Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ފްލެޓު

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ އަދަދު މިނިސްޓަރަށް މިއަދުވެސް ވިދާޅުވެނުދެއްވުނު

ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި. ނަމަވެސް މިހާތަނަށް އުނިވެފައިވަނީ ކިހާ މީހުންނެއްކަން މިނިސްޓަރަށް ވިދާޅެއް ނުވެވުނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2026 | ބުދަ 08:46
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު.

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު. | ރާއްޖެ އެމްވީ

ގެދޮރުވެރިޔާ ފްލެޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެކަމަށާއި، ނަމަވެސް މިހާތަނަށް އުނިވެފައިވަނީ ކިހާ މީހުންނެއްކަން މިވަގުތު އެނގިވަޑައިނުގަންނަވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ މިދިޔަ ސަރުކާރުގައި ދޫކުރި ލިސްޓާ އެއްގޮތަށް ފްލެޓުތައް ޙަވާލު ކުރުމަށް ކަމަށާއި، އޭގެ ތެރެއިން އުނިވެގެންދާނީ ހަމައެކަނި ޝަރުތު ހަމަނުވާ ފަރާތްތައް އެކަނި ކަމަށެވެ. އަދި އެގޮތުގެ މަތިން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ވީއިރު، ޝަރުތު ހަމަނުވެގެން  ފްލެޓު ލިސްޓުން އުނިވެފައިވަނީ ކިހާ މީހުންނެއްތޯ ރާއްޖެޓީވީން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ސަރުކާރުން ފްލެޓުތައް ހަވާލު ކުރަމުންދަނީ މިދިޔަ ސަރުކާރުގައި އާންމު ކުރި ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ޕޮއިންޓު ލިބިފައިވާ އެއްވެސް ފަރާތެއް ލިސްޓުގައި ހިމެނިފައިނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް، ފްލެޓު ހުރި އަދަދަށްވުރެ ގިނައިން ޝަރުތު ހަމަވާ މީހުން ތިބޭއިރު ކޮންމެވެސް ބަޔަކު ބާކީވެސް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 އެހެންކަމުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އުނިވެފައިވަނީ ކިހާ މީހުންނެއްކަން މިނިސްޓަރަށް ވިދާޅެއް ނުވެވުނެވެ.

މިނިސްޓަރ ވިދާޅުވީ އެ އަދަދު ޗެކް ކުރެއްވުމަށްފަހު ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

  ދެން އެހެންވިމާ އެއަށްވުރެ ގިނައިން ލިސްޓުގައި ހިމެނިފައިވަންޏާ ކޮންމެވެސް ބަޔަކު ބާކީ ވާނެތާ، އެހެންވެ އަޅުގަނޑުމެން ބެލީ 76 އަކަށްވުރެ މަތިން ޕޮއިންޓު ލިބުނު ފަރާތްތަކަށްވެސް ނުދެވި ހުރުމާއެކު ޝަރުތު ހަމަނުވާ ފަރާތެއް ވާނަމަ އެ ބަޔަކު އުނިކުރަން، އޭގޮތުން ވަރަށް ސްޕެސިފިކް ކަންކަމުގައި ޝަރުތު ހަމަ ނުވާކަމަށް ކަނޑައަޅާފައިވާނީ.
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޝަރުތު ހަމަނުވެގެން ބަޔަކު ކެންސަލްވިނަމަވެސް، މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

ޝަރުތު ހަމަނުވެގެން އުނިކުރެވުނު މީހުންގެ އަދަދާ ގުޅޭގޮތުން މީގެ ކުރިންވެސް  މިނިސްޓަރަށް ސުވާލު އަމާޒުވުމުން މިނިސްޓަރ ވަނީ އެކަން ސާފު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ފްލެޓުތައްމުއްތަލިބުބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު