Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެލްޖީއޭ ރައީސް

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރެއްވީ، އެ އޮތޯރިޓީގެ ޒިންމާތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން. ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑުގެ ރައީސްކަން ކުރައްވަންޖެހެނީ އެ އިދާރާގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރު.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 08:40
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސްގެ މަގާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު އައްޔަން ކުރައްވައިފި އެވެ.

މި ބަދަލު ގެންނަވާފައިވަނީ ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އުވާލައި، އެލްޖީއޭގެ ޒިންމާތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މީގެ ކުރިން އެލްޖީއޭގެ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވީ، އުވާލާފައިވާ ސިޓީސް މިނިސްޓްރީގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް ވަޒީރުކަމުގެ މަގާމުން އާދަމް ޝަރީފް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައިވާ ގޮތުން، އެލްޖީއޭގެ ބޯޑުގެ ރައީސްކަން ކުރައްވާނީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރެވެ. އަދި ގާނޫނުއަސާސީގެ 140 ވަނަ މާއްދާ އާއި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މި ވަޒީރެވެ.

އެލްޖީއޭގެ ބޯޑަކީ ރައީސް އާއި ސީއީއޯ ހިމެނޭ ގޮތަށް ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. ބޯޑުގެ ރައީސްގެ މައިގަނޑު ޒިންމާއަކީ ބޯޑު ބައްދަލުވުންތައް ބޭއްވުން ކަމަށްވާއިރު، އޮތޯރިޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހިންގުމަކީ ސީއީއޯގެ ޒިންމާއެކެވެ. މި ދެ މަގާމަށްވެސް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ އެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާގެ ބަދަލުގައި މިހާރު އެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލް އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ އުވާލި ނަމަވެސް، އެލްޖީއޭ އިން މީގެ ކުރިން ބުނެފައިވަނީ އެކަމުގެ ސަބަބުން ގާނޫނީ އެއްވެސް ހުސްކަމެއް ނާންނާނެ ކަމަށެވެ. މީގެ ކުރީގެ ސަރުކާރު ތަކުގައި އެލްޖީއޭގެ ރައީސްކަން އާންމުކޮށް ކުރައްވަނީ ހޯމް މިނިސްޓަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކައުންސިލްތަކުގެ ކަންކަން ބެލެހެއްޓުމަށް ވަކި ވުޒާރާއެއް އުފައްދައި، ފަހުން އެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީމޫސާ ޒަމީރުއާދަމް ޝަރީފު އުމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރޭ: ސުއޫދު

16 އެޕްރީލު 2026
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު