Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ

ވައްކަން ތަކުގެ ހަގީގަތް އެނގޭނެކަމަށް ލީކުވި އޮޑިއޯ ގައި ބުނާ ސްޓެލްކޯ ގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު މަގާމުން ވަކިކޮށްފި

ސްޓެލްކޯ ގެ އެމްޑީ ޝަމާހު ވަކިކުރިތާ ގަޑިއިރުތަކެއް ފަހުން ޕްރޮކިއުމަންޓް ހެޑް އަޒްހަދު ރަމީޒް ވެސް މަގާމުން ވަކިކޮށްފި. ސޯޝަލް މީޑިއާގައި ލީކުވި އޯޑިއޯ އެއްގައި ޝަމާހު ކުންފުނީގެ އެތެރޭގައި ހިންގާ ޚިޔާނާތް އެނގޭނީ އަޒްހަދަށް ކަމަށް ބުނެފައިވޭ. ޝަމާހު ވަކިކުރި ސަބަބު ސަރުކާރުން އަދި ސްޓެލްކޯ އިން ހާމައެއް ނުކުރޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 17:49
ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް ގެ މަގާމުން ވަކިކުރި އަޒްހަދު ރަމީޒް

ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް ގެ މަގާމުން ވަކިކުރި އަޒްހަދު ރަމީޒް | ސޯޝަލް މީޑިއާ

ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު އާދީއްތަ ދުވަހު މަގާމުން ވަކިކުރިތާ ގަޑިއިރުތަކެއް ފަހުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް އަޒްހަދު ރަމީޒް ވެސް މަގާމުން ވަކިކޮށްފި އެވެ.

ޝަމާހު މަގާމުން ވަކިކޮށްފައި ވަނިކޮށް ސޯޝަލް މީޑިއާ ގައި، އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯ އެއް ވަނީ ލީކުވެފަ އެވެ. ލީކުވެފައިވާ އޯޑިއޯގައި ކުންފުނީގެ އެތެރޭގައި ހިންގާ ޚިޔާނާތުގެ ހަގީގަތް އެނގޭނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ޝަމާހު ބުނެފައިވެ އެވެ. އޯޑިއޯގައި ޝަމާހު ބުނާ އަޑު އިވެނީ އޭނާ ކުރާ ކަންތައްތައް އެތަނުގެ މީހުންނަކަށް ނޭނގޭނެ ކަމަށާއި އެންމެ ކައިރީގައި ހުންނަ މީހާއަށް ވެސް އޮޅުވާލާފައި ވާނެ ކަމަށެވެ.

އެއްވެސް މީހަކަށް ދޮންކަޅު ވެސް ނޭނގޭނެ ދޯ އޭ އެހެން މީހަކު ބުނުމުން ޝަމާހު ބުނަނީ އަޒްހަދަށް އެނގޭނެ ކަމަށެވެ. އޯޑިއޯ ގައި އެ ބުނާ އަޒްހަދު ޕްރޮކިއުމަންޓް ހެޑްގެ މަގާމުން ދުރުކޮށްފައިވާއިރު، އޭނާ އަދި ސްޓެލްކޯ އިން ވަކި ނުކުރާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖެ އެމްވީ އަސް މައުލޫމާތު ލިބުނު ގޮތުގައި އަޒްހަދު އެ މަގާމުން ދުރުކޮށްފައި މިވަނީ ސްޓެލްކޯ ގެ އެމްޑީ ގެ މަގާމުން ވަކިކުރި ޝަމާހަށް ފަހު، ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވާރާ ހަވާލުކޮށްފައި ވަނިކޮށެވެ. އަޒްހަދުގެ ބަދަލުގައި ސްޓެލްކޯ ގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިން އާއި އެވެ.

އަޒްހަދު ސްޓެލްކޯއާ ގުޅުނީ މީގެ 10 އަހަރު ކުރިން 2015 ވަނަ އަހަރުގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު ޕްރޮކިއުމަންޓް އޮފިސަރެއްގެ ގޮތުގައި ހުރި އަޒްހަދު، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމަށް ހަމަޖެއްސީ ސްޓެލްކޯ ގެ އެމްޑީ ކަމުގެ މަގާމުގައި ފަހުމީ ހުންނެވި އިރު އެވެ.

ސްޓެލްކޯ ގެ އެމްޑީ މަގާމުން ޝަމާހު ވަކިކުރި ސަބަބެއް ސަރުކާރުން އަދި ޕްރިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވެސް  ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ޕްރޮކިއުމަންޓް ހެޑް އަޒްހަދު ވަކިކުރި ސަބަބު ސްޓެލްކޯ އިން ވެސް ހާމަ އެއް ނުކުރެ އެވެ. 

ސްޓެލްކޯއަހްމަދު ޝަމާހު ރަޝީދުއަޒްހަދު ރަމީޒްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި ޝަމާހު ގެ އޯޑިއޯ އެއް ލީކު ވެއްޖެ، ބުނަނީ ސްޓެލްކޯ ގައި މިކުރާ ކަންތައް އެމީހުންނަށް އެނގޭ ނަމަ ނޯށުން ރޯނެ ކަމަށް!

ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި ޝަމާހު ގެ އޯޑިއޯ އެއް ލީކު ވެއްޖެ، ބުނަނީ ސްޓެލްކޯ ގައި މިކުރާ ކަންތައް އެމީހުންނަށް އެނގޭ ނަމަ ނޯށުން ރޯނެ ކަމަށް!

11 ޖެނުއަރީ 2026
ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

11 ޖެނުއަރީ 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ދަށްވެ، ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް!

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ދަށްވެ، ކުންފުނިތަކުގެ ޖުމްލަ ދަރަނި 55.8 ބިލިއަނަށް!

22 ޑިސެމްބަރު 2025
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު