Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކެބިނެޓުގެ ބަދަލުތައް

ސަރުކާރުގެ ހަލަބޮލިކަން: ކުއްލި ބަދަލުތަކާއެކު ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަނީ!

ކެބިނެޓަށް ގެނައި ކުއްލި ބަދަލުތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން، ސަރުކާރުގެ މިސްރާބާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައި. ސާފު ލީޑަރޝިޕެއް ނެތުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކާއި އިޞްލާޙީ މަސައްކަތްތައް ލަސްވެ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރު ނާޤާބިލުވަމުންދާ ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުން. އެހެންކަމުން، ސިޔާސީ ބަދަލުތަކަށްވުރެ ބޮޑަށް ރައްޔިތުން މިއަދު އެދެނީ ހަމަޖެހުމާއި އަމަލީ ނަތީޖާ ފެންނާނެ ހަރުދަނާ ވެރިކަމަކަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 08:44
ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އަދި ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންތައް.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އަދި ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންތައް. | ރާއްޖެ އެމްވީ

ދިވެހި ސަރުކާރުގެ 10 ވަޒީރުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ކެބިނެޓަށް މި ސަރުކާރުން ގެނައި ކުއްލި ބަދަލާއެކު، އާންމު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އަނެއްކާވެސް މިވަނީ ބޮޑުވެފައެވެ. މި ބަދަލުތަކަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ގެނައި ބަދަލުތަކެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ ރައްޔިތުންނަށް މިހާރު އެކަން ގަބޫލެއް ނުކުރެވެއެވެ.

އޭގެ ބަދަލުގައި، ރައްޔިތުންނަށް ފެންނަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅެއް ނެތް ކުއްލި ނިންމުންތަކާއި، ސާބިތުކަމެއް ނެތް ލީޑަރޝިޕަކާއި، ސާފު މިސްރާބެއް ނެތް އުސޫލުތަކެކެވެ. މިއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ކުޑަވަމުންދާ މައިގަނޑު ސަބަބުތަކެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަޒީރުން ވަކިކުރަށަވައި ބައެއް ވަޒީރުންގެ މަޤާމު ބަދަލުވެ، ކެބިނެޓަށް މި އައި ކުއްލި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ހިންގަން ގެންނަ ބަދަލެއްކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، ހަގީގަތުގައި މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ހިނގަމުންދާ މަޝްރޫއުތަކަށް ހުރަސްއެޅި، މުހިންމު އިސްލާހީ މަސައްކަތްތައް ލަސްވެ، ސިވިލް ސަރވިސްގެ ތެރޭގައިވެސް ނުތަނަވަސްކަން އުފެދެއެވެ.

މިއީ މިއަދު ހަމައެކަނި ކެބިނެޓުގެ ޙާލަތެއް ނޫނެވެ. ދައުލަތުގެ ގިނަ ވިޔަފާރި ކުންފުނިތަކެއް މެނޭޖިންގ ޑިރެކްޓަރުންނާ ނުލައި ހިންގަމުންދާ ދިއުމަކީ ސަރުކާރުގެ ނާޤާބިލުކަން ހާމަވާ އަނެއް ސަބަބެވެ. މި ކުންފުނިތަކަކީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ އޮނިގަނޑުގެ މުހިންމު ބައެކެވެ.

ސަރުކާރުން ގެންނަމުންދާ ކުއްލި ބަދަލުތަކާއެކު މި ކުންފުނިތަކުގެވެސް ސާފު ލީޑަރޝިޕެއް ނެތުމުން، ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ނިންމުންތައް ނިންމުން ވަނީ އިންތިހާއަށް ލަސްވެފައެވެ. ރާއްޖޭގެ އިގްތިސާދަށް އެތެރެއާއި ބޭރުން ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިފަދަ މުހިންމު މުއައްސަސާތަކެއްގެ ވެރިން ނެތި ދޫކޮށްލާފައި އޮތުމަކީ، ސަރުކާރުގެ އިސްކަންދޭ ކަންކަމާއި ރޭވުންތެރިކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

އާންމު ރައްޔިތުންނަށް މުހިންމީ ސިޔާސީ ކުޅިވަރުތަކެއް ނޫނެވެ. އެމީހުން ބޭނުންވަނީ ނަތީޖާއެވެ. އަމާންކަމާއި، ހަމަޖެހުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް އެދި ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ. އިންތިޚާބުތަކުގެ ކެމްޕޭން ތެރޭގައި ވީ ވައުދުތައް ފަސްކުރުމެއް ނެތި ފުއްދައިދިނުމަށް ރައްޔިތުން ބޭނުންވެއެވެ. ބޯހިޔާވަހިކަމަކީ އަދިވެސް ގިނަ އާއިލާތަކެއްގެ ބޮޑު ކަންބޮޑުވުމަކަށް ވާއިރު، އެންމެ ކުޑަމިނުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދައިދެވޭނެ އިރެއް މިއަދު ރައްޔިތުންނަކަށް ޔަޤީނެއް ނޫނެވެ.

މި ބަދަލުތަކަކީ އިސްލާހަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށް ބުނެ ސަރުކާރުން ދައްކާ އުޒުރު ގަބޫލުކުރެވެން ނެތީ އެކަމުގައި ދެފުށް ފެންނަ ސިޔާސަތެއް ނެތުމާއި، އަމަލީ ނަތީޖާ ފެންނަން ނެތުމުންނެވެ.

ހަގީގަތުގައި އެއްފަހަރާ 10 ވަޒީރުން ވަކިކުރަން ޖެހުނު ހަގީގީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހިންގުން މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކުރަން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުތަކަށް ސާފު ޖަވާބެއް ނުލިބޭ ތަނުގައި ފެންނަނީ ހައްތަހާވެސް ވެރިކަމުގެ ބާރު ފުޅާ ކުރެވޭނެ ގޮތްތައް ހޯދުމަށް ކުރަމުންދާހާ މަސައްކަތެވެ.

ދިވެހި ރައްޔިތުން އެދެނީ ހުރިހާ ކަމެއް ފުރިހަމަވާކަށް ނޫނެވެ. ރައްޔިތުން އެދެނީ ހަމަޖެހުމަށާއި، ވީ ވައުދުތައް ފުއްދުމަށާއި، ގައުމު ހިންގުމުގެ ގާބިލުކަން ހުރި ސަރުކާރެއް ފެނުމަށެވެ. މި އުންމީދުތައް ހާސިލުނުވާހާ ހިނދަކު، ކިތަންމެ ވަރަކަށް މަގާމުތަކަށް ބަދަލު ގެނައި ނަމަވެސް، މިއީ "ރައްޔިތުންގެ ލާބައަށް" ކުރާ ކަމެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ. ރައްޔިތުންގެ ކެތްތެރިކަން އެބަ ކޮޅުންލައެވެ.

މުއިއްޒުގެ ވައުދުކެބިނެޓްވަޒީރުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދަމް ނަސީރު ހިއްސާކުރެއްވި މާނަ ފުން ޅެމުން ބުނެދިނީ ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަން!

އާދަމް ނަސީރު ހިއްސާކުރެއްވި މާނަ ފުން ޅެމުން ބުނެދިނީ ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަން!

16 އެޕްރީލު 2026
ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

14 އެޕްރީލު 2026
ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

14 އެޕްރީލު 2026
10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ

ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ

12 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު