Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ފަލަ ސުރުހީ

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ތުހުމަތު ކުރައްވައިފި. މިކަމުގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ދިއްގަރުގައި ހައުސިން ޔުނިޓް އެޅުމަށް ތަކުރާރުކޮށް ވައުދުވީ ނަމަވެސް އަމަލީ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ މައްސަލަ. އަދި އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް ފަށާކަން ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މަންފާ ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 11 މާރިޗު 2026 | ބުދަ 20:31
އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރު މުހައްމަދު އިހުސާން ރާއްޖެ ޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރު މުހައްމަދު އިހުސާން ރާއްޖެ ޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންނާ ގުޅުންހުރި އެހެނިހެން އަސާސީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް މަކަރާއި ހީލަތުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވަކި ކަމެއް އިސްތިސްނާ ކުރުމެއް ނެތި، ރައްޔިތުން އެންމެ ބޭނުންޖެހިފައިވާ ކޮންމެ ކަމެއްގައި ވެސް ރައީސް މުއިއްޒު ގެންދަވަނީ ހަގީގަތް އޮޅުވާލައްވައި ދޮގު ވައުދުތައް ވަމުން ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އިހުސާން، މިކަމުގެ މިސާލެއްގެ ގޮތުން ދެއްކެވީ އޭނާ ނިސްބަތްވާ ދިއްގަރު ދާއިރާގެ ބޯހިޔާވަހިކަމުގެ މަޝްރޫ އެވެ. އިހުސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް ބިންގާ އެޅި ނަމަވެސް، އެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް ނުގޮސް ބިންގާ ހަލާކުވެގެން ދިޔަ ކަމަށެވެ.

އަޅުގަނޑު ގެ ދާއިރާ، ދިއްގަރު ދާއިރާގެ ހާއްސަކޮށް ދިއްގަރު. ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާ ދިމާކޮށް ދިއްގަރުގަ 75 ހައުސިން ޔުނިޓެއްގެ ބިންގާ އެޅި. އެ ބިންގާ އެތާހުރެ ހަލާކުވެގެން ފުނޑު ފުޑުވެގެން ފައިބައިގެން ދިޔަ އިރު ވެސް އެ ފްލެޓް ތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށުނު. އެއީ 2024 ވަނަ އަހަރު. 2025 ވަނަ އަހަރު މި ނިމުނީ. ދެން މިދޭތެރެއަކުން ރައީސް މުއިއްޒު ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާ އެއްގަ ވިދާޅުވި 75 ހައުސިން ޔުނިޓުގެ އިތުރުން، އިތުރު 75 ހައުސިން ޔުނިޓް ތިމަން މަނިކުފާނު އެބަ އަޅައިދެމޭ. އޭރު އަދި ކުރިން ބިންގާ އެޅި 75 ހައުސިން ޔުނިޓް ވީ ހިސާބެއް ވެސް ނޭނގެ.
އެމްޑީޕީގެ ގައުމީ މަޖްލިސް މެންބަރު މުހައްމަދު އިހުސާން

އަނެއްކާ ވެސް އިންތިހާބެއް ބޯމަތިވުމުން ދިއްގަރު ހައުސިން މަޝްރޫއުގެ މަސައްކަތް ފަށާފައިވާކަން ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިހުސާން ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އެ ރަށުގައި އިމާރާތް ކުރަމުންދަނީ އެންމެ ދެ ގެ ނުވަތަ ދެ ފްލެޓް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް ދައްކާލުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ވެސް މާގިނަ ދުވަސްތަކެއް ނުވެ ހުއްޓޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

މި ސަރުކާރުގެ އަސްލު ސިޔާސަތަކީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައި، ވަކި ގޮތެއް ނޭނގޭ ފަދަ އުއްމީދުތަކެއްގައި ރައްޔިތުން ބޭތިއްބުން ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން މިގޮތަށް އަމަލުކުރަނީ ރައްޔިތުން މަގުފުރައްދައިގެން ސަރުކާރުން ބޭނުންވާ ސިޔާސީ ކަންކަން ހާސިލުކުރުމުގެ ބޭނުމުގަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު އިހްސާން އެމްޑީޕީމ. ދިއްގަރުބޯހިޔާވަހިކަންފަލަސުރުހީ

އިތުރަށް ކިޔާލަން

11 މާރިޗު 2026

ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

11 މާރިޗު 2026
ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް
11 މާރިޗު 2026

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް
11 މާރިޗު 2026

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!
11 މާރިޗު 2026

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު