Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީ

މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންނަނީ ބައު ޖަނަރޭޓަރުތައް: މެންބަރު އަހުމަދު ދީދީ

26 ޖެނުއަރީ 2026 | ހޯމަ 07:23

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކަރަންޓަށް މައްސަލައެއް ދިމާވާއިރަށް ކޮންމެވެސް ދިމާލަކުން 1.2، 1.3 ނުވަތަ 1.4 މެގަވޯޓުގެ ބޭނުން ކޮށްފައިވާ ޖަނަރޭޓަރެއް ގެނެސް، ވަގުތީ ހައްލެއް ގެންނަ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2026 | ހޯމަ 07:23
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބައު ޖަނަރޭޓަރުތައް ގެނެސް ވަގުތީ ހައްލު ހޯދައިދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ސިޓީގެ ތަރައްގީ މިސަރުކާރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ދިޔަ ކަމަށާއި، ސަރުކާރު ބަދަލުވުމާއެކު ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އައްޑޫ ސިޓީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާދެވިފައިނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެ ހޯދައިދިނުމަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި، ކަރަންޓަށް މައްސަލައެއް ދިމާވާއިރަށް ކޮންމެވެސް ދިމާލަކުން ބޭނުން ކޮށްފައިވާ ޖަނަރޭޓަރެއް ގެނެސް، ވަގުތީ ހައްލެއް ގެންނަ ކަމަށެވެ. 

40 އެތައް މެގަވޯޓެއްގެ އިންޖީނު ބެހެއްޓޭ ގޮތަށް ހާޑްވެޔަރ ބެހެއްޓޭ ގޮތަށް ފަރުމާކުރެވި އިމާރާތް ކުރެވި ގާތްގަނޑަކަށް 80 ޕަސެންޓް ނިމިފައި އިން ޕަވަރ ހައުސްއެއް އެބައިން. އޭރު ހަމަ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް މިއީ. ހަމަ ޓޯޓަލް ސޮލިއުޝަނެއް. އަނެއްކާ ޓޫރިޒަމް ޑިވަލޮޕްވެގެން އަންނައިރު އަންނަ އިތުރު ލޯޑު ނެގޭ ގޮތަށް އެތަން ތަރައްގީ ކުރަމުން ދަނިކޮށް މިބޭފުޅުން ހަވާލުވީ. ހަވާލުވި ގޮތަށް އެކަން ވެސް ހުއްޓުވާލީ. 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު އައްޑޫގެ ރައްޔިތުން ތިބެނީ ކޮންމެ ވަގުތަކު ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށާއި، މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާއިރު، ކަރަންޓުގެ ކެޕެސިޓީ ފުޅާވެ، ހަރުދަނާވާން ޖެހޭ ކަމަށެވެ.

އައްްޑޫ ސިޓީއަޙްމަދު ދީދީކަރަންޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
23 ޖެނުއަރީ 2026

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

23 ޖެނުއަރީ 2026
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ
21 ޖެނުއަރީ 2026

އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ

21 ޖެނުއަރީ 2026
އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ
18 ޖެނުއަރީ 2026

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު
17 ޖެނުއަރީ 2026

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟
11 ޖެނުއަރީ 2026

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ޖެނުއަރީ 2026
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
08 ޖެނުއަރީ 2026

ގެއްލިގެން ހޯދި ރާއިދާ ފެނިއްޖެ

08 ޖެނުއަރީ 2026
ގެއްލިގެން ހޯދި ރާއިދާ ފެނިއްޖެ
08 ޖެނުއަރީ 2026

އައްޑޫ ސިޓީ، ފޭދޫން 19 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

08 ޖެނުއަރީ 2026
އައްޑޫ ސިޓީ، ފޭދޫން 19 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް