Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026 | އާދީއްތަ 08:36

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 39 އަހަރުގެ ބިދޭސީއެއްގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސިރިއަސް ކަމަށް އޮފިޝަލް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 އެޕްރީލު 2026 | އާދީއްތަ 08:36
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ 39 އަހަރުގެ ބިދޭސީ ފިރިހެނަކަށް.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ 39 އަހަރުގެ ބިދޭސީ ފިރިހެނަކަށް. | ރާއްޖެއެމްވީ

ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

މިހާދިސާގައި ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވަނީ ތެޔޮ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ 39 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެމީހާ އަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެރަށުގެ ސިއްހީ މަރުކަޒުގަ އެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި ފިހުނު މީހާގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވެ އެވެ. 

ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގީ 9 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

މިހާދިސާގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާއިރު، ފާނު މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އަދި އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. 

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބަައިތަކަށް ވެސް ގެއްލުން ވެފައިވެ އެވެ. މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެ އެވެ. 

ފީއަލިއައިޖީއެމްއެޗްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.
10 އެޕްރީލު 2026

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

10 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ
10 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި
09 އެޕްރީލު 2026

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!
07 އެޕްރީލު 2026

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

07 އެޕްރީލު 2026
ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
05 އެޕްރީލު 2026

ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

05 އެޕްރީލު 2026
ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި
04 އެޕްރީލު 2026

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
03 އެޕްރީލު 2026

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް!

03 އެޕްރީލު 2026
އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް!
03 އެޕްރީލު 2026

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް