Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަށިމިޔަރު ގެ މަސްވެރިކަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން އަލުން ހުށަހެޅި ދުސްތޫރީ މައްސަލަ ވެސް ބޭރުކޮށްލައިފި

ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އެކަށީގެންވާ ތަފްސީލު ހިމަނާފައި ނުވާތީ ބޭރުކޮށްލައިފި. މި މަސްވެރިކަމާ ދެކޮޅަށް އާންމުންގެ ބޮޑު އިންސައްތައެއްގެ ނުރުހުން އޮތްކަން ސާވޭތަކުން ދައްކާއިރު، ބައިނަލްއަގުވާމީ މުއާހަދާ "ސައިޓީސް" އިން ވެސް ވަނީ ކަށިމިޔަރުގެ ވިޔަފާރި ކުރުމަށް ހުރަސްއެޅޭ ފަދަ ނިންމުންތަކެއް ނިންމާފަ. މިޔަރުގެ މަސްވެރިކަން އަލުން ފެށުމަކީ ރާއްޖެއަށް ލިބިފައިވާ "މިޔަރު ސެންކްޗުއަރީ" އެއްގެ ލަގަބު ގެއްލިދާނެ ކަމެއް ކަމަށް ތިމާވެށީގެ ޖަމިއްޔާތަކުން ބުނޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 12:49
ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ވަނީ ބޭރުކޮށްލާފައި

ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ވަނީ ބޭރުކޮށްލާފައި | miyaru.org

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން މި ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަނެއްކާ ވެސް ބޭރުކޮށްލައިފި އެވެ. 

ދައުލަތާއި ދެކޮޅަށް މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ހުމައިދާ އަބްދުއްޣަފޫރު / ހ. ޝޭޑީކޯނަރ އަދި މުހައްމަދު ސިނީން / މ. މާމުލި އެވެ. މި ދެމީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ. އެންމެ ފުރަތަމަ މި މައްސަލަ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ފަހަރު ވެސް މައްސަލަ ބޭރުކޮށްލި ނަމަވެސް އަލުން 2026 ފެބްރުއަރީ  2 ވަނަ ދުވަހު މައްސަލަ އަލުން ކޯޓަށް ހުށަހެޅި އެވެ. 

ނަމަވެސް ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. ބުރާސްފަތި ދުވަހު ރަޖިސްޓްރާ ނިންމި ނިންމުމުގައި ބުނެފައިވަނީ 2025 އޮކްޓޯބަރު 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ދިވެހިރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާއި ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާ ހިލާފުކަމަށް ހުށަހެޅިފައިވާ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވީ ނަމަވެސް ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރުގެ ދަށުން ހިމަނާފައިވާ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއާއި ހިލާފުވުމާއި މަސްވެރިކަމުގެ ގާނޫނުގެ 5 ވަނަ މާއްދާއާއި މި ދާއިރާއާއި ގުޅިފައިވާ ރާއްޖެއިން ބައިވެރިވެފައިވާ އެކި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވުމާއި ގާނޫނު އަސާސީގެ 268 ވަނަ މާއްދާއާއި މަބްދައުއް ސުމުއްވިއް ދުސްތޫރިއްޔާ އަދި ކުރިއަރާފައިވާ ހިސާބުން ފަހަތަށް ނުދިއުމުގެ ގާނޫނީ އުސޫލުގެ ދަށުން ބަޔާންކޮށްފައިވަ ނުކުތާތަކަށް ބަލާއިރު، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު ގާނޫނުއަސާސީ އާއި މަސްވެރިކަމުގެ ގާނޫނާއި ހިލާފުވާކަމަށް ބަޔާންކުރުމަށްފަހު، އެ ޕްލޭނާއި ގަވާއިދު ގާނޫނުއަސާސީ އަދި މަސްވެރިކަމުގެ ގާނޫނާއި ތައާރުޒުވާ ގޮތް ތަފްސީލުކޮށް ސަބަބުތަކާއެކު ބަޔާންކޮށްފައި ނުވާތާ މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތްކަމަށެވެ. 

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތައް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފައެވެ. މި ގޮތަށް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަޤްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ކަށިމިޔަރުހުމައިދާ އަބްދުއްޣަފޫރުމުހައްމަދު ސިނީން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

22 ފެބުރުއަރީ 2026
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު