Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާ

މަޖިލީހުގެ ހުސްވެފައިވާ ގޮނޑިއަށް ސޯބެ ހޮވުމަށް ފުރިހަމަ ތާއީދު އޮތްކަން ރައީސް ސޯލިޙު ހާމަ ކުރައްވައިފި

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް ކުރިމަތިލައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް ފުރިހަމަ ތާއީދު އޮތްކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އެޕްރީލު 2026 | ހޯމަ 09:14
އައްޑޫ ސިޓީ މޭޔަރު ސޯދިގު ރައީސް ސޯލިޙާއެކު

އައްޑޫ ސިޓީ މޭޔަރު ސޯދިގު ރައީސް ސޯލިޙާއެކު | އައްޑޫ ލައިވް

އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސޯބެއަށް ތާއީދު އޮތްކަން ރައީސް ސޯލިޙު ހާމަ ކުރައްވާފައި ވަނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ ޝައުޤުވެރިކަން ފާޅުކުރައްވާފައި ވާތީ އެކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިޙު ވިދާޅުވީ، ސޯބެއަކީ ޑިމޮކްރަސީ އާއި އިޞްލާޙީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން، އޭނާއަކީ ހިތަދޫއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއްކަން ވެސް ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

މި ޕޯސްޓުގައި ރައީސް ސޯލިޙު ވަނީ މި އިންތިޚާބުގައި ސޯބެ އަށް އެ މަނިކުފާނުގެ ފުރިހަމަ ތާއީދު އެބައޮތްކަން ހާމަ ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ޙުކުމާއެކުގައެވެ. އޭނާގެ ގޮނޑި ގެއްލިފައި ވަނީ ސާބިތު ދަރަންޏަކާ ގުޅޭ މައްސަލައެއްގައެވެ.

ސޯބެހިތަދޫ އުތުރު ދާއިރާރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހް

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ލަސްނުކޮށް އަވަހަށް ފާސްކުރުން މުހިންމު ކަމަށް މެމްބަރު ސިނާން ވެސް ވިދާޅުވެއްޖެ

05 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ލަސްނުކޮށް އަވަހަށް ފާސްކުރުން މުހިންމު ކަމަށް މެމްބަރު ސިނާން ވެސް ވިދާޅުވެއްޖެ
25 ޖޫން 2025

ސިނާން ދަރަނި ދެއްކީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު

25 ޖޫން 2025
ސިނާން ދަރަނި ދެއްކީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު
24 ޖޫން 2025

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި

24 ޖޫން 2025
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު