Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލަރުން ހުވާކުރުން

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މެއި 17 އަށް ހަމަވާތީ، އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އެ ދުވަހު ބޭއްވުމަށް އެލްޖީއޭ އިން ވަނީ ތާވަލުކޮށްފަ. މި ރަސްމިއްޔާތުގައި ކައުންސިލަރުން ހުވާކުރުމުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިގުރާރުގައި ސޮއިކުރުން ވެސް އޮންނާނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 14:21
އަތޮޅު ކައުންސިލްތައް އުވުމުން، މާލޭގައި ހުންނަ ލޯކަލް ގަވަމަންޓް މިނިސްޓްރީ އިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ވަނީ ނިންމާފައި

އަތޮޅު ކައުންސިލްތައް އުވުމުން، މާލޭގައި ހުންނަ ލޯކަލް ގަވަމަންޓް މިނިސްޓްރީ އިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ވަނީ ނިންމާފައި | އެލްޖީއޭ

ލޯކަލް ކައުންސިލް އިންތިޚާބުގައި އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުރާސްފަތި ދުވަހު ހާމަކޮށްފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލަރުންގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. މިހާރު މަގާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ މެއި މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެތީ، އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގެ އެޖެންޑާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، އެ ދުވަހުގެ ރަސްމިއްޔާތުގައި މައިގަނޑު ދެ ކަމެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އޮންނާނީ އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން ކަމަށާއި، އޭގެ ފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިގުރާރުގައި ސޮއިކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ވަގުތުތަކާ ގުޅޭގޮތުން އެލްޖީއޭ އިން ބުނީ، ރަސްމިއްޔާތު ބާއްވާނެ ސީދާ ގަޑިތައް ކަނޑައަޅާނީ ފަނޑިޔާރުންނާއި ކައުންސިލްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވާނީ އެ ރަށެއްގެ ނުވަތަ އެ ދާއިރާއެއްގެ ފަނޑިޔާރުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 681 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މެންބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ބަދަލުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީލޯކަލް ކައުންސިލް އިންތިޚާބު 2026ލާމަރުކަޒުކުރުންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

06 އެޕްރީލު 2026
މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު