Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑު ބަދަލަކަށް ޕްރެސް

ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރައްވާ، އެމްޑީޕީގެ ޗެއަރޕަރސަން ކަަމަށް ނަޝީދު ކުރިމަތިލައްވަނީ

19 އެޕްރީލު 2026 | އާދީއްތަ 12:03

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ޕާޓީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރެއްވޭނީ އެމަނިކުފާނަށް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 19 އެޕްރީލު 2026 | އާދީއްތަ 12:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް | އެމްޑީޕީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރެއްވުމަށާއި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ނަޝީދު އެކަން ހާމަކުރެއްވީ ބޮޑުބަދަލުގެ ނަމުގައި އާދިއްތަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅުން ހުރި ކަންކަމަކީ 2028 ވަނަ އަހަރު ނިންމަން ޖެހޭ ކަންކަމެއް ނޫން ކަަމަށާއި އެއަށް ވުރެ ކުރިން އެކަމަށް ގޮތް ނިންމަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލައްވަން ނިންމެވީ އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެއްވޭނީ އެ މަނިކުފާނަށް ކަމަށް ޤަބޫލުކުރައްވާތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގައި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ފައްޔާޒް ގެނައުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ހާމަކުރައްވާ ރައީސް ނަޝީދު ވަނީ އެ އަމާޒަށް ވާސިލްވުމަށްޓަކާ މިހާރުން ފެށިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެއް މޭޒެއްގެ ދޮށުގައި މަސައްކަތް ކުރުމާއި، ސީދާ ހަރަކާތް ވެސް ހިމެނިގެން ދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިން ވަނީ މީގެ ކުރިން ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެ ދެ ބޭފުޅުން ވެސް ފާހަގަކުރައްވާފައިވާތީ އެ ކަމާއި މެދު ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން  ނަޝީދު އާއި ފައްޔާޒް އާއި ދެ ބޭފުޅުން ވަނީ ޕާޓީ އަށް ބޭނުން ވަނީ  ޕާޓީގެ އޮތް ނުތަނަވަސްކަމާއި އެކުގައި ކުރިއަށް ދެވޭނެ ބޭފުޅެއް ކަމަށާއި އެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވަކާލާތުކުރައްވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން އާއްމުން އެދޭ ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވަނީ 2028 ޖެހުމުން ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން ދަންތުރައެއްގައި ޖެއްސުން ކަމަށާއި އެކަން ދެން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީފައްޔާޒް އިސްމާއިލްމުހައްމަދު ނަޝީދުބޮޑުބަދަލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

19 އެޕްރީލު 2026
މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި
18 އެޕްރީލު 2026

ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް

18 އެޕްރީލު 2026
ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް
17 އެޕްރީލު 2026

އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!

17 އެޕްރީލު 2026
އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ އަށް ފުލުހުން އަނެއްކާވެސް ހުރަސް އަޅައިފި

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ އަށް ފުލުހުން އަނެއްކާވެސް ހުރަސް އަޅައިފި
11 އެޕްރީލު 2026

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

11 އެޕްރީލު 2026
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
11 އެޕްރީލު 2026

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

11 އެޕްރީލު 2026
މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ
08 އެޕްރީލު 2026

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ
07 އެޕްރީލު 2026

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު
04 އެޕްރީލު 2026

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

04 އެޕްރީލު 2026
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް