Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮޅިވަރަންފަރު

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

25 ފެބުރުއަރީ 2026 | ބުދަ 08:59

ފެނަކައިން މިހާރު ޓެސްޓު ބުރުތަކަކަށް ކަރަންޓު ދޫކުރި ނަމަވެސް، ރަށުގެ އާބާދީއާ ނުބައްދަލު އިންޖީނުތަކެއް ހުރުމާއި ބެކަޕް ޖަނަރޭޓަރެއް ނެތުމުން ދާއިމީ ހައްލެއް ނުލިބޭތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 1 މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންވާ ކަމަށް ކައުންސިލުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2026 | ބުދަ 08:59
ހދ.ނޮޅިވަރަންފަރު. އެރަށަށް މިހާރު ކަރަންޓު ދޫކޮށްފައިވަނީ ޓެސްޓަކަށް ކަމަށް ކައުންސިލުން ބުނޭ.

ހދ.ނޮޅިވަރަންފަރު. އެރަށަށް މިހާރު ކަރަންޓު ދޫކޮށްފައިވަނީ ޓެސްޓަކަށް ކަމަށް ކައުންސިލުން ބުނޭ. | ސޯޝަލްމީޑިއާ

ހދ. ނޮޅިވަރަންފަރުން އަންގާރަ ދުވަހު ކަރަންޓުގެ ކެނޑުނުއިރު، އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ނޮޅިވަރަންފަރުން ކަރަންޓު ކެނޑިގެން ދިޔައީ އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6:30 ހާއިރު އެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ބުދަ ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ކައުންސިލަށް ގުޅުމުން ބުނީ، ކަރަންޓުގެ ޚިދުމަތް ލިބުނީ އަންގާރަ ދުވަހުގެ ރޭ  މެންދަމު ގާތްގަނޑަކަށް 3:00 ހާއިރު ކަމަށެވެ.

ކަރަންޓު މިހާރު ޓެސްޓަށް ދޫކޮށްފައި އޮތީ. އިންޖީނެއް ނުގެނޭ. ދެން މިދިމާވި މައްސަލައަކީ ޕެނަލް ބޯޑެއްގައި ރޯވެފައި. 800 ކިލޯ ޖަނަރޭޓަރުގެ އެއްޗެއް އަނދައި ހަލާކުވެ ގޮސްފައި މިއޮތީ. ދެން އެއްޗެހި ގެނެސްގެން މީހުން ގެނެސްގެން މަސައްކަތް މިކުރީ. 
ނޮޅިވަރަންފަރު ކައުންސިލް 

ކައުންސިލުން ބުނީ، އަންގާރަ ދުވަހު ކަރަންޓު ކެނޑުމުން ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އެރި ކަމަށާއި، ރައްޔިތުން ދުވަސް ހޭދަ ކޮށްފައިވަނީ ވަރަށް ތަކުލީފުގައި ކަަމަށެވެ. އަދި މިހާރު ފެނަކައިން ކަރަންޓު ދޫކޮށްފައިވަނީ ޓެސްޓަކަށް ކަމަށާއި، ދާއިމީ ހެއްލެއް ހޯދުނުކަން އަދި ސާފުނުވާ ކަމަށް ކައުންސިލުން  ބުނެ އެވެ.

ނޮޅިވަރަންފަރުގެ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ ޑައިނަމޯ އަށް މައްސަލަ ދިމާވެ މުޅި ރަށުން ކަރަންޓު ކެނޑިފައިވާއިރު، މި ޖަނަރޭޓަރަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެރަށަށް ފޮނުވި ޖަނަރޭޓަރެކެވެ. 

ނޮޅިވަރަންފަރުގެ ފެނަކައިގައި 3 ޖަނަރޭޓަރެއް ހުރެ އެވެ. އެއީ މިހާރު މައްސަލަ ދިމާވެގެން އުޅޭ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ އިތުރުން 600 އަދި 400 ގެ ޖަނަރޭޓަރެކެވެ. ނަމަވެސް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. 

އެރަށުގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި، ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ، އާބާދީ އަށް އައިސްފައިވާ ބަދަލާއެކު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް ނޮޅިވަރަންފަރު ފެނަކައިގައި ބެކަޕް ޖަނަރޭޓަރެއް ނެތް ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާނަމަ ބޭނުންވަނީ 1 މެގަ ވޮޓްގެ 2 ޖަނަރޭޓަރު ކަމަށާއި، މިދިޔަ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެދިގެން އެކަމަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ނޮޅިވަރަންފަރުފެނަކައަބްދުﷲ ނަދީމްކަރަންޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

24 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި
24 ފެބުރުއަރީ 2026

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

24 ފެބުރުއަރީ 2026
ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!
23 ފެބުރުއަރީ 2026

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި
23 ފެބުރުއަރީ 2026

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ
20 ފެބުރުއަރީ 2026

ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި

20 ފެބުރުއަރީ 2026
ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި
19 ފެބުރުއަރީ 2026

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް
18 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

16 ފެބުރުއަރީ 2026

ކެންދޫއިން އެއްދުވަހެއްގައި 32 ފަހަރު ކަރަންޓު ކެނޑިފައިވޭ، މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ

16 ފެބުރުއަރީ 2026
ކެންދޫއިން އެއްދުވަހެއްގައި 32 ފަހަރު ކަރަންޓު ކެނޑިފައިވޭ، މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ
15 ފެބުރުއަރީ 2026

ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް