Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫނެކޭ ކެމްޕޭން

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

ރައީސް މުއިއްޒު މިފަހުން ކެމްޕޭނަށް ރަށްރަށަށް ވަޑައިނުގަންނަވަނީ ރަށްރަށުގެ ރައްޔިތުން ސަރުކާރާމެދު ހިތްހަމަނުޖެހިފައި ތިބުމުން ކަމަށާއި، ރަށްރަށަށް ވެފައިވާ ވައުދުތައް ނުފުދި ހުރުމުންކަމަށްވެސް ޝަމްއޫން ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 12:45
ޝަމްއޫން ޖަލީލް

ޝަމްއޫން ޖަލީލް | ރާއްޖެ އެމްވީ

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަމުގެ ތެރެއިން 5 އިންސައްތަ ވެސް ޙާސިލު ކުރެވިފައިނުވާކަމަށް ޝަމްއޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝަމްއޫން ވިދާޅުވީ، ރައީސް މުއިއްޒުގެ މެނިފެސްޓޯގެ ވައުދުފުޅުތައް ހިމަނައި ވަރަށް ބޮޑު ފޮތެއް ނެރެފައިވާ ކަމަށާއި، ނަމަވެސް ފޮތުގައި ހުރި ވައުދުތަކުގެ 5 އިންސައްތަވެސް މިހާތަނަށް ޙާސިލު ކުރެވިފައިނުވާ ކަމަށެވެ.

އޭގެ ބަދަލުގައި މަޖިލިސް އިންތިޚާބަށް ރަށްރަށަށް ވަޑައިގެން އަނެއްކާވެސް އިތުރު ވައުދުފުޅުތައް ވެވަޑައިގެންފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވަރަށް ބޮޑު ފޮތެއް އެބޭފުޅާ އެވަނީ ޗާޕުކޮށް ނެރުއްވާފައި، 500 ވަރަކަށް ސޮފްހާ ކަންނޭނގެ، އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގޮސްފައި ވެފައިވާ ވައުދުތައް، ދެން އޭގެ ތެރެއިން އަޅުގަނޑަކަށް ހިއެއް ނުވޭ 5 ވަރަކަށް ޕަސެންޓުވެސް ޙާސިލުވެފައި އޮތްހެނެއް.
ޝަމްއޫން ޖަލީލް (ލޫކަސް)

ޝަމްއޫން ވިދާޅުވީ، މެނިފެސްޓޯގައި ނުހިމެނޭ އެއާޕޯޓުތައްވެސް އެޅުމަށް މުޅިން އައު ވައުދުތަކެއް ސަރުކާރުން ވެފައިވާ ކަމަށެވެ. އަދި މިހާރު ކައުންސިލް އިންތިޚާބާ ދިމާކޮށް ވެސް ފެންނަމުންދަނީ އަނެއްކާވެސް އެ މަންޒަރުކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު މިފަހުން ކެމްޕޭނަށް ރަށްރަށަށް ވަޑައިނުގަންނަވަނީ ރަށްރަށުގެ ރައްޔިތުން ސަރުކާރާމެދު ހިތްހަމަނުޖެހިފައި ތިބުމުން ކަމަށާއި، ރަށްރަށަށް ވެފައިވާ ވައުދުތައް ނުފުދި ހުރުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު މުޅިންވެސް ރައީސް އުޅުއްވަނީ މާލޭގެ ކެމްޕޭން ޙަރަކާތްތަކުގައި ކަމަށެވެ.

ޝަމްއޫން ވަނީ މި ސަރުކާރު ދަނީ ޚުދުމުހުތާރު ކަމުގެ މަގަށްކަން ފާހަގަ ކުރައްވައި، އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި ހުރިހާ ދިވެހި ރައްޔިތުންވެސް ރެފަރެންޑަމްއަށް ނޫނެކޭ ބުނުމަށް އިލްތިމާސް ކުރައްވާފައެވެ.

ނޫނެކޭއެމްޑީޕީމުއިއްޒުގެ ވައުދު

އިތުރަށް ކިޔާލަން

14 މާރިޗު 2026

”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

14 މާރިޗު 2026
”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
14 މާރިޗު 2026

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026
މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ
14 މާރިޗު 2026

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު
14 މާރިޗު 2026

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު