Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

އިންތިޚާބާ ގުޅިގެން ސަރުކާރު ބަންދުކުރި ދެ ދުވަހު އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް މެދުކަނޑާލި ނަމަވެސް، އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ. ބަންދު ދުވަސްތަކުގައި ސިއްހީ ޚިދުމަތް ހޯދުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާއިރު، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލީ ނަތީޖާ ނުފެންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 5 އެޕްރީލު 2026 | އާދީއްތަ 08:54
އައިޖީއެމްއެޗްގެ ޚިދުމަތުގެ ފެންވަރު ދަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުން.

އައިޖީއެމްއެޗްގެ ޚިދުމަތުގެ ފެންވަރު ދަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުން. | ރާއްޖެއެމްވީ

ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި އެވެ. 

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ. 

Advertisement - newsAdvertisement

ސަރުކާރު ބަންދު ކުރުމާއި ގުޅިގެން އައިޖީއެމްއެޗުން ބުނީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާ މި ދެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. 

އެ ޚިދުމަތްތައް ނުލިބުނު ނަމަވެސް މި ދެދުވަހު އައިޕީޑީ އަދި އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެ ކަަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ސަރުކާރު ބަންދުކުރާ ދުވަސްތަކުގައި ހޮސްޕިޓަލްތަކުން ޚިދުމަތް ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެއްވެސް ސަރުކާރެއްގައި މިހާތަނަށް މިމައްސަލައަށް ހައްލެއް ހޯދައިދީފައިނުވާއިރު، ހަފްތާ ބަންދު ދުވަސްތައް ކަމުގައިވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޚިދުމަތް ބޭނުންވާ ކަމަށް ބުނެ ގިނަ ރައްޔިތުން އެކަމުގެ ޝަކުވާ ކުރެ އެވެ. މީގެ އިތުރުން ހުކުރު ދުވަސްތަކުގައި ސަރުކާރު ހޮސްޕިޓަލުގެ އިތުރުން އަމިއްލަ ޚިދުމަތް ދޭ ކްލިނިކަކުން ވެސް އެންމެ އާދައިގެ ލޭގެ ޓެސްޓެއް ވެސް ނުހެދެ އެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ސިއްހީ ޚިދުމަތް އިތުރު ހަރުފަތަކަށް ގެންދާނެކަމުގެ ވައުދުފުޅާ އެކު އެވެ. މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކުރިއަށް ވުރެ މިހާރު ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވެ، އިހުމާލުން މީހުންގެ ފުރާނަ ގެއްލި، ބޭހުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. 

އައިޖީއެމްއެޗްދަރުމަވަންތަ ހޮސްޕިޓަލްވިލިމާލޭ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް!

03 އެޕްރީލު 2026
އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް!
28 މާރިޗު 2026

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމުގެ ތުހުމަތާއި އެކު ވެސް އިދާރާތައް ބަޔާން ނެރުމަށް ފަހު ގަދަ ނިދީގައި؟

28 މާރިޗު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމުގެ ތުހުމަތާއި އެކު ވެސް އިދާރާތައް ބަޔާން ނެރުމަށް ފަހު ގަދަ ނިދީގައި؟
27 މާރިޗު 2026

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

27 މާރިޗު 2026
ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
22 މާރިޗު 2026

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

22 މާރިޗު 2026
އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު