Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. ރަސްމާދޫ

ރަސްމާދޫގެ ފެން ވަނީ ތަޣައްޔަރުވެފައި، މިދިޔަ ސަރުކާރުގައި %70 ނިންމާފައިވާ ފެނުގެ މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ކައުންސިލްގެ ރައީސް އާސިފް

ރަސްމާދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައި ވަނިކޮށް، ސަރުކާރު ބަދަލުވުމާއެކު އެ މަޝްރޫއު އޮތީ ހުއްޓިފައި. ރަށުގެ ފެން ތަގައްޔަރުވެ ނުބައި ވަސްދުވާތީ އާންމު ދިރިއުޅުމަށާއި ލޯކަލް ޓޫރިޒަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އާސިފް ވިދާޅުވި. އެހެންކަމުން ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަށްޓަކައި މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް އޭނާ ވަނީ ގޮވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2026 | ހުކުރު 08:40
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރ.ރަސްމާދޫގެ ފެން ލޮނުވެ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށާއި، ފެނުގެ މަޝްރޫއު އަވަހަށް ނިންމައި ރައްޔިތުންނަަށް ސާފު ފެން ލިބޭގޮތް ހަދަން ޖެހޭ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އާސިފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ފެށި ކަމަށާއި، ސަރުކާރު ބަދަލު ވެގެންދިޔައިރު ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު މަސައްކަތް ހުއްޓިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އާސިފް ވިދާޅުވި އެވެ. 

ސަރުކާރު ބަދަލުވެގެން ދިޔައިރު މަސައްކަތް ގޮސްފައިވާ ހިސާބަށް އިޝާރާތް ކުރައްވައި އާސިފް ވިދާޅުވީ، މަގުކޮނެ ރެއިން ވޯޓަރލައިން ނޫން ހުރިހާ ހޮޅިތަކެއް އަޅާފައިވާ ކަމަށާއި، އާރްއޯ ޕްލާންޓް ބިލްޑިންގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. މިހާރު އޮތީ އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމަށްފަހު ގެތަކަށް ކަނެކްޝަންތައް އަޅައި ޚިދުމަތް ދިނުމާ ގާތަށް ގޮސްފައި ކަމަށް އާސިފް ވިދާޅުވި އެވެ. 

ހައްލު ކުރަން މިވަގުތުން ވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ފެނުގެ ނިޒާމު ގާއިމްވެގެން ދިއުން. ކުރީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު 4 ވަނަ ދުވަހު ސައިޓް މޯބަލައިޒްވި ޕްރޮޖެކްޓެއް މި ޕްރޮޖެކްޓަކީ. އޭރުގައި މަސައްކަތްތަކެއް ކުރެވެމުން އައިސް މިއަދާ ހަމައަށް އައިރުގައި މަސައްކަތް ނުނިމި އޮތީ. ސަރުކާރު ބަދަލުވެގެން އައިރުގައި ގާތްގަނޑަކަށް 70 ވަރަކަށް ޕަސެންޓް ނިމިފައި އޮތް މަސައްކަތެއް. އަދި އެފަހުން އެކި ސަބަބުތަކާ ހުރެމެ މިހިސާބަށް އައިރުގައި ޕްރޮޖެކްޓް އަލުން ފެށޭ ގޮތް ނުވެފައި މިވަނީ. މިދިޔަ އަހަރުގެ ގާތްގަނޑަކަށް މެދަކާ ހިސާބުގައި ކުރީގައި މަސައްކަތް ކުރަމުން އައި މައިކްރޯ އަތުން ޕްރޮޖެކްޓް ވަނީ ޓާމިނޭޓް ކޮށްފައި. މިހާރު މިވަގުތު މީގެ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސްކުރިން އެބައޮތް މިހާރު އަނެއްކާ އަލްޓެކް މޯލްޑިވްސްއާ ޕްރޮޖެކްޓް ހަވާލުކުރެވިފައި. ދެން އުންމީދު ކުރަނީ މާގިނަ ދުވަސްތަކެއް ނުވެ ދެން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް. އެއީ މިކަމުގެ ސަބަބުން މިތާގެ ކުރިއެރުމަށް ހުރި މަސައްކަތްތައް މިވަނީ ހުއްޓިފައި. 
ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް 

އާސިފް ވިދާޅުވީ އެރަށުގެ ތަރައްގީ ހުރިހާ މަޝްރޫއެއް ގުޅިފައި އޮތީ ފެނުގެ ނިޒާމާ ކަމަށާއި، ވަރަށް ބޮޑަށް މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށެވެ. ޚާއްސަ ގޮތެއްގައި ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވަރަށް ބޮޑަށް ފެނުން ނުބައި ވަސް ދޮވާ ކަމަށާއި، ރަށުގެ ހުރިހާ ހިސާބެއްގެ ފެން ތަގައްޔަރުވެފައިވާ ކަމަށެވެ. 

ރ. ރަސްމާދޫމުހައްމަދު އާސިފް

އިތުރަށް ކިޔާލަން

01 މެއި 2026

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

01 މެއި 2026
މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް
18 ޖުލައި 2025

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
27 ޖޫން 2025

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

27 ޖޫން 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު