Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

ފުލުހުންގެ ބަންދުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި 45 އަހަރުގެ މީހާގެ މަރުގައި އިހުމާލުތަކެއްވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފި. އޭނާ ހައްޔަރުކުރިކަން އާއިލާއަށް އަންގާފައި ނުވާއިރު، ހަށިގަނޑު ދެއްކުމަށާއި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިންކާރުކުރާ ކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ފުލުހުން ބުނާ ގޮތުގައި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ގޮޅިތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ކަމަށާއި، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 އެޕްރީލު 2026 | ހޮނިހިރު 11:52
މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް

މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް | އެޑިޝަން.އެމްވީ

މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވި މައްސަލައިގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާ ކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ މީހަކު ނިޔާވެފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އޭނާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އާއިލާ އަށް ދީފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އާއިލާ އިން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު އާއިލާ އަށް ދީފައި ނުވެ އެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، ހައްޔަރު ކުރުމަށްފަހު އެކަން ފުލުހުންގެ ފަރާތުން އާއިލާ އަށް އަންގާ ކަމަށާ ނަމަވެސް މިފަހަރު އެކަން އާއިލާ އަށް އަންގާފައި ނުވާ ކަމަށް އާއިލާ އިން ވަނީ ރާއްޖެއެމްވީ އާ ހިއްސާ ކޮށްފަ އެވެ. 

އާއިލާ އިން ބުނީ ހުކުރު ދުވަހު މެންދުރު ލިބުނީ ފޯނު ކޯލެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލިއަކަށް ގޮތްތަކެއް ވާތީ ހޮސްޕިޓަލަށް ގެނައިތަނުން އޭނާ ނިޔާވި ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށެވެ.  އެއާއެކު އާއިލާ އިން ވަގުތުން ހޮސްޕިޓަލަށް ދިޔަ ކަމަށާއި ނަމަވެސް ފުލުހުންނާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދީފައިނުވާ ކަމަށް ވެސް އާއިލާ އިން ކިޔައިދިނެވެ. އެގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާ، އާއިލާ އަށް މައުލޫމާތު ނުދިން ސަބަބު ވެސް އެހި ކަމަށާއި އެހެން ނަމަވެސް އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވާ ކަމަށް އޭނާ ގެ އާއިލާ އިން ކިޔައިދިނެވެ. 

މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން 2026 އޭޕްރީލް 24 ދުވަހުގެ މެންދުރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ މި ހާދިސާގެ މައުލޫމާތު މިހާރު އެޗްއާރްސީއެމް އާ އެންއައިސީ އާ ހިއްސާ ކޮށްފައިވާ އިރު މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ. 

މި މައްސަލައިގައި އާއިލާ އިން ބުނީ ހޮސްޕިޓަލުގައި 4 ގަޑިއިރުވީ އިރުވެސް ނިޔާވި މީހާގެ ހަށިގަނޑު އާއިލާ އަށް ދައްކާފައި ނުވާ ކަމަށެވެ. އެކަމަށް އެދުމުން ހަށިގަނޑު ދެއްކެން ނެތް ކަމަށް ބުނި ކަމަށާއި ހަށިގަނޑު ހަވާލު ނުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނި ކަމަށެވެ. 

މިއީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކޮށް އާއިލާއިން ބުނީ މިކަމުގައި އިހުމާލުތަކެއް ވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މިހާތަނަށް ވެސް ނިޔާވި ގަޑިއާ ބެހޭ ގޮތުން ވެސް އެއްވެސް މައުލޫމާތެއް ދީފައި ނުވާއިރު ވީ ގޮތް ވެސް ބުނެދީފައި ނުވާކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

މާލޭ ކަސްޓޯޑިއަލްހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއެންއައިސީއައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު

25 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު
23 އެޕްރީލު 2026

މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟

23 އެޕްރީލު 2026
މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟
22 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!

22 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!
22 އެޕްރީލު 2026

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެން!

22 އެޕްރީލު 2026
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެން!
22 އެޕްރީލު 2026

ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި

22 އެޕްރީލު 2026
ކަރަންޓް މުގުރު ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު