026
ރައީސް އޮފީހުން އާރްޓީއައިތަކަށް ޖަވާބުދޭއިރު ޤާނޫނުގައިވާ މުއްދަތަށް އިހުތިރާމް ނުކުރާކަމުގެ ކަންބޮޑުވުން ރާއްޖެޓީވީން ފާޅުކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް