Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ ޒިންމާ

އޭސީސީން ޒިންމާ އަދާނުކުރާތީ، ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ

12 އެޕްރީލު 2026 | އާދީއްތަ 06:58

ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ކުރާ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އެދިއްޖެ. އެ ޕާޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮރަޕްޝަން ހިންގާ ފަރާތްތަކާމެދު ތަފާތުކުރުމެއްނެތި ފިޔަވަޅު އެޅުމާއި ދައުލަތުގެ ނިޒާމުތައް ހަރުދަނާކުރުމުގައި ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2026 | އާދީއްތަ 06:58
މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ | ރާއްޖެއެމްވީ

ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަށީގެންވާ މިންވަރާ ގާތަށްވެސް މަސައްކަތް ކޮށްފައިނުވާކަމަށް ބުނެ، އޭސީސީގެ މެމްބަރުންނާ ބައްދަލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެއެވެ.

އެމްޑީޕީން އެގޮތަށް އެދިފައިވަނީ ޕާލިމެންޓްރީ ގްރޫޕުގެ ސެކެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން މެމްބަރު މުޙައްމަދު އިބްރާހިމް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލަށް  އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީއެއްގައެވެ.

Advertisement - newsAdvertisement

ސިޓީގައި މެމްބަރު ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށް ހެދުމަކީ ޤާނޫނުއަސާސީން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަސައްވުރުކުރި ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ ތަނުގައި އެކަށޭނަ މިންވަރާއި ގާތަށްވެސް އެ މަސައްކަތް ކުރެވިފައި ނުވުމަކީ އެމްޑީޕީން ނުހަނު ހިތާމަ ކުރާ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ އަމާޒުތަކަށް ވާސިލުވުމުގައި މަސައްކަތް ކުރެވިފައި ނެތުމާއި، ހާއްސަގޮތެއްގައި ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކާމެދު ތަފާތު ކުރުމެއްނެތި ފިޔަވަޅު އެޅިފައި ނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިނުވާނެ ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާކުރުމުގައިވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވުމަކީވެސް ހިތާމަ ކުރައްވާ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން މި ކަންކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާރލިމެންޓަރީ ގްރޫޕުން މަޝްވަރާކުރުމަށް ބޭނުންވާތީ، އޭސީސީގެ މެންބަރުންނާއެކު ބައްދަލުވުމެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވުމަށް ސިޓީގައި ވަނީ އެދިފައެވެ.

އޭސީސީމުޙައްމަދު އިބްރާހީމް (ކުޑޫ)އެމްޑީޕީ-އޭސީސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!

12 އެޕްރީލު 2026
ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!
08 އެޕްރީލު 2026

މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

08 އެޕްރީލު 2026
މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ
07 އެޕްރީލު 2026

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް
04 އެޕްރީލު 2026

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް
03 އެޕްރީލު 2026

މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް

03 އެޕްރީލު 2026
މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް
02 އެޕްރީލު 2026

ކޭޕާކް ފެލްޓްތައް ގަތީ ދިވެހިން ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭ، ކޭޕާކް ފެލެޓްތަކުގެ އޮޑިޓެއް ހަދަން ޖެހޭ: ކޭޕާކް ޔޫނިއަން

02 އެޕްރީލު 2026
ކޭޕާކް ފެލްޓްތައް ގަތީ ދިވެހިން ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭ، ކޭޕާކް ފެލެޓްތަކުގެ އޮޑިޓެއް ހަދަން ޖެހޭ: ކޭޕާކް ޔޫނިއަން
02 އެޕްރީލު 2026

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު
24 މާރިޗު 2026

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!
22 މާރިޗު 2026

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި
22 މާރިޗު 2026

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް