Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަވްޝާދުގެ މަރުގެ މައްސަލަ

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

މާލެ ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި އަޙްމަދު ނަވްޝާދުގެ މަރުގެ މައުލޫމާތު ފުލުހުން ހިއްސާނުކުރާތީ އާއިލާއިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. އާއިލާއިން ބުނާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، ފުލުހުންގެ ފޮރެންސިކް ޓީމު އައުން ލަސްވުމުގެ ސަބަބުން މޫނު ދެއްކުމާއި މައުލޫމާތު ދިނުމުގައި ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި. ނަވްޝާދަކީ ފިޓުޖެހޭ މީހެއްކަން ފުލުހުންނަށް އެނގޭނެ ކަމަށް ވެސް އާއިލާއިން ބުނޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 17:32
ނަވްޝާދު މަރުވި ހަބަރު އާއިލާއަށް ދިނުން ލަސްވުމާއި، ފުލުހުންގެ ޖަވާބެއް ނުލިބޭކަމުގެ ޝަކުވާ އާއިލާއިން ވަނީ ކޮށްފައި.

ނަވްޝާދު މަރުވި ހަބަރު އާއިލާއަށް ދިނުން ލަސްވުމާއި، ފުލުހުންގެ ޖަވާބެއް ނުލިބޭކަމުގެ ޝަކުވާ އާއިލާއިން ވަނީ ކޮށްފައި. | ރާއްޖެއެމްވީ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު ހަވީރު މަރުވި މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) ގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން ކަމަށާއި، އަދިވެސް ފުލުހުން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއާއި ހިއްސާ ނުކުރާ ކަމަށް އެ އާއިލާއިން ބުނެފި އެވެ. 

ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި ނަވްޝާދުގެ އާއިލާގެ މެންބަރަކު ބުނީ މަރުގެ ހަބަރު ލިބިގެން އައިޖީއެމްއެޗްއަށް ދިޔަ ކަމަށާއި، އެއިރު ވެސް ފުލުހުންގެ ފޮރެންސިކް ޓީމުން ހޮސްޕިޓަލަށް ނާންނަ ކަމަށެވެ. ނަވްޝާދު ނިޔާވީ 6 ޖެހިކަންހާއިރު އެވެ. އާއިލާއިން ބުނީ ފޮރެންސިކް އިން ހޮސްޕިޓަލަށް ދިޔައީ 8:30 ވެފައި ހުއްޓާ ކަމަށާއި، އާއިލާއަށް މޫނުވެސް ނުދައްކާ ކަމަށާއި، ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. 

އާއިލާއިން ވާހަކަދެއްކި މީހާ  ބުނީ ހޮސްޕިޓަލަށް ފޮރެންސިކް އިން އައީ ނަވްޝާދު ހުރި ގޮޅި ބެލުމަށްފަހުގައި ކަމަށާއި، އައިޖީއެމްއެޗްފައި ނަވްޝާދުގެ މަރު ސާބިތު ކުރި ޑޮކްޓަރު ވެސް ފޮރެންސިކް ޓީމުން ނައިސްގެން ލަސްވެގެން އުޅުނު ކަމަށެވެ. 

އަޅުގަނޑު މިއާ ހާލީ އަނެއް އެއީ ކޮން އިރަކުހެއްޔޭ ތިބޭފުޅުންނަށް އިންފޯމްކުރީ. ބުނީމަ ބުނި ޕްރޮސީޖަރއެއްގެ ދަށުންނޭ އަޅުގަނޑުމެންނަށް ގަޑި ބުނެވޭނީ. އެހެންވީމަ އަޅުގަނޑު މި ބުނީ އޯކޭ ޕްރޮސީޖަރ ފޮލޯކޮށްލާނަމޭ. ގަޑި ހޯދަން ކޮން ޕްރޮސީޖަރއެއްހޭ ފޮލޯކުރަން ޖެހޭނީ، ބުނީމަ އަދިވެސް އެއަށް ޖަވާބެއް އަޅުގަނޑަކަށް ނުއެއް ލިބޭ. ދެން ދެންމެ ސާމީހު ވިދާޅުވީ އިރުކޮޅެއްތެރޭ ޖަވާބުދޭނަމޭ. އެހެންވެ އަޅުގަނޑު މި އިންތިޒާރުކުރަނީ އިރުކޮޅެއްތެރޭގައި އެދޭ ޖަވާބަށް. މިތާނގެ ޑޮކްޓަރުން އަޅުގަނޑަށް ދިން މަޢުލޫމާތުގައި 5:40 ގައި ޕޭޝަންޓް ހޮސްޕިޓަލަށް މި ގެނައީ. އެއީ ގޮޅިން ޕޮލިހުންގެ. ދެން މި ތަނަށް ގެނެއްސަ އަނެއް ޑޮކްޓަރުން މި ބުނީ އަނެއް ނިޔާވެފައޭ ގެނައިރުވެސް އޮތީ. ދެން އަޅުގަނޑުމެން ސީޕީއާ ދިނީއޭ. ދީފަ 6:00 ގައި ޑެތް ޑިކްލަޔަރކޮށްފީމޭ. ދެން މި ވެއިޓް ކުރަނީ އޭރުއްސުރެ ފޮރެންސިކްސް އަންނަންދެން. ފޮރެންސިކްސް އައީ 8:27 ގައި މި ތަނަށް. އެއީ ފޮރެންސިކްސް ގޮސްފަ ގޮޅި ނިންމާފައި އޮތް މި ތަނަށް މިއައީ މިހާރު ޕޭޝަންޓްސްގެ ހާލެއް ނެތް. އާއިލާއަށް މޫނެއް ނުދައްކާ. 
އާއިލާގެ މެންބަރެއް

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ނަވްޝާދު އަކީ ފިޓް ޖެހޭ މީހެއް ކަމަށެވެ. އަދި އެކަން ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ފުލުހުންގެ އަތުގައި ހުރި މައުލޫމާތުގައި އެވާހަކަ އިންނާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ހައްޔަރުކޮށް ސިއްހީ ހާލަތު ހުރިގޮތުން ނުބެލޭނެ ކަމަށް ބުނެ ފުލުހުން ނަވްޝާދު ދޫކޮށްލި ކަމަށެވެ. އޭނާ ބުނީ ނިޔާވި ސަބަބެއް އަދިވެސް އާއިލާއަށް ނާންގާ ކަމަށެވެ. އަދި ނިޔާވީ ފިޓްޖެހިގެން ކަމަށް ބުނަން އާއިލާއަށް ވެސް ނޭނގޭ ކަމަށާއި، ޑޮކްޓަރުން ވެސް ބުނެފައިވަނީ މަރުވި ސަބަބެއް ދެނެގަނެވިފައި ނުވާ ކަމަށެވެ. 

އަދި ނަވްޝާދު އަކީ ފިޓްޖެހޭ މީހެއް ކަން ޑޮކްޓަރުންނަށް ކިޔައިދޭންޖެހުނީ ވެސް އާއިލާއިން ކަމަށާއި، އޭގެ ފަހުން މަރުވި ސަބަބު ދެނެގަންނަން އަނެއްކާވެސް ޑޮކްޓަރުން މަސައްކަތް ކުރި ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ. 

ރާއްޖެއެމްވީއަށް އާއިލާގެ މީހާ މައުލޫމާތު ދިނީ 9:18 ގަ އެވެ. އެއިރު ވެސް ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް އާއިލައިން ބުނެފައިވެ އެވެ. 

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން 2026 އޭޕްރީލް 15 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.  މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އޭނާ ބުނީ އާއިލާއަށް ނަވްޝާދުގެ މަރުގެ ހަބަރު ލިބުނީ ނޫހުން ކަމަށެވެ. އަދި އާއިލާއަށް އެ މައުލޫމާތު ފުލުހުން ދިނީ އާއިލާއިން ހޮސްޕިޓަލަށް ދިޔަ ފަހުން 6:40 ހާއިރު އެވެ. ފުލުހުން މީޑިއާތަކަށް އެ މައުލޫމާތު ދިނީ 6:21 ގަ އެވެ. 

އަޙްމަދު ނަވްޝާދުމާލޭ ކަސްޓޯޑިއަލްއައިޖީއެމްއެޗްހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއެންއައިސީމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ

15 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު