Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީކާއިލް އަހުމަދު ނަސީމް

މީކާއިލްގެ ކެމްޕޭން ލޯންޗްކޮށްފި: ވިދާޅުވީ އޭނާ ހުންނަވާނީ އާންމު މެންބަރުންނާއެކު ކަމަށް

21 އެޕްރީލު 2026 | އަންގާރަ 14:00

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ އަމާޒަކީ ޕާޓީ އެކަތިގަނޑަކަށް ހަދައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން. ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ބަދަލުގައި، ހުރިހާ މެންބަރުންނަށް އިތުބާރު ކުރެވޭނެ އިންސާފުވެރި ޕްރައިމަރީ އެއް ބާއްވައިދޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވި. ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު އޮތްކަން ފާހަގަކުރައްވަމުން، މީކާއިލް ވިދާޅުވީ އޭނާ އަބަދު ވެސް ދެމިހުންނާނީ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ކަމަށް.

މަޚްތޫމް
މަޚްތޫމް | 21 އެޕްރީލު 2026 | އަންގާރަ 14:00
"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ.

"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން "އިތުބާރު" ލޯންޗް ކުރައްވައިފި އެވެ. 

މިކަމަށްޓަކައި މ. ފިނިފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މީކާއިލް ވިދާޅުވީ ވަރަށް ގިނަ އެމް.ޑީ.ޕީ.ގެ އާންމު މެންބަރުންގެ ތާއީދާއެކު މީގެ ހައެއްކަ މަސް ކުރިން އޭނާ ވާނީ އެމް.ޑީ.ޕީ.ގެ ދާއިމީ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރާނެކަން އިޢުލާނުކޮށްފައި ކަމަށެވެ. މީކާއިލް ވިދާޅުވީ އޭނާގެ ސަޕޯޓަރުންނާއި މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އަރުވަން އޮތް ޔަޤީންކަމަކީ އޭނާ އެ މަސައްކަތުގައި ދެމިހުރިކަމުގެ ޔަޤީންކަމެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލީ، ފުރަތަމަ ކަމަކަށް އޭނާ ގަބޫލުކުރާ ގޮތުގައި އެމް.ޑީ.ޕީ.ގެ ޗެއަރޕާސަން ކަމަށް އެ ޕާޓީގެ އާއްމު މެންބަރުންގެ އިތުބާރު އޭނާއަށް އޮތުން ކަމަށެވެ. އަދި އޭނާ ވާދަކުރައްވާ އިންތިޚާބުގައި ކާމިޔާބުވިޔަސް، ނުވިޔަސް އެމްޑީޕީ ގައި،  ޕާޓީގެ އާންމު މެންބަރުންނާއެކު ދެމިހުންނަވާނެކަމުގެ އިތުބާރު ޕާޓީގެ އާންމު މެންބަރުންނަށް އޮންނާނެ ކަމަށެވެ. 

Advertisement - newsAdvertisement
ދެވަނަ ކަމަކަށް، އެމް.ޑީ.ޕީ.ގެ ޗެއަރޕާސަނެއްގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބު މި ޕާޓީއަށް ކާމިޔާބުކޮށްދިނުން. އަޅުގަނޑަށް ފެންނަފެނުމުގައި މިހާތަނަށް އެމް.ޑީ.ޕީ.އަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ، އެމް.ޑީ.ޕީގެ ހުރިހާ ބޭފުޅުން ވެސް އެކުއެކީގައި މަސައްކަތްކޮށްގެން. ޕާޓީ ބަދަހިކޮށް، އެންމެންގެ މަޞްލަޙަތުގައި މަސައްކަތްކޮށްގެން. އެހެން ނަމަވެސް، އަޅުގަނޑާ ވާދަކުރައްވާ ބައެއް ބޭފުޅުން، އެހެން ރިޔާސީ ކެންޑިޑޭޓުން އެންޑޯސްކުރައްވައިގެން ތިއްބެވީތީ އަޅުގަނޑާ އެބަ ސުވާލުކުރިމަތިވޭ އަޅުގަނޑު މިހާރު މިހިރީ އެއްވެސް ބޭފުޅަކާ އެކުތޯ؟ އަޅުގަނޑު ތިބޭފުޅުންނަށް އެމް.ޑީ.ޕީ.ގެ އާންމު މެންބަރުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، އަޅުގަނޑު މިހިރީ އެމް.ޑީ.ޕީގެ ޗެއަރޕާސަނެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުޤުވެރިކަން ހުރި ހުރިހާ ބޭފުޅުންގެ މެދުގައި ވެސް އިންސާފުވެރިކަމާއެކު، ހަމަހަމަކަމާއެކު އެ ބޭފުޅުންނަށް ގަބޫލުކުރެއްވޭނޭ އިތުބާރުކުރެވޭ ޕްރައިމެރީއެއް ބާއްވައިދޭން ތައްޔާރަށޭ. އަދި އަޅުގަނޑު މިހިރީ ވަކި ބޭފުޅަކާ އެކުއެއް ނޫނޭ. އަޅުގަނޑު މިހިރީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނާ އެކުއޭ. 
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އޭނާގެ އަޒުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމެވެ. މީގެ އިތުރުން ޗެއަރޕާސަންގެ މަގާމަށް ހޮވިއްޖެނަމަ އޭނާގެ އަޒުމަކަށް ވާނީ ޕާޓީ އެކަތިގަނޑަކަށް ހަދައި ސިޔާސީ މަސައްކަތްތައް އާންމު މެންބަރުނާއި އެކު ކުރިއަށް ގެންދިއުމެވެ. 

މީކާއިލްއަކީ އުމުރުން 16 އަހަރުން ފެށިގެން އެމްޑީޕީގެ އެކި މަގާމްތަކުގައި މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ މެންބަރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އެއް ދައުރު ފުރިހަމަ ކުރައްވައި މިހާރު ގެންދަވަނީ ދެވަނަ ދައުރު ފުރުއްވަމުންނެވެ. 

މީކާއިލްގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަ ކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް ވާދަކުރައްވަން ނިންމަވާފައިވެ އެވެ. 

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީގަލޮޅު ދެކުނު ދާއިރާމުހައްމަދު ނަޝީދުއަލްހާން ފަހުމީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި

20 އެޕްރީލު 2026
ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ބުނެފައިނުވާނެ ކަމަށް ވިދާޅުވެ މުއިއްޒު އިތުރުފުޅު ހައްދަވައިފި
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
19 އެޕްރީލު 2026

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

19 އެޕްރީލު 2026
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ
19 އެޕްރީލު 2026

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން
19 އެޕްރީލު 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
19 އެޕްރީލު 2026

ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރައްވާ، އެމްޑީޕީގެ ޗެއަރޕަރސަން ކަަމަށް ނަޝީދު ކުރިމަތިލައްވަނީ

19 އެޕްރީލު 2026
ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރައްވާ، އެމްޑީޕީގެ ޗެއަރޕަރސަން ކަަމަށް ނަޝީދު ކުރިމަތިލައްވަނީ
19 އެޕްރީލު 2026

މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

19 އެޕްރީލު 2026
މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި
19 އެޕްރީލު 2026

އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

19 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
19 އެޕްރީލު 2026

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް
19 އެޕްރީލު 2026

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

19 އެޕްރީލު 2026
މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް