Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުން ބަދަލުކުރުން

އާދަމް ނަސީރު ހިއްސާކުރެއްވި މާނަ ފުން ޅެމުން ބުނެދިނީ ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަން!

އެހެން މީހުންގެ އައިބުތައް ހާމަކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާޙުކުރުމުގެ މުހިއްމުކަން ބަޔާންކޮށް، ކުރީގެ ވަޒީރު އާދަމް ނަސީރު ވަނީ މާނަފުން ޅެމެއް ހިއްސާކުރައްވާފަ. މި ޅެމުގައި ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަމާއި، ނަސޭހަތްތެރިވުމަށް ފަހު އަމިއްލައަށް ފާފަތަކަށް އަރައިގަންނަ މީހުންގެ ވާހަކަ ފާހަގަކޮށްފައިވޭ. މިއީ ސަރުކާރުގެ ބައެއް ވަޒީރުން އިސްތިއުފާ ދެއްވި ދަނޑިވަޅެއްގައި ހިއްސާކުރެއްވި ޅެމަކަށްވާއިރު، މީގެން ދޭހަކޮށްދެނީ ބުއްދިވެރިއަކީ އެހެން މީހުންގެ ގޯސްތައް ދެއްކުމުގެ ކުރިން އަމިއްލަ ނަފްސު މުތާލިއާކުރާ މީހާ ކަން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 06:46
 ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް | ރައީސް އޮފީސް

އެހެންމީހުންގެ ގޯސްތައް ދައްކަން އުޅުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު މުތާލިއާކޮށް އިޞްލާޙުކުރުމުގެ މުހިއްމުކަން ދޭހަވާ ޅެމެއް ދާދި ފަހުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިިސްތިއުފާދެއްވި އާދަމް ނަސީރު އޭނާ ގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފިއެވެ.

އަރަބި ބަހުން އޭނާ ހިއްސާ ކުރެއްވި މި ޅެމުގެ ދިވެހި ތަރުޖަމާއަށް ބަލާއިރު، ތިބާ އެހެން މީހުންގެ އައިބުތަކާއި ކުށްތައް ހާމަކުރާއިރު، ތިބާއަކީ ވެސް ކުށްތަކެއް ކުރެވިފައިވާ އަދި އަމިއްލަ ނަފްސުގައި އުނިސިފަތަކެއް އެކުލެވިގެންވާ މީހެއްކަން ހަނދާން ކުރުމަށް ޅެމުގައިވެއެވެ.

Advertisement - newsAdvertisement
އަދަމް ނަސީރު ގެ ފޭސްބުކް ޕޭގްގައި ޕޯސްޓް ކުރެްވި ޅެން
އަދަމް ނަސީރު ގެ ފޭސްބުކް ޕޭގްގައި ޕޯސްޓް ކުރެްވި ޅެން

މީގެ އިތުރުން، ބައެއް މީހުންނަކީ ފެންނަ ފެނުމަށް އެންމެ ހެޔޮލަފާ މީހުން ކަމުގައި ހީވި ނަމަވެސް، އެމީހުންގެ އެތެރެފުށުގައި ފޮރުވިފައިވާ ކަންކަމަކީ ކިހާ ނުބައި ކަންތައްތަކެއް ހޭ ވެސް ޅެމުގައި ބުނެ އެވެ.

ހަމައެއާއެކު، ފަތުވާތައް ފަތުރައި، މީސްތަކުންނަށް ނަސޭހަތް ދިނުމަށް ފަހު، އަމިއްލައަށް ފާފަތަކަށް އަރައިގަނެ ތައުބާނުވެ ތިބޭ މީހުންގެ ވާހަކަ ވެސް އެ ޅެމުގައި އޮވެއެވެ. އަދި "ޝައިޚެއް" ނުވަތަ ވަލީވެރިއެއްގެ ގޮތުގައި މުޚާޠަބުކުރާ ބައެއް މީހުންނަކީ، ހަގީގަތުގައި ނުބައިކަމުގެ ތެރެއަށް ގެނބިފައިވާ މީހުންކަމަށް ވެސް ބުނެފައިވެއެވެ.

ޖުމުލަކޮށް އާދަމް ނަސީރު ހިއްސާކުރެއްވި މި ޅެމުން ދޭހަކޮށްދެނީ ބުއްދިވެރި އަދި އަދަބުވެރި މީހަކީ، އެހެން މީހުން ކުރާ ގޯސްކަންކަމާއި ގޯސް އުޅުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު މުތާލިއާކޮށް، އަމިއްލަ ނަފްސުގެ ކަންކަން އިޞްލާޙު ކުރާ މީހާ ކަމެވެ.

ކެބިނެޓްގެ 10 ވަޒީރަކު އަންގާރަ ދުވަހު އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ނުކުރައްވަނީ ހަގީގަތުގައި ރައީސް ޑރ މުއިއްޒުކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. 

ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރުމުއިއްޒުގެ ވައުދުޅެންވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

16 އެޕްރީލު 2026
ސަރުކާރުގެ ހަލަބޮލިކަން: ކުއްލި ބަދަލުތަކާއެކު ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަނީ!

ސަރުކާރުގެ ހަލަބޮލިކަން: ކުއްލި ބަދަލުތަކާއެކު ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަނީ!

16 އެޕްރީލު 2026
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ

ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ

12 އެޕްރީލު 2026
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

14 މާރިޗު 2026
މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ "އިމެޗުއަރ" ނިންމުމެއް: ރައީސް

މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ "އިމެޗުއަރ" ނިންމުމެއް: ރައީސް

02 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު