Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކަައުންސިލް އިންތިހާބު

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

ވޯޓުލާ މީހާ ބޭނުންވާ ކަރުދާހެއް އެކަނި ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން، އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމާއި ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި. މި ނިންމުމަކީ އިންތިހާބުތަކުގައި ބައިވެރިނުވުމަށް ހިތްވަރުދޭ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރާއިރު، މިއީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ.. ނަމަވެސް ކޮމިޝަނުން ބުނަނީ މިއީ ވޯޓުލުމުގެ މަރުހަލާގައި ފަހުން މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 4 އެޕްރީލު 2026 | ހޮނިހިރު 02:29
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިފަރެންޑަމް ވޯޓުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ދެއްކެވި ވާހަކަތައް ކުށްވެރި ކުރާކަމަށް އެމްޑީޕީގެ ފަރާތުން މި އިންތިހާބުތަކަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު އެއް ވަގުތެއްގައި ތިން ވޯޓެއް ބާއްވާއިރު، ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ލާން ބޭނުންވާ ވޯޓެއްގެ ކަރުދާސް އެކަނި ކަމަށް ވޯޓުލާން ކުޑަތަން ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް  ޒާހިދު ވިދާޅުވުމާ ގުޅިގެންނެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަހީދު ވިދާޅުވީ، އިންތިހާބުތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެއްވެސް އިންތިހާބެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ވަހީދު ވަނީ މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އީސީއަށް ގޮވާލައްވާފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވަހީދު އިތުރަށް ވިދާޅުވީ، އިންތިހާބު އިއުލާނު ކުރީއްސުރެ އީސީގެ ފަރާތުން ވަކި އަތަކަށް ނަތީޖާ އަނބުރާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ސީދާ ގޮތެއްގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އިންތިހާބުގެ އިންސާފުވެރިކަމާ މެދު މިފަދަ އަމަލުތަކުގެ ސަބަބުން ސުވާލު އުފެދޭ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ހުކުރު ދުހަވުގެ ރޭ ފުލުހުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ.

އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވި ނަމަވެސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ. 

ހޮނިހިރު ދުވަހުގެ ވޯޓަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އީސީން މިފަދަ ނިންމުމެއް އިއުލާނު ކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ އީސީން މިފަދައިން އަމަލުކުރަން އުޅޭ ކަމަށް ބުނެ، މިއީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންއެމްޑީޕީއަބްދުﷲ ވަހީދުމުޙައްމަދު ޒާހިދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީޚިޔާލު ހޯދުމުގެ ވޯޓުއަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

04 އެޕްރީލު 2026
ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

03 އެޕްރީލު 2026
މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް

މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދި، އެ ފައިސާ ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ ދައުރު ކުރަމުން: ނިޔާޒް

03 އެޕްރީލު 2026
ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

03 އެޕްރީލު 2026
މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު