Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026 | އާދީއްތަ 07:43

ޗައިނާގެ ސީ.އެމް.އީ.ސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް ހިންގާ މަސައްކަތެއް. ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިމަޝްރޫއުގެ ބިންގާ އަޅާފައިވާއިރު، ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ސީދާ ފައިދާވުމުގެ ރަނގަޅު މިސާލެއް ކަމަށް. ނަމަވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފެށި މި މަޝްރޫއާއެކު، ބޭންކުގެ މެންޑޭޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2026 | އާދީއްތަ 07:43
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އެޅި ރަސްމިއްޔާތުގެ ތެރެއިން.

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އެޅި ރަސްމިއްޔާތުގެ ތެރެއިން. | ހައުސިންގ މިނިސްޓްރީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް-3 ގައި އިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިމަޝްރޫއުގެ ބިންގާ އަޅާފައިވާއިރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒުގެ އިރުޝާދާއެކު މި މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައި ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ސީދާ ފައިދާވުމުގެ ރަނގަޅު މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ، މިމަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. 

ހުޅުމާލެ ފޭސް-3 ގައި އިމާރާތްކުރާ މި މަޝްރޫއު ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސ.ީއެމް.އީ.ސީ)އާ އެވެ. 

ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެއީ،

  1. ހުޅުމާލެ ފޭސް 3 : 1224 ހައުސިން ޔުނިޓް، ސީ.އެމް.އީ.ސީ
  2. ހުޅުމާލެ ފޭސް 3: 1190 ހައުސިން ޔުނިޓް، ބީ.ޔޫ.ސީ.ޖީ
  3. ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް، އަމީން ކޮންސްޓްރަކްޝަން
  4. ހުޅުމާލެ ފޭސް 1: 182 ހައުސިން ޔުނިޓް، އެފް ޑަބްލިއު ކޮންސްޓްރަކްޝަން
  5. ވިލިމާލެ: 300 ހައުސިން ޔުނިޓް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން.

ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު، ބޯހިޔާވަހިކަމާއި ގުޅުންހުރި އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ފެށިފައިނުވެ އެވެ. 2025 ވަނަ އަހަރު ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ޕްރޮމޯޓްކޮށް ބަޖެޓް ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކުރި އެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. 

މީގެ އިތުރުން ބޭންކް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ ގިނަ ބަޔަކު ދަނީ ބޭންކުގެ މިނިވަންކަމާއި، ބޭންކްގެ މޭންޑޭޓާއި މެދު ސުވާލު އުފައްދަމުންނެވެ.

ބީއެމްއެލްހުޅުމާލޭ 3 ވަނަ ފިޔަވަހި ބޯހިޔާވަހިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

22 މާރިޗު 2026
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
11 މާރިޗު 2026

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން
04 މާރިޗު 2026

‎ރަސްމާލެއިން ދޫކުރާ ގޯތިތަކަށް އޮތް ތަރުހީބު ކުޑަވެ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދެނީ

04 މާރިޗު 2026
‎ރަސްމާލެއިން ދޫކުރާ ގޯތިތަކަށް އޮތް ތަރުހީބު ކުޑަވެ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދެނީ
03 މާރިޗު 2026

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

03 މާރިޗު 2026
ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
27 ފެބުރުއަރީ 2026

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!
27 ފެބުރުއަރީ 2026

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

27 ފެބުރުއަރީ 2026
ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު
26 ފެބުރުއަރީ 2026

މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

26 ފެބުރުއަރީ 2026
މިދިޔަ އަހަރު ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި
05 ފެބުރުއަރީ 2026

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި
28 ޖެނުއަރީ 2026

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

28 ޖެނުއަރީ 2026
ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް