Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް

މިފަހުން ބޭއްވި ތިން އިންތިޚާބަށްފަހު، މަޑުއްވަރިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދުވާނެ: އިންތިޚާބީ ރައީސް ޝިހާމް

މަޑުއްވަރީގެ ޕަވަރހައުސްގައި ބޭނުންކުރާ ބޮޑު ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން، އެ ރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުން. މި މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޝިހާމް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންގެ މުދަލަށް ގެއްލުންވެ މަސައްކަތްތަކަށް ބުރޫއަރަމުންދާތީ، ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް. އެހެންކަމުން ރަށުގެ އާބާދީއަށް ބަލައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 30 އެޕްރީލު 2026 | ބުރާސްފަތި 07:58
ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރ.މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރ.މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބަށް ފަހު ރ. މަޑުއްވަރިގައި ކަރަންޓު ނުކެނޑޭ ދުވަހެއް މަދު ކަމަށް އެރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޝިހާމް ވިދާޅުވީ، އެރަށަށް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި، އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ފަހު ކޮންމެވެސް ސަބަބަކާ ގުޅިގެން ރަށުގެ ކޮންމެ ވެސް ހިސާބަކުން ކަރަންޓު ކެނޑޭ ކަމަށެވެ.

Advertisement - newsAdvertisement

ކަރަންޓު ކެނޑޭ މައްސަލައަށް އިޝާރާތް ކުރައްވައި ޝިހާމް ވިދާޅުވީ މިހާރު އެރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދަނީ 800 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި، 500 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ކަމަށެވެ. އަދި ދެން ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެފައިވާތީ ކެޕޭސިޓީ ނުހިފަހައްޓަނީ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިހާމް ވިދާޅުވީ މިދިޔަ ރަމަޟާން މަހުގެ ކުރިން 800 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށި ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ. 

ކަރަންޓުގެ ހާލަތު ވޯޓު ލާފައި އަޅުގަނޑުމެންނަށް ދެ ދުވަހެއް ވަރު ވެއްޖެ ހަމަ ދުވާލަކު ފެނޭ ނޯޓިސްއެއް މިއަދުގެ ވަގުތެއްގައި ޓެކްނިކަލް މަސައްކަތެއް ކުރުމަށްޓަކައި ސަރަހައްދަކުން ކަރަންޓު ދާނެ. ދެން ބެލެވޭ ގޮތުގައި އަޅުގަނޑުމެންނަށް ވެސް މައުލޫމާތު މިލިބެނީ 800 ގެ ޖަނަރޭޓަރު ސެޓެއް ރޫޅާލާފައި އޭތި އޯވަހޯލް ކުރަން އުޅެނީ ނިމިދިޔަ ރަމަޟާން މަހުގެ ވެސް ކުރިން ކަމަށް. އެހެންވީމަ އެގޮތަށް ބަލާފިއްޔާ އަޅާލުން އަޅުގަނޑުމެންގެ މިރަށަށް ސަރުކާރުން އޮންނާނެ ކަމަށް ނުފެނޭ. ފުރަތަމަ ކަމަކީ ކަރަންޓާ ނުލާ ދެން މިހާރު ޒަރޫރީ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ނުފުއްދޭ ކަންކަން. އެހެންވީމަ އެގޮތަށް ބަލާފިއްޔާ ޕަވަރހައުސްގައި އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަވެސް ޕަވަރހައުސްގައި ނިމިފައި އެބަހުރި ނިމިދިޔަ ސަރުކާރުން ސޯލަރ ޕްރޮގްރާމްގެ ދަށުން ސޯލަރ ސިސްޓަމް ގާއިމް ކުރެވި ކަރަންޓު ވިއުގައި ގުޅާލެވިފައި.
މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް 

ޝިހާމް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި އެމްޑީޕީ ސަރުކާރުން އަމަލު ކުރި ގޮތަށް މިހާރު އޮތް ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަން ނުޖެހޭ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި 800 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެނައުމުން މިއަދު ޕީއެންސީ ސަރުކާރުން ކޮންމެހެން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންނަން ނުޖެހޭ ކަމަށް ޝިހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށުގެ އާބާދީއަށް ބެލުމަށްފަހު އަސްލު މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ޝިހާމް ވިދާޅުވީ އިރުއިރުކޮޅުން ކަރަންޓު ކެނޑުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އަވަސް ގޮތެއްގައި މިމައްސަލައަށް ހައްލު ބޭނުންވާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭތީ މަސައްކަތްތަކަށް ބުރޫއަރައި، މުދަލަށް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރ. މަޑުއްވަރިޙުސައިން ޝިހާމްކަރަންޓް

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

30 އެޕްރީލު 2026
މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް
25 އެޕްރީލު 2026

ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ

25 އެޕްރީލު 2026
ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ
03 އެޕްރީލު 2026

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

03 އެޕްރީލު 2026
ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި
13 މާރިޗު 2026

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

13 މާރިޗު 2026
އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު
25 ފެބުރުއަރީ 2026

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

25 ފެބުރުއަރީ 2026
ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު