Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށުގެ ތަފާސްހިސާބު

އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން

ނިމިދިޔަ އޭޕްރީލް މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓްގެ 240 މައްސަލައާއި ވައްކަމުގެ 236 މައްސަލަކަމަށް ތަފާސްހިސާބުތަކުން ދައްކައިފި. މީގެ އިތުރުން މަސްތުވާތަކެއްޗާއި، އަނިޔާކުރުމާއި، ޖިންސީ ގޯނާގެ މައްސަލަތައް ހިމެނޭހެން މި އަހަރުގެ މިހާތަނަށް ޖުމްލަ 3،899 މައްސަލަ ވަނީ ރިޕޯޓްކޮށްފަ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ 71.2 އިންސައްތައަކީ ވައްކަމާއި، އެކްސިޑެންޓް އަދި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވާތީ، މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން މި ތަފާސްހިސާބުތަކުން ހާމަވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 07:45
ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ޝަހީދު ހުސައިން އާދަމް ބިލްޑިންގ | އެޑިޝަން.އެމްވީ

މިދިޔަ އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 874 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެކްސިޑެންޓްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ. 

ފުލުހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނިމިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 240 މައްސަލައަކީ އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކެވެ. މިއީ އެންމެ ގިނައިން ރެކޯޑް ކުރެވިފައިވާ މައްސަލައިގެ ބާވަތެވެ.

Advertisement - newsAdvertisement

ދެވަނަ އަށް އެންމެ ގިނައިން ރެކޯޑް ކުރެވިފައިވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. މިދިޔަ އޭޕްރީލް މަހު ވައްކަން ކުރުމުގެ 236 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލަ އާއި އެއްޗެހި ގެއްލުމުގެ 75 މައްސަލަ މި މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ފުލުހުންނަށް މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަނިޔާ ކުރުމުގެ 37 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ހިމެނެ އެވެ. ޖިންސީ ގޯނާގެ 24 މައްސަލަ އާއި ގެވެށި އަނިޔާގެ 22 މައްސަލަ ވެސް މި މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ 16 މައްސަލަ އާއި ފޭރުމުގެ 16 މައްސަލަ އަދި ފޯޖް ކުރުމުގެ 2 މައްސަލަ ވެސް މިދިޔަ އޭޕްރީލް މަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 3،899 މައްސަލަ އެވެ. މި މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. 

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 71.2 އިންސައްތައަކީ މި ތިން ބާވަތުގެ މައްސަލަތަކެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

27 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު

25 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު