Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓައި ރައީސްގެ އިތުރު ވައުދެއް: "މުޅި ބަނޑޭރިކޮށި ސަރަޙައްދު ޒަމާނީކުރުމަށް ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ހިންގާނަން"

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނޑޭރިކޮށި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ވިދާޅުވެފައި. މީގެ އިތުރުން ސިފައިންނަށް އަމިއްލަ ރަށާ ކައިރި އޭރިއާ ކޮމާންޑްތަކުގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، ވަޒީފާގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައި. މި ރަސްމިއްޔާތުގައި ސިފައިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މެއި 2026 | އާދީއްތަ 06:58
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެ ކަމަށާއި، ބަނޑޭރިކޮށި ޒަމާނީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އުއްމީދު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ސިފައިންގެ ކުރިއެރުމާއި، ލާބައަށްޓަކައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށް ވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ބަނޑޭރިކޮށީގެ ސަރަޙައްދު އެއްކޮށް ޒަމާނީ ކުރުމަށް ވެސް ޚާއްސަ ހައުސިންގ ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ އަމަލީ މަސައްކަތް ލަސްވެގެން އަށެއްކަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

 މުޅި ބަނޑޭރިކޮށި ސަރަޙައްދު އެއްކޮށް ޒަމާނީ ހައުސިންގް ސްކީމެއް، ހައުސިންގ ޕްރޮޖެކްޓެއް ހިންގަން، އެތަނުގައި އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި އުއްމީދު ކުރަނީ މިހާރު ކުރެވޭ މަސައްކަތް އަމަލީ ސްޓޭޖަކަށް މިއަހަރުގެ ތެރޭގައި ގެންދެވޭނެކަމަށް، ގެންދެވި، ނޫނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށްދާއިރު، ކުރިއަށް އޮތް އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ އަމަލީ ގޮތުން އެ ސަރަޙައްދުގައި ބޮޑު ހައުސިންގ ޕްރޮޖެކްޓެއް އެ ސަރަޙައްދުގައި އިރާދުކުރެއްވިއްޔާ ސިފައިންނާއި ފުލުހުންނަށް އަދި އެ އާއިލާތަކަށް ނަފާ ލިބޭނެ ގޮތަށް ސަރވިސްގައި ތިބޭއިރު ކަނޑައެޅިފައި ހުރި އުސޫލުން ހައުސިންގ ލިބޭގޮތަށް ބޮޑު ހައުސިންގ ޕްރޮޖެކްޓެއް އަޅުގަނޑުމެން ފަށާނަން.
ރައީސް ޑރ މުޙައްމަދު މުއިއްޒު 

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އޭރިއާ ކޮމާންޑް ސެންޓަރުތައް އިތުރަށް ތަރައްގީކޮށް، ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ސަރަހައްދަކުން ޚިދުމަތް އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގަތެވެ.

ހަމަމިއާއެކު، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފައެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.

ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.

ސިފައިންމުއިއްޒުގެ ވައުދުބަނޑޭރިކޮށިބޯހިޔާވަހިކަން ޕްރޮގްރާމް

އިތުރަށް ކިޔާލަން

05 މެއި 2026

ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"

05 މެއި 2026
ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
19 އެޕްރީލު 2026

ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

19 އެޕްރީލު 2026
ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!
18 އެޕްރީލު 2026

ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

18 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް
16 އެޕްރީލު 2026

ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

16 އެޕްރީލު 2026
ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު