Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލު

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް މުޒާހަރާކުރި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެންއައިސީން ވަނީ ބަލަން ފަށާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 13:40
ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން: ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ވަނީ ބަލަން ފަށާފަ

ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން: ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ވަނީ ބަލަން ފަށާފަ

ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރި ދުވަހު، ނޫސްވެރިން މަޖިލިސް އިދާރާ ކުރިމަތީ ކުރި އިހްތިޖާޖުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަން ފަށައިފި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ދައުރުން ބޭރުން މީޑިއާ ކޮންޓްރޯލް ބިލު ފާސް ކުރަން ބޭއްވި ޖަލްސާއާ ދިމާކޮށް ނޫސްވެރިންނާއި އާންމުން މުޒާހަރާ ކުރި އެވެ. އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ދީ، ނޫސްވެރިން މުޒަހަރާ ކަވަރު ކުރުމަށް ވެސް ހުރަސް އަޅައިފަ އެވެ.

Advertisement - newsAdvertisement

މިކަން ހިނގިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން، އެންއައިސީން އަންގާރަ ދުވަހު ވަނީ އެކްސްގައި ޕޯސްޓެއްކޮށް، މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބެލުމަށް ކޮމިޝަނުން ނިންމާފައިވެ އެވެ
އެންއައިސީ

އެ ޕޯސްޓުގައި ހަވަލާދީފައިވާ މާއްދާގައި ބުނަނީ ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތުގައި އެ މައްސަލަ ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާ ނަމަ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

އެންއައިސީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބަލަން ފަށާފައިވާއިރު، ފުލުހުން ވަނީ އެ ދުވަހު އިހުތިޖާޖު ރޫޅާލި ގޮތް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ފުލުހުން ބުނި ގޮތުގައި، އިހްތިޖާޖު ރޫޅާލުމުގައި ބޭނުންކޮށްފައި ވަނީ އެންމެ ކޫޑަ ބާރު ކަމަށެވެ.

ފުލުހުން އެހެން ބުނި ނަމަވެސް ބައެއް ފުލުހުން އެ ދުވަހު އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އެ ތަނުގައި ހަރަކާތްތެރިވި ނޫސްވެރިން ބުނެ އެވެ.

މުޒަހަރާ ތެރެއިން ބިޑި އަޅުވައިގެން ދެ މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކީ ނޫސްވެރިޔާ ލީވާން އަލީ ނަސީރެވެ. ފުލުހުން ލީވާން ހައްޔަރު ކުރި ވަގުތު އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީޑިއާ ކޮންޓްރޯލް ބިލުމަޖިލީސްނޫސްވެރިންދިވެހި ފުލުހުންއެންއައިސީއިހުތިޖާޖު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު