Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

އިންތިޚާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނީ ވެރިކަން ނެތުމާ ދެކޮޅަށް ރައްޔިތުން ވަރުގަދަ މެސެޖެއް ދީފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 7 އެޕްރީލު 2026 | އަންގާރަ 06:34
އެމްޑީޕީގެ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ އެމްޑީޕީގެހޭވައްލާ ތައްޔާރު، ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ.

އެމްޑީޕީގެ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ އެމްޑީޕީގެހޭވައްލާ ތައްޔާރު، ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ސަރުކާރުގެ އިތުބާރެއް ނެތް ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި ދެން ރަނގަޅީ އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި "ހޭވައްލާ ތައްޔާރު." ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވެފައިވާ ކަމަށާއި، 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނުމުން ސަރުކާރަށް އިތުބާރު ނެތްކަން ވަރަށް ބޮޑަށް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެންތަންތަނުގައި ވެސް އެފަދަ ނަތީޖާ އެއް ފެންނަ ނުފެންނަ ވޯޓެއްގައި ލިބިއްޖެ ނަމަ އިސްތިއުފާ ދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޣަފޫރު ވަނީ ކުރިއަށް އޮތްތަނުގައި އެކުވެރިވެ އެ ޕާޓީ އިން އިތުރަށް ވަރުގަދަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ އަބަދުވެސް ހައްގަށް، އިންސާފަށް،. އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީގައި ވޯޓުދިން އެންމެންނަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން." ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށް ރައްޔިތުން ބުނެފައިވާ ކަަމަށާއި މި ތަނުގައި ގާނޫނީ ވެރިކަމެއް ނުހިނގާ ކަމަށް ރައްޔިތުންގެ މެސެޖުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ކޮރަޕްޝަން ހިންގަމުންދާ ދިއުމާއި ވެސް ރައްޔިތުން ދެކޮޅުކަން އަންގާދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ސަރުކާރުން، ކޯޓުތަކަށް އަތް ބާނަމުންދިއުމުން އެކަމަށް ވެސް ރައްޔިތުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިމިދިޔަ އިންތިޚާބުތަކުގެ  ވަގުތީ ނަތީޖާއިން ދައްކާ ގޮތުން  އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. 

އަބްދުލްޣަފޫރު މޫސާއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީހޭވައްލާ ތައްޔާރު

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."
06 އެޕްރީލު 2026

މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

06 އެޕްރީލު 2026
މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!
06 އެޕްރީލު 2026

ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

06 އެޕްރީލު 2026
ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ
06 އެޕްރީލު 2026

އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

06 އެޕްރީލު 2026
އިދިކޮޅުގައި އެއްވެސް ކަހަލަ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ހީނާ ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ
05 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު