Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޭމުގެ މައްސަލަ

މިދިޔަ ހަފްތާގައި 496،383 ރުފިޔާ ސްކޭމުގައި ޖެހިގެން ގެއްލުނު: ފުލުހުން

މި މަހުގެ 12 އިން 18 އަށް ސްކޭމުގެ 41 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އޮންލައިން ޕޭޖުތަކުން ތަކެތި ގަތުމުގައި އޮޅުވާލާފައިވާ މައްސަލަތައް. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ހާމަކުރޭ. އެހެންކަމުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ލިންކުތަކަށް ފިތުމުގައި އާންމުން އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.

މަޚްތޫމް
މަޚްތޫމް | 19 އެޕްރީލު 2026 | އާދީއްތަ 19:10
ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި | ސެކިއުރިޓީ މެގަޒިން

ނިމިގެން ދިޔަ ހަފްތާގައި ސްކޭމުގެ މައްސަަލަތަކުގައި 496،383.50 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

މި މަހުގެ 12 އިން 18 އަށް ހިނގާފައިވާ ސްކޭމާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާ އިރު، ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ސްކޭމާއި ގުޅޭ ޖުމްލަ 41 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު 496,383.50 ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 211,684.50 ރުފިޔާ އަނބުރާ ހޯދުނު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަތައް ރިޕޯޓުކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އައިބޭ ފަދަ އޮންލައިން ވިޔަފާރި ކުރާ ސައިޓުތަކުގެ އިތުރުން ފޯނު ކޯލުތަކާއި ލިންކުތައް މެދުވެރިކޮށް މިފަދަ މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވެ އެވެ.

މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އޮންލައިންކޮށް ތަކެތި ގަތުމުގައި ދިމާވެފައިވާ މައްސަލަތަކެވެ. އެގޮތުން ޕޭޖުތަކުން ތަކެތި ގަތުމާ ގުޅޭ 21 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން މީހުންގެ ނަމުގައި ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 9 މައްސަލައަކާއި، ހެކް ކުރުމުގެ 8 މައްސަލައެއްގެ އިތުރުން ފައިސާގެ މުއާމަލާތްތަކާ ގުޅޭ 3 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ފިޝިން ލިންކު މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ އެއް މައްސަލަ ވެސް މި މުއްދަތުގައި ހިމެނެ އެވެ.

ފުލުހުން ވަނީ މިފަދަ މާލީ މުއާމަލާތްތައް ހިންގުމުގައި އާންމުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އޮންލައިންކޮށް ވިޔަފާރިކުރުމުގައި، އަދި ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ފިތުމުގައި ރައްކާތެރިވުމަށް ފުލުހުން ބާރުއަޅައެވެ.

ސްކޭމްފުލުހުންގެ އެންޓި ސްކޭމް ސެންޓަރުހެކް ކުރުންޕިޝިންގ ލިންކު

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި
10 މާރިޗު 2026

ބަލިމީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

10 މާރިޗު 2026
 ބަލިމީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
14 ފެބުރުއަރީ 2026

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

14 ފެބުރުއަރީ 2026
ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު