Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ބިލު

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ލަސްނުކޮށް އަވަހަށް ފާސްކުރުން މުހިންމު ކަމަށް މެމްބަރު ސިނާން ވެސް ވިދާޅުވެއްޖެ

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ވީހާވެސް އަވަހަށް ފާސްކުރުމަކީ މުހިންމުކަމެއް ކަމަށް މެންބަރު ސިނާން ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 13:51
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި އޮތް "މިީޑިއާ ކޮންޓްރޯލް ކުރާ ބިލު" އަވަހަށް ފާސްކުރުން  މުހިންމުކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި އޮތް "މިީޑިއާ ކޮންޓްރޯލް ކުރާ ބިލު" ވީހާވެސް އަވަހަށް ފާސްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

ސިނާން މިފަދައިން ވިދާޅުވީ މިޑިއާ ކޮންޓްރޯލް ކުރާ ބިލާއި ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ވަކާލާތުކޮށް އަޑުއުފުލަމުންގެންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސިނާނު ކުރި ޕޯސްޓުގައި ވަނީ ނޫސްވެރިކަމުގެ ނަމުގައި ފަހަތުގައި ފިލައި ތިބޭ ސިޔާސީ އެކްޓިވިސްޓުން މަސައްކަތް ކުރަނީ މިނިވަންކަމަކީ މީހުންނަށް ފުރައްސާރަކޮށް، އަބުރާއި ޢިއްޒަތަށް އުނިކަން ގެނެސް، އަދި ދޮގު ފެތުރުމުގެ ހައްގު ކަމުގައި ދައްކަން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޒިންމާދާރުކަމެއް ނެތް މިނިވަންކަމަކީ އެއްގޮތަކަށްވެސް މިނިވަންކަމެއް ނޫން ކަމަށާއި އެއީ ހަމަ ހަމަނުޖެހުމެއް ކަމަށެވެ. އަދި އެ މިނިވަންކަމުން އާންމު ރައްޔިތުންނާއި ޢާއިލާތައް ބުހުތާނު ދޮގު ހަދާ މީހުންގެ ކިބައިން ރައްކާތެރިކަން ނެތްގޮތަށް ދޫކޮށްލެވެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ނަމުގައި ފަހަތުގައި ފިލައި ތިބޭ ސިޔާސީ އެކްޓިވިސްޓުން މަސައްކަތް ކުރަނީ މިނިވަންކަމަކީ މީހުންނަށް ފުރައްސާރަކޮށް، އަބުރާއި ޢިއްޒަތަށް އުނިކަން ގެނެސް، އަދި ދޮގު ފެތުރުމުގެ ހައްގު ކަމުގައި ދައްކަން. ޒިންމާދާރުކަމެއް ނެތް މިނިވަންކަމަކީ އެއްގޮތަކަށްވެސް މިނިވަންކަމެއް ނޫނެވެ, އެއީ ހަމަ ހަމަނުޖެހުމެވެ. އަދި އެއިން އާންމު ރައްޔިތުންނާއި ޢާއިލާތައް ބުހުތާނު ދޮގު ހަދާ މީހުންގެ ކިބައިން ރައްކާތެރިކަން ނެތްގޮތަށް ދޫކޮށްލެވެނީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން

މީގެ އިތުރުން ސިނާން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޒިންމާދާރު ޑިމޮކްރެސީތަކުން ޢާންމުން ބުހުތާނު ދޮގު ހަބަރު އަދި ލިޔުންތަކުން ބަދުނާމުކުރުމުން ސަލާމަތްކޮށް، ޙަޤީޤަތް ހާމަކުރުވާ ހިމާޔަތްކުރުމަށް މީޑިއާ ޤާނޫނުތައް ތަޢާރަފުކޮށްފައިވާ ކަމަށެވެ.

އަދި މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ ވެސް މި އުސޫލުގެ މަތިން އެކުލަވާލެވިފައިވާ ބިލެއް ކަމަށާއި މި ބިލު ފަރުމާކުރެވިފައިވަނީ އާންމުންގެ ޤަދަރާއި ކަރާމާތް ހިމާޔަތްކުރުމަށާއި، ޢާއިލާތައް ނުބައި ނުލަފާ ދޮގުތަކުން ސަލާމަތްކުރުމުގެ އިތުރުން ނޫސްވެރިކަމުގެ ޚިދުމަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޒިންމާދާރު ޑިމޮކްރެސީތަކުން ވަނީ ޢާންމުން ބުހުތާނު ދޮގު ހަބަރު އަދި ލިޔުންތަކުން ބަދުނާމުކުރުމުން ސަލާމަތްކޮށް، ޙަޤީޤަތް ހާމަކުރުވާ ހިމާޔަތްކުރުމަށް މީޑިއާ ޤާނޫނުތައް ތަޢާރަފުކޮށްފައެވެ. މީޑިއާ ބިލު ވެސް މި އުސޫލުގެ މަތިން އެކުލަވާލެވިފައިވާ އެއްޗެކެވެ. މި ބިލު ފަރުމާކުރެވިފައިވަނީ އާންމުންގެ ޤަދަރާއި ކަރާމާތް ހިމާޔަތްކުރުމަށާއި، ޢާއިލާތައް ނުބައި ނުލަފާ ދޮގުތަކުން ސަލާމަތްކުރުމަށާއި، އަދި ނޫސްވެރިކަމުގެ ޚިދުމަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަށަވަރުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން

މީގެ އިތުރުން މެމްބަރު ސިނާން ވިދާޅުވީ މިީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑެއް ކަނޑުވާނުލާނެ ކަމަށާއި އެއީ އެހެން ޑިމޮކްރެސީތަކުގައި ލިބިދޭ ހައްގުތައް ދިވެހިންނަށްވެސް ލިބިދިނުމަށް ހުށަހެޅޭ ބިލެއް ކަމަށެވެ.

އަދި މި ބިލު ލަސްނުކޮށް ފާސްކުރުމަކީ މުޖުތަމަޢު ހިމާޔަތްކޮށް، ޑިމޮކްރަސީ ރައްކާތެރިކޮށް، އަދި ދިވެހި ރައްޔިތުންގެ މުސްތަޤްބަލު ޔަޤީންކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާނު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީ އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވެސް ވަނީ މީޑިއާ ބިލު އަވަހަށް ފާސްކުރުމަށް ގޮވާލައްވާފަ އެވެ. އޭނާ އެފަދައިން ގޮވާލެއްވީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުން ޚަބަރު ގެނެސްދޭތީ ހިތްހަމަޖެހި ވަޑައިނުގަތުމުން އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، ފަހުން މެންބަރު ނިޒާރު ވަނީ އެޕޯސްޓު ސޯޝަލް މީޑިއާއިން ޑިލީޓް ކޮށްލައްވާފައެވެ.

މީޑިއާގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލު ފާސް ކުރުމަށް މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ދަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް އެބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން އަޑު އުފުލަމުންދާއިރު، ބިލު ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

މުޙައްމަދު ސިނާންހިތަދޫ އުތުރު ދާއިރާމީޑިއާ ކޮންޓްރޯލް ބިލުރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު