Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

15 ޖުލައި 2026 | ބުދަ 06:04

ލ. ހިތަދޫގެ ތިން ޖެނެރޭޓަރުގެ ތެރެއިން ދެ އިންޖީނު ހަލާކުވެ، ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބޭތީ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ. މި މައްސަލަ ބެލުމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި މާވަށު ދާއިރާގެ މެންބަރު މިހާރު ވަނީ ހުށަހަޅުއްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖުލައި 2026 | ބުދަ 06:04
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު | ރައްޔިތުންގެ މަޖިލިސް

ލ. ހިތަދޫ އިން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އިން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުއްވައިފި އެވެ. 

މެންބަރު ފޮނުއްވި ސިޓީގައި ބުނީ ލ. ހިތަދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން އަންނަނީ ސަރުކާރުގެ ސަމާލު ކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ. 

Advertisement - newsAdvertisement

އެ ރަށުގައި ބޭނުންކުރާ 3 ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރު މައްސަލަޖެހި، ހަލާކުވެފައިވުމުގެ ސަބަބުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑި، ރަށުގެ ރައްޔިތުން އަންނަީ އިންތިހާ އަށް ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަމުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ނަމަވެސް މި މައްސަލައިގެ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައިި ކަމަށް ޝާކިރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގެދޮރުގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުން ދާކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންބޮޑުވުން ބޮޑު މައްސަލައަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމޓީ އަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހާޒިރުކޮށް، މި މައްސަލަ ބައްލަވައިދެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ކޮމިޓީގެ މުގައްރިރަށް ދަންނަވައި، މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ބޭއްވުމަށް ވެސް މެންބަރުގެ ސިޓީގައި ވެ އެވެ. 

ރައްޔިތުންގެ މަޖިލިސްލ. ހިތަދޫކަރަންޓުގެ މައްސަލައެސްއޯއީ ކޮމިޓީއަހުމަދު ޝާކިރު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
13 ޖުލައި 2026

ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ސުވާލުކުރިތާ 306 ދުވަސް ފަހުން މުއްތޮލިބް ދެއްވި ޖަވާބު: މަސައްކަތް ލަސްވަނީ ކުރީ ސަރުކާރުން ބައިވަރު މަޝްރޫއު ޙަވާލުކޮށްފައި ހުރީމަ!

13 ޖުލައި 2026
ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ސުވާލުކުރިތާ 306 ދުވަސް ފަހުން މުއްތޮލިބް ދެއްވި ޖަވާބު: މަސައްކަތް ލަސްވަނީ ކުރީ ސަރުކާރުން ބައިވަރު މަޝްރޫއު ޙަވާލުކޮށްފައި ހުރީމަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް