Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނާންގެ ގޮނޑީގެ މައްސަލަ

މެމްބަރު ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ: ޙުކުމް ކުރުން އާދިއްތަ ދުވަހު!

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، އަންނަ އާދިއްތަ ދުވަހު ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައި. މި މައްސަލައަކީ އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ފައިސާއެއް ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ހުށަހެޅި މައްސަލައަކަށްވާއިރު، ސިނާންގެ ފަރާތުން ބުނަމުންދަނީ ކޯޓުން ދިން މުއްދަތުގެ ތެރޭގައި ދަރަނި އަދާކޮށްފައިވާ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 05:04
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޙުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭރު މައްސަލަ ކުރިއަށް ނުގޮސް އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރުމާ ގުޅިގެންނެވެ. އެގޮތުން ދުސްތޫރީ ބޮޑެތި މައްސަލަތައް ކުރިޔަށް ގެންދެވޭނީ ހަތް ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ ގޮތަށެވެ.

އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް، ޙުކުމް ކުރުމުގެ އަޑުއެހުން ނުބާއްވައި ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ.

ވަކިން ޚާއްސަކޮށް އައު ބެންޗު އެކުލަވާލި ފަހުންވެސް މި މައްސަލަ ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.

އެންމެ ފަހުން ގިނަ ދުވަސްތަކަކަށްފަހު މި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން މިހާރު ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު، 12:45 އަކަށެވެ.

ޕީއެންސީގެ މެމްބަރު، ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ބޭންކް ލޯނެއްގެ މައްސަލައިގަ އެވެ. މިއީ އޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ލޯނެއް، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ.

ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

މައްސަލައިގައި ހިމެނެނީ ސިނާނު އެހެން ބަޔަކާއި ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ލޯނުން 2.5 މިލިއަން ރުފިޔާ ނުދައްކާތީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ. އަދި ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު ކޯޓަށް ދެއްކުމަށް ވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ބަހުސަށް ބަލާއިރު، މައިގަނޑު ސުވާލެއް އަމާޒުވީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި ހުކުމާ އެއްގޮތަށްތޯ ނޫންތޯއާ މެދުއެވެ. ސިނާންގެ ވަކީލު ވިދާޅުވާ ގޮތުގައި ދަރަނި ދައްކަން ކޯޓުން ދިން މުއްދަތަކީ ހަ މަސްދުވަހެވެ. އަދި އެ މުއްދަތު ހަމަނުވަނީސް ދަރަނި ދައްކާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އަދި ދަރަނި ދައްކާފައިވަނީ މިފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގިވަޑައިގަތުމާ އެކުކަމަށްވެސް ވިދާޅުވިއެވެ.

ސިނާންގެ ވަކީލު ވިދާޅުވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގައި ކަމަށާއި، ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހަމައެއާއެކު، މެމްބަރު ސިނާނަށް ހުކުމުގެ މައުލޫމާތު ލިބިވަޑައިގަތީ އޭގެ މާ ފަހުންކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިގެންނެވީ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.

އެހެންކަމުން ދަރަނި ދެއްކުމުގެ ހުކުމުގެ މައުލޫމާތު ސިނާނަށް އެނގިވަޑައިގަތް ސީދާ ދުވަހުގެ ތާރީހު އަދި ދަރަނީގެ ފައިސާ ދެއްކި ގޮތް އެނގޭނެ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމަންޓްތައް ކޯޓަށް ހުށަހެޅުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން އެންގެވިއެވެ.

 ސިނާންގެ ވަކީލު ވިދާޅުވީ، އޭނާއަށް ޙުކުމެއް އޮތްކަން އެނގިވަޑައިގެންނެވީ ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތީ 22 ޖެނުއަރީ 2025 ގައި ކަމަށެވެ. އަދި ކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ ހުކުމުގައިވާ ދަރަނި ދެއްކުމަށް ކަމަށާއި، ފައިސާ ހަމަޖެހުމާ އެކު 1.7 މިލިއަން ރުފިޔާ 13 ފެބްރުއަރީގައި ދައްކައި، ބާކީ ބައި ހުކުމުގައިވާ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިއަށް ދައްކާފައިވާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ހުށަހެޅި ގާލިބު ސަލީމްގެ ވަކީލު ވިދާޅުވީ، ކުމްކުރި ދުވަހު މެޖިސްޓްރޭޓް ކޯޓުން ވަނީ ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވި ކަމަށާއި، ހުކުމް ލިބުނުކަން ކަށަވަރުކުރުމަށް މެސެޖު ފޮނުވުމަށް ފަހު، ގުޅައި ވައިބާއިން ހުކުމް ފޮނުވިކަންވެސް ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި މެސެޖު ލިބިފައިވާކަމަށް ބުނެ ”ގޮޓް އިޓް“ ޖަހާފައި ސިނާން ރިޕްލައިވެސް ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ސިނާންގެ ވަކީލު ވިދާޅުވީ، ވައިބާއިން ފޮނުވި މެސެޖު ލިބުނު ނަމަވެސް ސިނާން އެ ހުކުމެއް ނުބައްލަވާ ކަމަށެވެ.

މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.

 

ސިނާނުސުޕްރީމް ކޯޓުމުޙައްމަދު ސިނާން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު