Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުން

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމުގެ ތުހުމަތާއި އެކު ވެސް އިދާރާތައް ބަޔާން ނެރުމަށް ފަހު ގަދަ ނިދީގައި؟

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން ހަ އަހަރުގެ އަޒާން ނިޔާވުމުގައި ސިއްހީ ފަރުވާ ލަސްވި މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލަން ފަށައިފި. މި ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އާއި އޮމްބަޑްސްޕާސަން އޮފީހުން ތަހުގީގުތައް ފަށާފައިވާއިރު، ކުއްޖާގެ ހާލަތު ގޯސްވުމުގެ ކުރިން ބޭނުންވި ފީޑިން ޓިއުބް ހޯދުމަށް އާއިލާއިން ކުރި މަސައްކަތަށް ދައުލަތުގެ އިދާރާތަކުން އިޖާބަދީފައި ވަނީ މާ ލަހުންކަން ވަނީ ހާމަވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 28 މާރިޗު 2026 | ހޮނިހިރު 14:56
އެޗްއާރްސީއެމްގެ ބިލްޑިން ބޭރުން ނަގާފައިވާ ފޮޓޯ އެއް

އެޗްއާރްސީއެމްގެ ބިލްޑިން ބޭރުން ނަގާފައިވާ ފޮޓޯ އެއް | ސޯޝަލް މީޑިއާ

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކަށް ފުރިހަމަ ފަރުވާ ނުދެވި އުޅެނިކޮށް ނިޔާވުމުން އެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާތަކުން މި ވަނީ ބުނެފަ އެވެ. މ. ޗީޒް، އިބްރާހިމް އަޒާން ސުހައިލް ބުދަ ދުވަހު ނިޔާވުން ވެގެން ދިޔައީ ނިދާފައި ތިބި މުއައްސަސާތަކުގެ ކަންފަތް މަތީގައި ޖެހި ވަރުގަދަ އެތިފަހަރަކަށެވެ.

މިއީ ބޮއްސުން ލާފައި އޮތް ސިއްހީ ނިޒާމްގެ މަލަމަތި ފެންނަ އެންމެ ހާދިސާ އެކެވެ. މިއީ ކަންކަން ރަނގަޅުކުރަން އިދާރާތަކަށް ލިބުނު ފުރުސަތެކެވެ. މިއީ ކަންކަމަށް ޖަވާބުދާރީކުރުވަން ބާރު އަޅަން ލިބުނު ފުރުސަތެއް ވެސް މެ އެވެ. އެކަމަކު ކަން ހިނގީ ކިހިނަކުންތޯ އެވެ؟ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބުންޏެވެ. ސިއްހީ ވުޒާރާ އިން ވެސް ކީ ހަމަ އެ ލަވަ އެވެ.

އެޗްއާރްސީއެމް އިން ނެރުނު ބާޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނުން ކުރާ ތަހުގީގު ބަލާނީ އެ ކުއްޖާއަށް ލަސް ނުވެ ފަރުވާދީފައިވޭތޯ ކަމަށެވެ. އަދި ދިރިހުރުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ލިބޭތޯ ބަލާނެ ކަމަށް އެ ބަޔާނުގެ ދެލިގަނޑުގައި ވަނީ ލިޔެފަ އެވެ. ހަމައެހެންމެ ކުޑަކުދިންނަށް ހާއްސަ އެހީީތެރިކަން ލިބިދޭ ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ލިބިފައިވޭތޯ ބަލާނެ ކަމުގެ ވާހަކަ ވެސް މި ވެރިން ދެއްކި އެވެ.

ހަމަ އެހެންމެ އެ ކުއްޖާ ނިޔާވި މައްސަލަ ބަލާނެ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ހާމަކުރި އެވެ. އެކަމަކު  އެ ކޮމިޝަނުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލައެއް ކަން ބުނެދޭން ވެސް އެ އޮފީހުން ބޭނުމެއް ނުވި އެވެ. އަމާ ބުނީތީ ފަރަށްދާ އުސޫލުން ބަޔާނެއް ނެރުނީމަ ކަންކަން ފުރިހަމަ ވީ ކަމަށް ބަލާ ނަމަ އެ އޮފީހުގެ ޒިންމާ އެއޮތީ ރަނުން ރަނަށް ފުއްދާފަ އެވެ.

އަޒާން ނިޔާވުމުގެ ކުރިން އޭނާއަށް ބޭނުންވާ ފީޑިން ޓިއުބެއް ނުލިބިގެން އޭނާގެ މަންމަ ސޯޝަލް މީޑިއާގައި އެ ވާހަކަ ހާމަކުރި އިރު އެ މުއައްސަސާތަކަށް އެކަން ރޭކާ ނުލާނީ ކިހާ ޕްރޯ އެކްޓިވްކޮށް މަސައްކަތް ކުރެވޭތީތާ އޭ ހިތަށްއަރަ އެވެ. ދަރިފުޅުގެ ހައްގުގައި މީސްމީޑިއާގައި 9 ދުވަސް ވަންދެން ވަކާލާތު ކުރި އިރު އެ ވާހަކަ އަޑު އިވުނު ބައެއް ނެތެވެ. އެ މަންމަގެ އާދޭސް އަޑުއެހި އިދާރާ އެއްވެސް ނެތެވެ. 

8 މަސް ދުވަސް ވަންދެން ހޮޅިކޮޅެއް ނުލިބިގެން ދަރިފުޅުގެ ހައްގުގައި ކުރި މަސައްކަތަށް އެސްޓީއޯ އަކަށް ވެސް، ސިއްހީ ވުޒާރާ އަކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ކޮށްދެވުނު ކަމެއް ނެތެވެ. މުއައްސަސާތަކުން ކަޅާއި ހުދުގެ ބަޔާނެއް ނެރުމަށް ފަހު އެތިބީ ފަރުޖައްސާލައިގެންނެވެ. މިއީ އާއްމު ރައްޔިތު މީހާ އަށް ހައްގު މިންވަރުތޯ ސުވާލު އުފެދެ އެވެ.

އިބްރާހިމް އަޒާން ސުހައިލްސެރެބްރަލް ޕަލްސީއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްއޮމްބަޑްސްޕާސަން އޮފީސްއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

27 މާރިޗު 2026

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

27 މާރިޗު 2026
ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
22 މާރިޗު 2026

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

22 މާރިޗު 2026
އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
13 މާރިޗު 2026

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން

13 މާރިޗު 2026
ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު