Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

15 ޖުލައި 2026 | ބުދަ 06:05

ބޭރު ފައިސާގެ ކަޅު ބާޒާރު ބޮޑުވެ، ބޭންކުތަކުން ޑޮލަރު ލިމިޓް ކުރުމާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކާ މެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރުމަށް ވަނީ ހުށަހަޅާފަ. މި ބައްދަލުވުމުގައި މަރުކަޒީ ބޭންކުގެ މިނިވަންކަމާ މެދު އުފެދޭ ސުވާލުތަކާއި، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ވަނީ ނިންމާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖުލައި 2026 | ބުދަ 06:05
 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

ގަވަރުނަރު މުނައްވަރަށް މެންބަރު ފޮނުއްވި ސިޓީގައި ވަނީ ބޭރު ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ މަނިޓަރީ ޕޮލިސީ ތަންފީޒު ކުރުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމަކަށް އެދި ދަންނަވާފަ އެވެ. 

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް 1 ޖަނަވަރީ 2025 އިން ފެށިގެން އަމަލުކުރަން ފަށާފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ބޭރު ފައިސާގެ ރަސްމީ ނޫން ބާޒާރެއް (ކަޅު ބާޒާރެއް) އުފެދިފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. 

މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށާ ދިވެހި އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މެންބަރުގެ ސިޓީގައި ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކޮށް، ސާފު ކުރަން ބޭނުންވާ މައިގަނޑު ކަންތައްތައް ހިމަނާފަ އެވެ. 

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އިންވެސްޓްމަންޓްގެ ނަމުގައި ޕެރަލަލް މާކެޓް ރޭޓާ އެއްވަރުގެ ބޮޑު އަގެއްގައި ޑޮލަރު ގަތުމުގެ މުއާމަލާތްތައް ފަށާފައިވާތީ، އެފައިދައިން ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ރަސްމީ އެކްސްޗޭންޖް ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ގަތުމުގައި އަމަލުކުރާ ރެގިއުލޭޓަރީ އުސޫލުތަކާ، މިކަމުގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖް ނިޒާމަށް ކުރާނެ އަސަރާއި، ކަޅުބާޒާރުގެ ރޭޓަށް ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. 

އޭގެ އިތުރުން ބީއެމްއެލް އަ އެހެނިހެން ބޭންކުތަކުން ކާޑުތަކުގެ ޒަރީއާއިން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓް ދަށްކުރުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނާ، ބޭސްފަރުވާ އަށް ދާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ވެސް ހިމަނާފައިވެ އެވެ. 

މަޝްވަރާ ކުރުމަށް ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ޕެރެލަލް މާކެޓްގައި ޑޮލަރުގެ އަގު އިންތިހާ އަށް އުފުލި، ބޮޑު އަގުގައި ވެސް ޑޮލަރު ހޯދުމަށް ދަތިވެފައިވާތީ މުދާ އިމްޕޯޓް ކުރުމަށް ކުރިމަތިވާ ހުރަސްތަކާ އޭގެ ސަބަބުން ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލަ ހިމެނެ އެވެ.

އެމްއެމްއޭގެ ގާނޫނުގެ ދަށުން މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު މަރުކަޒީ ބޭންކަށް އޮތް ނަމަވެސް އެފަދަ މުހިއްމު ނިންމުންތައް ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިއުލާނު ކުރައްވަމުން ގެންދެވުމުގެ ސަބަބުން މަރުކަޒީ ބޭންކުގެ މިނިވަންކަމާ އިތުބާރާ މެދު އުފެދޭ ސުވާލުތައް ކުރުމަށް ވެސް ހުށަހަޅުއްވާފައި ވެ އެވެ. 

އޭގެ އިތުރުން ވިޔަފާރިތަކަށާ އާންމު ރައްޔިތުންނަށް އަދި ޖުމްލަ އިގްތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތް ދެނެގަތުމާއި އެ މަސައްކަތްތައް ހަލުވި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީ ގެ ޕާލިމަންޓްރީ ގްރޫޕަށް ދެވޭނެ އެއްބާރުލުން ތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ހުށަހަޅާފައި ވެ އެވެ. 

އެހެންކަމުން މި މައްސަލަތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާ ސީދާ ގުޅުންހުރި ކަންތައްތަކަށް ވާތީ ގަވަރުނަރާ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ކުރިއަށް އޮތް ހަފްތާގެ ތެރެއިން ވަގުތެއް ހަމަޖައްސަވައިދެއްވުމަށް މެންބަރު އެދިވަޑައިގެންފައި ވެ އެވެ. 

ރައްޔިތުންގެ މަޖިލިސްޑޮލަރު ބާޒާރުއެމްޑީޕީމުހައްމަދު އިބްރާހިމް (ކުޑޫ)އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ޖުލައި 2026

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

15 ޖުލައި 2026
ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!
14 ޖުލައި 2026

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026
ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
13 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ވަނީ ގަޑުބަޑުކޮށްފައި: އަމީރު

13 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ވަނީ ގަޑުބަޑުކޮށްފައި: އަމީރު
13 ޖުލައި 2026

މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ

13 ޖުލައި 2026
މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ
13 ޖުލައި 2026

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

13 ޖުލައި 2026
ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް