Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންސްޕާ ކޮރަޕްޝަން

އެންސްޕާ ކޮރަޕްޝަންގެ ތުހުމަތުގައި އޭސީސީން އަމަލުކުރި ގޮތުން ފެންނަން އޮތީ ވަކި މީހަކު ސަލާމަތްކުރަން އުޅެފައިވާކަން: މާޒް ސަލީމް

އެންސްޕާގެ ބަޖެޓުން އެމްއެމްޓީވީ އުފެއްދި ކަމަށް ބުނާ މައްސަލައިގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމީ ވަކި ބަޔަކު ސަލާމަތްކުރުމަށް ކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތުން ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުމަށް ފަހު، އޭސީސީގެ ނިންމުން ކުއްލިއަކަށް ބަދަލުކޮށްފައިވާތީ އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ވަނީ ސުވާލު އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 09:07
ގޯތި ފުލެޓް މައްސަލައިގައި މާޒް ސަލީމްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ރާއްޖެއެމްވީއަށް އިންޓަރވިއު ދެއްވަނީ - 10 އެޕްރީލް 2025

ގޯތި ފުލެޓް މައްސަލައިގައި މާޒް ސަލީމްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ރާއްޖެއެމްވީއަށް އިންޓަރވިއު ދެއްވަނީ - 10 އެޕްރީލް 2025 | ރާއްޖެއެމްވީ

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް އޭސީސީން ނިންމާފައިވާއިރު، އެ މައްސަލައިގައި ކޮމިޝަނުން އަމަލުކުރި ގޮތުން ފެންނަން އޮތީ ވަކި މީހަކު ސަލާމަތްކުރަން އުޅެފައިވާ މަންޒަރުކަމަށް މައްސަލަ ހުށަހެޅުއްވި މާޒް ސަލީމް ވިދާޅުވެއްޖެއެވެ.

އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ރާއްޖެއެމްވީން އޭސީސީއާ ސުވާލު ކުރުމުން އެ ކޮމިޝަނުން ފުރަތަމަ ބުނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ވާހަކަ ހަބަރުގައި ޖަހައި ޕަބްލިޝް ކުރިފަހުން އޭސީސީއިން ވަނީ އެ މައްސަލަ މި މަހުގެ 9 ވަނަ ދުވަހު ބަލައި ނިމިފައިވާ ކަމަށް ބުނެ ކޮމިޝަނުގެ ސްޓޭންޑް ބަދަލުކޮށްފަ އެވެ.  

Advertisement - newsAdvertisement

އޭސީސީ އިން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުމަށް ފަހު ކުއްލިއަކަށް ސްޓޭންޑް ބަދަލުކުރި ސަބަބެއް ސާފެއް ނޫނެވެ.

ކޮންމެއަކަސް މައްސަލަ ތަހުގީގުކޮށް ނިމިފައިވާކަމަށް އޭސީސީން ބުނެފައިވާތީ އެ މައްސަލަ ނިމުނީ ކިހިނެއްތޯ ރާއްޖެއެމްވީން އަނެއްކާވެސް ވާނީ އޭސީސީއާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އޭސީސީން ބުނީ، ކޮމިޝަނުން މައުލޫމާތު ހާމަކުރާނީ ހަމައެކަނި ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ކަމަށާއި، އެނޫން މައްސަލަތަކުގައި ނިންމާ ގޮތެއް އަންގާނީ ހަމައެކަނި މައްސަލަ ހުށަހެޅި ފަރާތަށް ކަމަށެވެ.

އަދި ހަމަ އެ ދުވަހު އޭސީސީން ވަނީ މައްސަލަ ނިމިފައިވާކަން މާޒް ސަލީމަށް މެސެޖަކުން އަންގައި، އީމެއިލްގެ ޒަރިއްޔާއިންވެސް އެކަން އަންގާފައެވެ.

އޭސީސީން މާޒް ސަލީމަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެ މައްސަލައިގައި ކޮރަޕްޝަނެއް ނުހިމެނޭ ކަމަށެވެ. އަދި އެކަމުގެ ތަފްސީލު ވަނީ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.

އެ އީމެއިލްގައި ވާ ގޮތުން މި މައްސަލައިގައި ކޮރަޕްޝަންގެ ކުށެއްގެ ތަހުގީގަށް ސާބިތުވާ މިންވަރަށް ހެއްކާއި، ޤަރީނާ ހުށަހެޅިފައެއް ނުވެއެވެ. އެހެންވެ ކޮމިޝަނުން ވަނީ މިއީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާޒް ވިދާޅުވީ، މައްސަލައިގައި ބަޔާންކޮށްފައިވާނީވެސް  މއ.ސީރާޒް/މާލެ އެގޭގެ 4 ފަންގިފިލާއެއް ކުއްޔަށް ހިފާ އަދި ކުއްޔަށްދީ ހަދާފައިވަނީ ހއ. ވަށަފަރަށް ނިސްބަތްވާ ޢަބުދުﷲ ޒާހިރު ނަމަކަށް ކިޔާ މީހަކާ ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ އާއި ދެމެދުގައި ކަމަށާއި، ޒާހިރަކީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތު ބަލަހައްޓާ އަދި ރައީސް މުއިއްޒުގެ މަސްލަޙަތު އޮތް ޢާއިލީ ގުޅުން އޮންނަ މީހެއް ކަމަށެވެ.

އަދި އެމް.އެމް.ޓީވީ އަކީ، ޢަބުދުﷲ ޒާހިރު ގެ ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް ގެ ދަށުން ހިންގުމަށް އުފައްދައި އަދި ހިންގަމުން ގެންދާ ޓީވީ ޗެނެލެއް ކަމަށާއި، މި މުޢާމަލާތް ހިންގުމަށް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނި އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ގުޅިގެން ޕުލޭން ކުރެވިގެން، މއ. ސީރާޒީ ގޭގައި ހުރި ސައިޒުގެ ފުލޯތަކެއް ކުއްޔަށް ހިފުމަށް އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ދެމެދުގައި އެއްބަސްވުން ހެދުމަށް ފަހު، އެންސުޕާ އަށް ދީފާއިވާ ދައުލަތުގެ ފަންޑުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށް ލައްކަ) ދިވެހި ރުފިޔާ ގެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ވީއިރު އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި އޭސީސީން މި މައްސަލައިގައި ކަން ކޮށްފައި ވަނީ ހަމައެކަނި ރައީސަށް އެއްޗެއް ވިދާޅުވެވުމުން އެ ވިދާޅުވި ބަސްފުޅު ތެދުކަމަށް ދެއްކުމުގެ ނިޔަތުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެންސްޕާކޮރަޕްޝަންގެ މައްސަލައޭސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!

22 އެޕްރީލު 2026
އޭސީސީން ޒިންމާ އަދާނުކުރާތީ، ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ

އޭސީސީން ޒިންމާ އަދާނުކުރާތީ، ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ

12 އެޕްރީލު 2026
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން!

ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭ ހޮޓްލައިން ނަންބަރުން ފޯނު ނުނަގާ ކަމުގެ ކަންބޮޑުވުން!

11 އެޕްރީލު 2026
އިންތިޚާބާ ކައިރިކޮށް ކޮރަޕްޝަން ހިންގުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް، ތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންނެއް ނޫން: ޑރ ދީދީ

އިންތިޚާބާ ކައިރިކޮށް ކޮރަޕްޝަން ހިންގުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް، ތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންނެއް ނޫން: ޑރ ދީދީ

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު