Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ނާޒިމް އިބްރާހިމް

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް !

10 އެޕްރީލު 2026 | ހުކުރު 13:48

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގެ ހިންގުން ސީދާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، އިދާރީ ގޮންޖެހުންތަކަށް ހައްލުލިބި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 10 އެޕްރީލު 2026 | ހުކުރު 13:48
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް

މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް | ރާއްޖެއެމްވީ

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސިއްހީ ވުޒާރާ އާއި އޮންނަ ގުޅުން ކުރިން ކުޑަވުމުން ކަންކަމުގައި ދަތިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. 

ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ  ހިންގުން ސީދާ ސިއްހީ ވުޒާރާގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލުގެ އިތުރުން ސިއްޙީ ދާއިރާގެ އިދާރީ ހިންގުމަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.  

ފަހުން ގެނައި ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ނާޒިމް ވިދާޅުވީ ބައެއް ރަށްރަށުގެ ހެލްތު ފެސިލިޓީތައް ހަމައެކަނި ސިއްޙީ ވުޒާރާ މެދުވެރިވުމުގެ ބަދަލުގައި ސީދާ މައި ސަރުކާރުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ޤާއިމުކުރެވިފައިވާ ކަމަށެވެ.

އެބަދަލުތައް ގެނައީ ސިއްހީ ޚިދުމަތް ދޭ ތަންތަނުން ވެސް އެގޮތަށް ސަރުކާރުގައި އެދެމުންދާތީ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ބަދަލާއި އެކު އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ހަމައެހެންމެ މިހާރު އިދާރީ ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ވުޒާރާ އާއި އޮންނަ ގުޅުން ކުޑަވުމުގެ މައްސަލަ އެވެ. ފަހުން ގެނައި ބަދަލުތައް ގެނައީ އެ ކަންކަމާއި މެދު ވިސްނުން ބަހައްޓައިގެން ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

"މި ބަދަލާއެކު، ބަޖެޓު ހޯދުމާއި މުވައްޒަފުން ހޯދުމުގެ ކަންކަން ސީދާ ސިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށް ދާނެ. ހަމައެހެންމެ، ކުޑަ އާބާދީތައް ދިރިއުޅޭ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ސީދާ ވުޒާރާއަށް ހުށަހެޅޭނެ."ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހުގަ އެވެ. އަދި ދިރާސާތަކެއް ކުރުމަށް ފަހު މި ފިޔަވަޅު އެޅިކަމަށް ވަނީ ވިދާޅުވެފަ އެވެ. މި ބަދަލާއި އެކު ހިންގަންޖެހޭ ތަމްރީންތައް ވެސް ހިންގާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މި ބަދަލީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުﷲ ނާޒިމް އިބްރާހިމްޔޫތު މިނިސްޓްރީޞިއްޙީ ޚިދުމަތް

އިތުރަށް ކިޔާލަން

06 މާރިޗު 2026

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ
05 މާރިޗު 2026

ރާއްޖޭގައި ޝީޝާ މަނާކުރަނީ

05 މާރިޗު 2026
 ރާއްޖޭގައި ޝީޝާ މަނާކުރަނީ
24 ޖެނުއަރީ 2026

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް
21 ޖެނުއަރީ 2026

ޣައްޒާ އަށް އިޒްރޭލުން ހަމަލާ ދީ ތިން ނޫސްވެރިން ހިމެނޭހެން 11 ފަލަސްތީީނު މީހުން ޝަހީދުކޮށްލައިފި

21 ޖެނުއަރީ 2026
ޣައްޒާ އަށް އިޒްރޭލުން ހަމަލާ ދީ ތިން ނޫސްވެރިން ހިމެނޭހެން 11 ފަލަސްތީީނު މީހުން ޝަހީދުކޮށްލައިފި
05 ޖެނުއަރީ 2026

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ސަރުކާރުގެ ފަރާތުން މީޑިއާ ތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް، ޔޫތު މިނިސްޓަރު އަސްވާޑު ގެ ސަންގު އޮންލައިން އަށް

31 ޑިސެމްބަރު 2025
ސަރުކާރުގެ ފަރާތުން މީޑިއާ ތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް، ޔޫތު މިނިސްޓަރު އަސްވާޑު ގެ ސަންގު އޮންލައިން އަށް
05 އޮކްޓޯބަރު 2025

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ: ސަރުކާރުން ފޮނުވި އެއްވެސް މަސައްކަތެއް ނެތް އައު ކަންތަކުގެ ގޮތުގައި ހުރީ މެންބަރު ކުޑޫ ހުށަހެޅުއްވި ކަންކަން

05 އޮކްޓޯބަރު 2025
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ: ސަރުކާރުން ފޮނުވި އެއްވެސް މަސައްކަތެއް ނެތް އައު ކަންތަކުގެ ގޮތުގައި ހުރީ މެންބަރު ކުޑޫ ހުށަހެޅުއްވި ކަންކަން
27 ސެޕްޓެމްބަރު 2025

ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

27 ސެޕްޓެމްބަރު 2025
ނޯޓް ކޮސްމެޓިކްސްގެ ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
22 ސެޕްޓެމްބަރު 2025

މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި
17 ޖުލައި 2025

"ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މާލެ ބަދަލުކޮށް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް މިނިސްޓަރު ނާޘިމް އަށް ވިދާޅެއް ނުވެވުނު"

17 ޖުލައި 2025
"ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މާލެ ބަދަލުކޮށް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް މިނިސްޓަރު ނާޘިމް އަށް ވިދާޅެއް ނުވެވުނު"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް